ޖެނުއަރީ ނުވަ ވަނަ ދުވަހުގެ ރޭ ހެންވޭރު ގެއަކުން ވައްކަންކޮށްގެން ނެގި ގިނަ އަދަދެއްގެ ފައިސާ ފުލުހުންނަށް ހޯދިފައި ނުވާތީ އެގޭގެ ވެރިން ކަންބޮޑުވެއްެޖެއެވެ.

ކަލާފާނު ސްކޫލް ފުރަގަހުގައި ހުންނަ ގެއެއްގެ އެޕާޓެމެންޓަކުން ވައްކަންކޮށްގެން ދެ ލައްކާ ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ އާއި 1200 ޑޮލަރު ވަގަށް ގެންގޮސްފައި ވެއެވެ. މި ފައިސާތައް ވަގަށް ނަގާފައި ވަނީ އެޕާޓްމެންޓުގެ ދޮރު ހަލާކޮށްގެން ވަދެ އެވެ.

އެ އެޕާޓެމެންޓުގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ، އެ ރޭ ހުޅުމާލެއިން އެނބުރި މާލެ އައިސް ގެއަށް ދިޔައިރު، އެޕާޓްމެންޓުގެ ހުރިހާ ދޮރެއްވެސް ހުރީ ހުޅުވާފައި ކަމަށެވެ. އަދި އެ ގެއިން ގިނަ އަދަދެެއްގެ ފައިސާ ވަަގަށް ގެންގޮސްފައިވާކަަމަށް އޭނާ ބުންޏެވެ.

އެ އެޕާޓެމެންޓުން ވައްކަން ކުރި މީހުންގެ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެެެވެ. އެ ވީޑިއޯއިން ފެންނަނީ ދެ މީހަކު ވައްކަން ކުރަން އެ ގެއަށް ވަންނަ މަންޒަރެވެ.

https://www.facebook.com/1686933921570781/posts/2469549219975910/

އެ އެޕާޓްމެންޓުގެ ވެރިފަރާތުން ބުނީ، ފުލުހުންނަށްވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ފުލުހުންގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އަދި ފުލުހުންނަށް އެ ސީސީޓީވީ ފޫޓޭޖްވެސް ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުލައި

    ފުލުހުންނަކީ އެމްޑީއެން މީހުން ހިމާޔަތް ކުރަން ތިބި ބައެއް

    8
    1
  2. ބްރޯ

    ފުލުހުންނަށް ނޭގުނީ ވައްކަން ކުރިއިރު އެތާ ފުލުހުންނެތީމަ ގޭވެރިފަރާތަށް ނޭގުނީ ވެސް އެތާގަ އެވަގުތު ނެތީމަ އެއްވަރު ދޯ ފުލުންނަށް ހޯދޭ އެއްޗެއް ވެރިފަރާތަށްވެސް ހޯދެންވާނެ. ވައްކަންކުރީ އިހުމާލު ވުމުގެ ސަބަބުންނޫންބާ؟

    1
    1