ދެހާސް އަށްވަނަ އަހަރު އެމްޑީޕީއަށް ލިބިގެންދިޔަ ވެރިކަން ވެއްޓިގެން ދިޔައީ އެމްޑީޕީ މެންބަރުން ހެނދުނު ނުފެނުމުން ކަމަށް ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް، ދަރުބާރު ގޭގައި މިއަދު ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ހުޅުއްވައި ދެެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އެމްޑީޕީ މެންބަރުންނަކަށް ހެނދުނަކީ ފެންނާނެ އެއްޗެއް ނޫން ކަމަށެވެ. ވެރިކަން ވެއްޓިގެން ދިޔުމުގެ އަސްލަކީވެސް އެއީ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދު ވެސް ދައްކާ ވާހަކައެއް ހަތެއް ފެބްރުއަރީގައި ވެސް އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ ހެނދުނު ދަޅާގައި އެޖެހި އެޓެމްޓަކުންނޭ،" މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަސްލު ސައިޒު ފެންނަނީ ކެމްޕެއިންތަކުގައި އެކަނި ކަމަށް މާރިޔާ ވިދާޅުވިއެވެ. ހުސްއެކަނި މާލޭގެ ކެމްޕެއިން ޓީމަށް ބެއްޔަސް އެއަދަދަށް މުޅި ރާއްޖޭގެ ކެމްޕެއިނަށްވެސް މީހުން ނުނެރެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ކަންކަމުގައި އިދިކޮޅު ފަރާތްތަކުގެ ދައުރުވެސް އަދާ ކުރަނީ އެމްޑީޕީންނެވެ. އެގޮތުން ކަންކަން އިސްލާހު ކުރުމަށް އެންމެ ގަދައަށް ވާހަކަދައްކާ ފާޑު ކިޔަނީވެސް އެމްޑީޕީ މެންބަރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނައީމް

    ވީމާ ތިޔާ ބުނަނީ ފަތިސް ނަމާދެއް ނެތޭދޯ ފަތިހު ނުތެދުވާ ބައެކޯ

    115
    2
    • ޒަކް

      ގަމާރުންނަކަށް ގެޓެއް ނުވާނެ.. ތިޔަ ކުރަފި ސިކުނޑިތަކުގަ އެތައިތަ މެން އެ ބުނާ އެއްޗެއް ގެޓުޗާހާ ތައްކަމެއް ނުހުންނާނެ.. ގޮތް ހުސްވެ ކޮޅުބެދުނީމަ ސިޔާސީ ދީނީ ކާޑެއް ޖަހާލެވޭތީ ބަލާނި އެކަމު އެ ޖަހައިގެން ބޮޑުކޮށްވީ ފެއިލް ރައްޔިތުން މާ ބޮޑަށްވެސް ރޯފިލާ މިހާރު

  2. ޜާވެރިކޮއި

    ތެދުފުޅެއް! ޙުތްފޮދު ހިއްޕަވައިގެން ލައްޕަވާ އަވަހާރަ ފުޅަށްފަހު ހެދުނެއް ނުފެންނާނެ!ހެދުނު އެއީހަވީރު!ރަންބުއްދީގައި ހެދުނުތިއްބެވީ!

    112
    2
  3. ޟިރާރު

    އަޗި!

    58
    1
  4. އަހުމަދު

    އިބިލީސް ބުންޏަސް ތެދެއް ވާނީތެދަކައް ތިޔަ ރީންދޫބައިގަނޑައް ހޭވެރިކަން ވާނީ ވާނެ އެއްޗެއް ވެ ނިމުނީމަ ހާއްސަކޮއް ރޭގަނޑު އެއީ ހަމައިން ނެއްޓި ވަގުތުކޮޅު އަންނަ ގަޑި ދެން ހަމަހޭވެރިކަން ވާނީއަނެއްދުވަހު ދެބައިވާފަހުން އެއިރު އޮންނާނީ ވާނެ ހައެތި ވެނިމިފަ ދެން ދެފައި ތަޅައިގެންފަ ދުއްވައި ގަންނާނީ އެމީހަކައް އަތުޖެހުނު ދިމާލަކުން ކައި ދައުލަތް ދަވާ ހުސްކޮއްލެވޭތޯ

    118
    3
  5. ޗާލު

    އެއީ އަނެއްދިވެހިރާއްޖެ އަހަރަމެން ބޭނުންނުވާ ސަބަބަކީ. ފަތިސް ނަމާދަށް ނުހޭލާނެ ހެނދުނު ހޭލެވޭއިރު އޮންނަނީ ވާނެއެއްޗެއްވެފަ. އަނދިރިއަނދިރިން ބަލިވީވެސް ފަތިހު ދިން ހަމަލާއަކުން. އެކަހަލަ މީހުންނަށް އެއީ ދަންވަރު. މާރިޔާމެން ފަތިހު ނުހޭލާކަން އެއީ ވަރަށްބޮޑު ގޯހެއް. އެކަމުންވެސް އިބުރަތް ހާސިލްކޮށްބަލަ.

    92
    2
  6. Anonymous

    ކަލޭމެން ރޭގަނޑު މަޖާކޮށްފަ ޢާފިލުވެފަތިބޭ ބަޔަކަށް ދުވަހަކުވެސް ހެނދުނެއްނުވާނެ، ކަލޭމެންގެ އޭރުރައީސްމީހާވެސް އެދުވަހު ހުރީ އެފަދަޙާލެއްގަ، ހޭބުއްދިއައިއިރު ވާނެހައެތިވެފައޮތީ.

    82
    4
  7. ބްރޯ

    ހެނދުނު ފެންނާނެތަ؟ ފަތިސްވަންދެން މަޖަލުގަ ހިތާހިތުގެ ގުޅުމުގަ ކޮފިއާ އި ފިނި ހިތްޕެވުން ތަކުގެ މަޖަލުގަ ފަތިސްނަމާދު ބަންގިއަށް ސައިތާނާ ފިލާހެން ދުވެފަގޮސް ވެއްޓެނީ ބެޑަށް ހޭވެރިކަންވަނީ ހަވީރު 5 ގަ ވީއިރު ހެނދުނު ފެންނާނީ ކިހިނެޔް

    82
    1
  8. ޑަރޭ

    މިފަހަރު ވެސް ވެއްޓެން މިހާރު މާލަސް ވެއްޖެ.....

    63
    1
  9. Anonymous

    ލާދީނީ މީހުންނެއް ނުހޭލާނެ. އިބިލީސް ބުންޏަސް ތެދުވާނީ ތެދަށް.

    38
  10. ބްރޯ

    ބަލަގަ ގއ. ދާންދުއަށް އެމްޑީޕީ ކުރި ދަތުރަކު ނޫނަތަ އެކަކު ހޭނުލަނީސް ފުރައިގެން އައީ އަތޮޅުން ބޭރުވާންއުލެނިކޮށް މީހަކުމަދުވެގެން ބަލާފަ އަބުރާގޮސް ނިދާގެ ބެލިއިރު ބޭރާބެހޭ މީހާ އޮތީ ކުލަ ހުވެފެނުގަ ނިދިކުރައްވާފަ .ފަތިހު ތެދުވެވޭނީ ކިހިނެތް.

    35
  11. ޒައިދު

    އަދިވެސް ކޮންމެ މީހަކު ވެރިކަން ވެއްޓުނު ވާހަކަ އަބަދު. އެ ހިތި ފިލާނުދާކަން އެބަ އެނގޭ. ގައުމުގެ ކަންކަން ހިންގާ ތަރައްގީ ކޮށް ޒިންމާ އަދާކޮށްބަލަ

    32
  12. ޗީޗީ

    އަދި މިހާތަނަށް މީނަ ދެއްކި އެއްމެ ރަނގަޅު އަދި ތެދު ވާހަކަ.
    އެމީހުންޖެހޭނީ ހޭލައްވަން ނިކަން . ރަނގަޅަށް ނިދާބައެއް އެއީ.
    ????????

    37
    1
  13. ގައްބެ

    އެހެންވެދޯ ނަސީދު ތަލާނެކުދިންކޮޅެއް ހޯދަންބުނީމަވެސް ތަޅާނެކުދިން ކޮލެއްނުލިބިގެ އެވާހަކަދެއްކީ ހެނދުނާ ނުހޭލީމަދޯ

    34
  14. ބޭޗާރާ

    ފަތިސްނަމާދަށް ނުހޭލާ ރޭގަނޑު ހަތަރުދަމު މުޅަމަސްކެއުމުގައި ހޭދަކުރާ އަދި ހޭބުއްދިފިލާ ޒާތުގެ ކަންކަން ކުރާ މީހުންނަށް ހެނދުނެއް ނުފެންނާނެ. އެމްޑީޕީގައި ގިނަ ވާނީ އޭގެ މީހުން.

    16
  15. ހަވަރު ތިނަދޫ ބިގަރު ކައުނަސިލް

    އެމްޑީޕީ ނިދާފަ ތިއްބާ މިފަހަރުގެ ލޯކަލްކައުންސިލް އިންތިހާބުގައި ހަވަރު ތިނަދޫއިން ދަންވަރު ދަޅާގައި ރަނގަޅު "އެޓެމްޓެއް"ދޭނެކަމަށްބަލާށެވެ

    15
  16. ރަޝީދު

    ޣަފުލަތުގެ ނިދިން ނިދާފައިވާ ބަޔަކަށް އާޚިރުގައި ކާމިޔާބެއް ނުވާނެއެވެ.ﷲ ގެ ވާގިފުޅާއި އެކު ޙަޤީޤީ ކާމިޔާބު ލިބިގެންދާނީ ޙައްޤުގެ އަހުލުވެރިންނަށް ކަން އެނގިގެންދާނެއެވެ.

  17. އަޙްމަދު

    މިމީހުން މިކަޔަނީ ބަޤާވާތޭ އަދިހަމަ މިމީހުން މިދައްކަނީ މިވާހަކަވެސް. އެމްޑީޕީން ބަޤާވާތް ކޮށް އެމީހުންގެ ވެރިކަންވެއްޓީ. މީމީހުން އަސްލު ހޭލަނީ ހެނދުނަކުވެސް ނޫން ހަވީރަކުވެސް ނޫން، އެހެންމީހުން ހޭލުމުގެ އެއްދުވަސް ފަހުން! އެހެންވީމަތާ 8 ފެބުރުއަރީގައި ނުކުމެ މުޅީޤައުމުގައި ހުޅުޖަހާލީ!

  18. ށުމަން

    ޢެކަމަނާ އެއް ނޫން. " ޢޭނަ"

    ޢަފިރިން އެޔަށް ކެނީ "ކަނބިލި ދައިތާ"