މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

00:02

23:57

ކޮރޯނާވައިރަސް ޖެހިފައިވާ ހަތަރުވަނަ މީހަކު އެމެރިކާ އިން ފެނިއްޖެ.

23:25

ކޮރޯނާވައިރަސްގެ ބާރު އަދިވެސް ދަނީ ގަދަވަމުން ކަމަށާއި، ކުރިއަށް އޮތްތަނުގައި އަދި އިތުރު އެތައް ބަޔަކަށް މި ރޯގާގެ އަސަރު ކުރުން ވަރަށް ގާތް ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ މިނިސްޓަރ މަ ޒިއޮވޭއީ ވިދާޅުވެއްޖެއެވެ.

23:23

ޗައިނާ އަށް ކުރައްވާ ދަތުރުފުޅެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ފައްޓަވައިފި. ޓެޑްރޯސް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މިދަތުރުފުޅުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ކޮރޯނާވައިރަސް އާއި ގުޅިގެން ޗައިނާ އިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުރިއަށް ކުރަން ހުރި ކަންތައްތަކާއި ގުޅޭ ގޮތުން ޗައިނާ ސަރުކާރާއި މަޝްވަރާ ކުރެއްވުން ކަމަށް.

"އަހަރެމެން މިދަނީ ޗައިނާ އާއި އަދި ޗައިނާ ރައްޔިތުންނާއި އެކު މިއުނދަގޫ ވަގުތުގައި މަސައްކަތް ކުރަމުން. މީގެ އިތުރުން ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ އެހެން ގައުމުތަކާއި އެކު ވެސް މިދަނީ މަސައްކަތް ކުރަމުން. ހުރިހާ ގައުމަކުން ވެސް އަމަލުކުރާނެ އުސޫލުތައް އެގައުމުތަކަށް މިދަނީ އަންގަމުން." ޑަބްލިއުއެޗްއޯގެ ވެރިޔާ ވިދާޅުވި.

22:27

ޖިންސީ އަނިޔާ އާއި ފުރައްސާރަ ލިބޭ ކުދިންގެ ވަނަވަރު ހާމަވެދާނެ ގޮތަކަށް ފުލުހުން މިރޭ މައުލޫމާތު ހާމަކޮށް ކުޑަކުދިންތަކެއްގެ ކަރާމާތައް އުނިކަން އަތުވެދާނެ ފަދަ އަމަލެއްކޮށްފިއެވެ.

22:16

ކުޑަކުދިން ތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

21:59

އުމުރުން އެންމެ ނުވަ މަހުގެ ތުއްތު ކުއްޖަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަން ޗައިނާގެ އޮފިޝަލުން ކަށަވަރު ކޮށްދީފިއެވެ.

21:55

އީރާންގެ ވެރިރަށް ތެހެރާންގެ އެއާޕޯޓަކުން ފުރި ފްލައިޓެއްގެ އެއް އިންޖީންގައި އަލިފާން ރޯވެއްޖެއެވެ.

21:29

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި މެދު ކަންތައް ކުރަމުން ގެންދަނީ ވަރަށް އިހުސާންތެރިކަމާއެކު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

21:24

ޗައިނާގެ ވުހާންގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް ހުރި މީހަކު ރާއްޖެއިން އަދި ފެނިފައިނުވާ ކަމަށާއި ޕެނިކް ނުވަތަ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

21:15

21:12

20:32

މީހުން ތިބި ސްރީލަންކާ ބޯޓެއް އިންޖީނު ހުއްޓިގެން އޮޔާ ދާތީ ސިފައިން އެ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފި.

19:51

ޓައިވާނުންވެސް ހަތަރު ވަނަ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެެއްޖެ. މިފަހަރު ޕޮޒިޓިވްވެފައި ވަނީ 50 އަހަރުގެ އަންހެނެއް. އޭނާއަކީ ޖެނުއަރީ 13 އިން 15 އަށް ވުހާންއަށް ދިޔަ މީހެއް. އަދި އޭގެ ފަހުން އޭނާއަށް ޔޫރަޕަށް ނުވަ ވަރަކަށް ދުވަހަށް ގޮސްފައި.

މިއަދު މެންދުރާއި ހަމައަށް އެ ގައުމުގައި ކޮރޮނާ ވައިރަސްއަށް ޝައްކު ކުރެވޭ 350 ކޭސްއެއް ރެކޯޑްކުރެވިފައިވޭ. މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުން.

18:46

ކޮރޯނާވައިރަސް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ޗައިނާގައި ކިޔަވަމުންދާ 50 ދިވެހި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ.

18:28

ކޮރޯނާ ވައިރަސް އެންމެ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ޗައިނާގެ ސިޓީ އެއް ކަމަށްވާ ވުހާންއަށް 450 އަސްކަރީ މެޑިކަލް ސްޓާފުން ފޮނުވައިފި.

18:05

ޖަޕާނުން މިހާރު ވަނީ އެބައްޔަށް ޕޮސިޓިވް ވެފައިވާ ހަތަރު ވަނަ މީހަކު ފެނިފައި. އެ މީހާއަކީ 40 އަހަރަށް ވުރެ މަތިވެފައިވާ ފިރިހެެނެއް. އޭނާއަކީ ވުހާންއަށް ދަތުރުކޮށް، ޖެނުއަރި 22 ވަނަ ދުވަހު އެނބުރި ޖަޕާނަށް އައި މީހެއް.

އޭނާ ގައުމަށް އެނބުރި އައިއިރު، އެކަހަލަ އެއްވެސް ނިޝާނެއް ފެންނަން ނެތް، ނަމަވެސް ޖެނުއަރީ 23 ވަނަ ދުވަހު އޭނާ ވަރަށް ބޮޑަށް ބަލިވެ، ޖެނުއަރީ 24 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން، ވަނީ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދޭން ފަށާފައި. އޭނާއަށް ފަރުވާދެމުން ދިޔައީ ނިއުމޯނިއާގެ އަލާމާތްތައް ހުރުމުން.

އެ މީހާ އަދިވެސް އުޅެނީ ބަަލަކޮށް،ނަމަވެސް އޭނާގެ ހާލަތު ސްޓޭބަލް.

17:36

ވެލިނަގަން ގޮސް އުޅެނިކޮށް ރ. މަޑުއްވަރީ މީހަކު ނިޔާވެއްޖެ.

16:26

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ޕޮލެންޑުގެ މާޓިން ކުޕްމަން ހަމަޖައްސައިފި.

16:13

މިދިޔަ ހުކުރު ދުވަހު ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 29 އަށް އަރައި ޒަހަމްވި މީހުންގެ އަދަދު 1400 އަށް އަރައިފި.

14:53

ޗައިނާ ސަރުކާރުގެ މީޑީއާތަކުން ބުނެފައިވަނީ އެ ގޭމްސް ބާއްވަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށާއި އެ ގޭމްސް ތަކަކީ 2022 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސް ތައްޔާރުވުމުގެ ގޮތުން އޮތް ބޮޑު ފިޔަވަޅެއް ކަމަށް.

14:52

ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ "ކޮރޯނާވައިރަސް" ގިނަ އަދަދެއްގެ ބަޔަކަށް ޖެހެމުން އަންނަތީ ޗައިނާ ސަރުކާރުންވަނީ އާއަހަރާއި ދިމާކޮށް ބާއްވަން ނިންމާފައިވާ "ނޭޝަނަލް ވިންޓަރ ގޭމްސް" ބޭއްވުން ފަސްކޮށްފައި.

14:51

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން އެ ގައުމުގެ ބައެއް ސިޓީތަކުގައި އުޅޭ އެހެން ގައުމުތަކުގެ މީހުން އެ ސިޓީން "ބޭރު"ވާން އަންގައިފި.

14:23

އެމެރިކާއިންވެސް މިހާރު ވަނީ އެބައްޔަށް ޕޮސިޓިވް ވެފައިވާ 3 ވަނަ މީހަކު ފެނިފައި. އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އެ މީހާ ދިރިއުޅެމުން އަންނަނީ ކެލިފޯނިއާގެ އޮރެންކައުންޓީގައި ކަމަށް

އޭނާ ދަތުރުކޮށްފައިވަނީ ވުހާން އިން އޮރެންޖް ކައުންޓީ އަށް ކަމަށް އެ ފަރާތުން ވަނީ ބުނެފައި. އދި މިހާރު އޭނާ ވަނީ އެހެންމީހުންނާއި ދުރު ކޮށްފައި ކަމަށާއި ހާލު ރަނގަޅު ކަމަށްވެސް ވަނީ ބުނެފައި.

އޮރެންޖް ކައުންޓީގެ ހެލްތް ކެއާ އޭޖެންސީން ބުނެފައިވަނީ އެމެރިކާއިން ދެން އެވައިރަސް ފެނިފައިވަނީ ވޮޝިންޓަން ސްޓޭޓު އަދި އިލިނޮއިސް އިން ކަމަށް.

14:15

އެފަރާތުން ބުނެފައިވަނީ އެ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ވައިރަސް ފުރަތަމަ ފެނުނު ސިޓީގައި ދިރިއުޅެމުން އަންނަ 3 އަންހެނުންނަށް ކަމަށް.

14:14

މަކާއޯގެ ސިއްހަތާއި ބެހޭ އިދާރާއިން ބުނެފައިވަނީ އެގައުމުން އިތުރު 3 މީހަކަށް އެވައިރަސް ޖެހިފައިވާ ކަމަށް. އެގޮތުން މިހާރު އެގައުމުން އެވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 5 އަށް އަރާފައި.

12:47

ވުހާން އަށް އިތުރު 1600 އަށް ސިއްހީ އެހީތެރިން ފޮނުވައިފި.

12:33

ޗައިނާގެ ހުރިހާ ސަރަހައްދެއްގައި ހުރިހާ ބާވަތެއްގެ ދިރޭ ޖަނަވާރު ވިއްކުން މަނާކޮށްފިއެވެ.

11:05

ކޮރޯނާވައިރަސް ފެތުރެމުންދާތީ ބައެއް ސަރަހައްދުތަކުގައި މާސްކް އެޅުން ޗައިނާ ސަރުކާރުން މަޖުބޫރު ކުރުމުން ފިހާރަތަކުން މާސްކް ހުސްވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

10:22

އަވައްޓެރި ސްރީލަންކާ އިން ހަތަރު މީހަކު ކޮރޯނާވައިރަސް އަށް ޓެސްޓްކުރިއިރު އެއިން އެއްވެސް މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައި ނެތް ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

10:18

10:07

ހެރެތެރެ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮތްވާ ފެނުނީ ފަތުރުވެރިޔެކެވެ.

 

09:52

ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް މަގާމުން ވަކިކުރެއްވުމުން، ސަރުކާރާއި ދެކޮޅަށް ތެދުވެ އަނެއްކާވެސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފާޑުވިދާޅުވެއްޖެއެވެ.

09:30

ޗައިނާގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ "ކޮރޯނާވައިރަސް" ފުރަތަމަ ފެނުނު ވުހާން ސިޓީއިން ފިލިޕިންސްއަށް ދަތުރު ކުރި 500 ފަތުރުވެރިން އަނބުރާ ފޮނުވާލަން ނިންމައިފިއެވެ.

08:19

ކެނެޑާއިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެކަން އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކަށަވަރު ކޮށްދީފިއެވެ.

08:08

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 56 އަށް އަރައިފިކަން ޗައިނާ އިން ކަށަވަރު ކޮށްދީފިއެވެ.

02:23

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި. މި އެންމެންވެސް މަރުވެފައި ވަނީ ޗައިނާއިން.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރުވެސް އެންމެ ފާހަގަ ކުރެވެނީ ކޮރޯނާވައިރަސް އާއި ގުޅިގެން ލިބިފައި ހުރި ޚަބަރުތަކެވެ. އިންޑިއާ އާއި ސްރީލަންކާ އިން މިހާރު ވަނީ ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހުން ފެނިފައެވެ.

ކޮރޯނާވައިރަސް އަދިވެސް ކޮންޓްރޯލެއް ނެތި ދަނީ ފެތުރެމުންނެވެ. ކޮރޯނާވައިރަސް އާއި ގުޅޭ ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

މިރޭ ލިބުނު އިތުރު ޚަބަރަކަށް ބަލާއިރު ރާއްޖޭގެ ރިސޯޓެއްގައި އަންހެން ފަތުރުވެރިޔަކު ރޭޕް ކުރަން މީހަކު އުޅުނު ކަމުގެ މައުލޫމާތު ލިބިގެން އެމައްސަލައިގެ ތަޙްޤީޤު ފުލުހުން ފެށި ޚަބަރު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޗައިނާއިން ކީރިތި ގުރުއާނާ ދެކޮޅަށް އިތުރު ގުރުއާނެއް ގެނައުމުގެ މަސައްކަތް ކުރުމުގެ ނަތީޖާއަށްވުން ވަރަށް ގާތް. ﷲ ތަޢާލާ އިންސާނާގެ އަމަލުތައް ހައްދުން ނެއްޓުމުން އެކަން ހުއްޓުވާނެ. މިދިވެހި ގައުމުގެ ރައްޔިތުން ދައްޖާލު ޖަހާހާ ބެރަކަށް ނަށާއިރު މިކަންކަމަށް ވިސްނާލާ.