ފުލުހުންގެ މުއައްސަސާ ސިޔާސީ ޖަގަހައަކަށް ބަދަލުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތް ވަނީ ތަޙްޤީޤަށް ކަމަށް ބުނެ ބަންދުކޮށްފައި ތިބި މީހުންގެ މައުލޫމާތު ހާމަކުރާއިރު ސާބިތު ހިފޭ ވާހަކަތައް ހާމަކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.

" ފަނޑިޔާރު ޢަލީ ހަމީދާއި ގުޅުންހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނުކަމަށް ބުނެފައި އެތައް ދުވަހެއް ފަހުން އެއީ އޮޅުމަކުން ދެވުނު މައުލޫމާތެއް ކަމާއި ފެނުނީ 3.4 މިލިއަން ރުފިޔާ ކަމަށް ބުނުމަކީ ވަރަށް ބޮޑު މައްސަލައެއް " އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އެ ފައިސާ ފެނުނު ގެއަކީ ކޮބައިކަމާއި އެގެއަކާއި އަލީ ޙަމީދާއި ހުރި ގުޅުން ބުނެ ނުދިނުމަކީ ވެސް މައްސަލައެއް ކަމަށެވެ.

އަދި 2015 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން ވަނީ ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ރައީސް މައުމޫން ކުރައްވާފައި ނުވާ ކަމަށްވެސް އަމީތު ވިދާޅުވިއެވެ. އަދި އެކަމަށް އެއްވެސް ހެއްކެއް ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުލުހުން މި ދައްކަނީ ސިޔާސީ ޕާޓީތަކުން ދައްކާ ސިޔާސީ ވާހަކަތައް ފަދަ ވާހަކަތައް. ފުލުހުންގެ މުއައްސަސާ އިން އެފަދަ ކަންކަން ނުކުރުމަށް އަޅުގަނޑު ގޮވާލަން." އަމީތު ވިދާޅުވިއެވެ.

ދާދިފަހުން ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަދީބް ނައިބް ރައީސް ކަމަށް އައްޔަންކުރުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިސަރުކާރު ބަދަލުކުރުމަށް ތަފާތު އެކި ގޮތްގޮތަށް ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިމަސައްކަތް ކުރުމަށްޓަަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމުގެ ގޮތުން ތަފާތު އަދަދުތަކުން ފައިސާދީ އިދިކޮޅު ފަރާތްތަކާ ގުޅުމަށް ދައުވަތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މަސައްކަތް އިސްވެ ހުންނަވައިގެން ފެއްޓެވީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ކަމަށެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހުސޭނުބޭ

  ފޮނި ވާހަކަދައްކާނެކަމެއްނެތް. ގޮނޑިގެއްލިފައި. ރިޝްވަތު ޖާޑީ. އުރައްޕުކަމެއް ނެތް.

 2. މޫސަ

  ދައުވާ ހަމަ ކުރަންވީ.އެކަމަކު އިސްލާމް ދީން ކަށަވަރުކޮށްދީފައިވާ އަދުލުވެރި ޝަރީޢަތެއް ލިބުދޭންޖެހޭނެ. ނަސްލު ކަށަވަރު ނުވާ ފަނޑިޔާރަކު ޝަރީޢަތްކޮށް ހުކުމެއް ކޮށްގެންނުވާނެ.

 3. ވަރަށް ސާފުކޮށް އަމީތު އެ ބުނީ ތިމަންނަމެން މި ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫނޭ. އެހެން ނޫނީ ކީއްވެބާ ޕާޓީ ތަކުން ދައްކާ ކަހަލަ ވާހަކައޭ އެ ބުނީ؟ ކޮބާ ލަދު. އަމިއްލަ މީހާގެ ވޯޓް ގަޑުވެސް ނުލިބޭ ތަނަކުން ހޮވާފަ ގެނެސް ގޮޑީގަ ބޭއްދިއިރު. ލިބޭ އެތި ދޯ؟

 4. ޙަމްދު

  ފުލުހުންގެ ތެރޭގައި ތިމަންނަމެން ސިޔާސީކޮށްފައި ތިބި ބަޔަކު އެބަތިބި ކަމުގެ ސިގްނަލް އަމީތު އެދިނީ. ޢެކަން ނިކަން ރަގަޅަށް އަހަރެމެންނަށް އެނގޭ.

 5. މުޙައްމަދު

  ކުއްވެރިންނަކަށް ފުލުހުން ކަމަކުނުދާނެ
  ވަރަށް ގިނަވާހަކަ މީ.......
  އަގަފުޅާނުކޮށް ރަޓަށް ދޭބަލަ

 6. ޣަފޫރުބޭ

  ރިޝްވަތުގެ ކިއްލާއަކަށް ނޫންތޯ މަޖުލިސްގެ ތިބައިގަޑު ވެފައޮތީ!!!