ހެރެތެރެ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮތްވާ ފެނުނީ ފަތުރުވެރިޔެކެވެ.

އޭނާ އަކީ 61 އަހަރުގެ އިޓަލީ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

އޭނާގެ ހަށިގަނޑު މިހާރު މޯޗަރީއަށް ލުމަށް ހިތަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ލިބެއެވެ.

ފަތުރުވެރިޔާގެ މަރާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އިއްޔެ ވެސް ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ.