މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓްހައުސް އެއްގައި، ޕާޓީ ޑްރަގްތަކާއި އެނާޖީ ޑްރިންކަކާއި އެއްކޮށްގެން ބޭނުން ކުރުމުގެ ސަބަބުން މަރުވި ދެމީހުންގެ ތެރެއިން، ފާތިމަތު ސަމާ ހޭނެތިގެން ވެއްޓުމުން އޭނާއަށް އެކަށީގެންވާ ވަރަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ތުހުމަތު ކޮށް ދައުވާ ކޮށްފައިވާ މީހުންގެ ޝަރީއަތް ފަށައިފިއެވެ.

ހުޅުމާލޭ ކިނާރަގޭ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ފާތިމަތު ސަމާ ހޭނެތިގެން ވެއްޓުނު އިރު އޭނާއާއެކު ތިބީ މަރިޔަމް އަފާ އާއި ހަސަން ޒިދާން އާއި އާދަމް ޝާހީންގެ އިތުރުން މަރިޔަމް މައިޝާ އަދި އަހުމަދު އަމާން އެވެ. އެމީހުންގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ (ހ) ގެ (1) ގެ (ii) ގެ (ރ) އަދި އެ މާއްދާގެ (ބ) ގެ މައްޗަށް ބިނާކޮށް "އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުން" މި ދައުވާ އެވެ.

އެ ފަސް މީހުންގެ މައްޗަށް ކޮށްފައިވާ، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާގެ އިބްތިދާއީ އަޑު އެހުން މިއަދު ބޭއްވި އިރު އެ ފަސް މީހުންވެސް ވަނީީ ކޯޓަށް ހާޒިރުވެފައެވެ. ނަމަވެސް އޭގެ ތެރެއިން ހަސަން ޒިދާންއަށް އަދި ވަކީލަކު ހަމަޖެހިފައި ނުވެފައި، އޭނާ ވަކީލަކު ހަމަޖެއްސުމަށް އެދުމުން، ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ވަނީ ޝަރީއަތުގެ މަޖިލީހުން ބޭރުކޮށްފައެވެ. އޭނާ ފިޔަވައި ދެން ތިބި ހަތަރު މީހުުންވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުގެ މަރުހަލާގެ ކުރިން އޮތް އިއުތިރާޒުތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ގާޒީ އެންމެ ފުރަތަމަ ފުރުސަތު އެރުވީ އަހުމަދު އަމާން އަށެވެ. އޭނާ ތަމްސީލު ކުރާ ވަކީލު ހުސެއިން އާދަމް ވިދާޅުވީ އަމާން އަށް ވެވުނު ވަރަކުން އެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް އިއުތިރާޒެއް ފާހަގައެއް ނުކުރައްވަވައެވެ.

މާއިޝާގެ ފަރާތުން ދިފާއީ ވަކީލު މުހައްމަދު އިޝާން ފާހަގަ ކުރެއްވީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ދައުވާ ކުރުމަށް ލިބިދީފައިވާ މުއްދަތަށް ވުރެ ގިނަ ދުވަސް ފަހުން ދައުވާ ކޮށްފައިވާ ކަމެވެ. އަދި އެ މައްސަލައިގައި ހާލަތަށް ބަލާފައި މައިޝާއަށް ކުރި ދައުވާ ހަމަ އެތަނަށް ދިޔަ ފުލުހުންނަށްވެސް ކުރެވޭނެ ކަމަށާއި ފުލުހުންގެ މައްޗަށް ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން ދައުވާގައި އެ ހާދިސާ ހިނގައި ދިޔަ ތަނުގެ ތަފްސީލު ލިޔެފައި ނުވާ ކަމަށް ވިދާޅުވެ އެއީ އިޖުރާއަތާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މައިޝާގެ މައްްޗަށް ކޮށްފައިވާ ދައުވާ އަކީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކޮށްފައިވާ ދައުވާއެއް ކަމަށް ވިދާޅުވެ އެ ދައުވާ ބާތިލު ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ރައްދުގައި ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު އާސިމް ވިދާޅުވީ މައިޝާ އަދި އެހެން މީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އެންމެ ފުރަތަމަ ބޮޑެތި ތުހުމަތުތަކެއް ކަމުން އެ މައްސަލަ ތަހުގީގު ކުރީވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އަދި އެހެން ކަމުން ދައުވާ ކުރުމަށް ލިބިދީފައިވާ މުއްދާ 80 ދުވަހުގެ މުއްދަތަށް ވުރެ ފަހުން ދައުވާ ކުރުމުގައި މައްސަލައެއް ނުވާކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ. އަދި ހާދިސާ ހިނގައި ދިޔަ އިރު އެތަނުގައި ފުލުހުން ނެތް ކަން ފާހަގަކޮށް ފުލުހުންވެސް ޒިންމާ އަދާ ކޮށްފައި ނުވާ ނަމަ ދައުވާ ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މައްސަލަ ކުރިއަށް ދާ ވަރަކަށް އެ ހާދިސާ ހިނގައި ދިޔަ ކޮޓަރީގެ ތަފްސީލު އަންނާނެ ކަން ފާހަގަ ކުރެއްވިއެވެ.

މައްސަ ބައްލަވާ ގާޒީ ނިންމެވީ ދައުވާގައި އެކަށީގެންވާ ވަރަށް ކޮޓަރީގެ ތަފްސީލު އެނގެން އޮންނަ ކަމަށެވެ. އަދި އެފަހުން ހުޅުމާލޭ ކިނާރަގޭ ގްރައުންޑް ފްލޯގައި ހުންނަނީ އެންމެ ކޮޓަރިއެއްކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި އާދަމް ޝަމީމް ތަމްސީލު ކުރެއްވި ވަކީލު ވިދާޅުވީ އެ ހާދިސާ ހިނގައި ދިޔަ އިރު ކޮޓަރި ތެރޭގައި ތިބީ ދެބެއިންގެ ދެދަރި މީހުންނާއި ލޯބިވެރިން ކަމަށެވެ. އެހެން ކަމުން އެއްވެސް މީހަކު ގަސްދުގައި އެހީތެރިކަން ފޯރުނުކޮށްދީފައިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލަ އެހާ ބޮޑުވެފައި ވަނީ މީޑިއާ އަދި އާންމުންގެ ނުފޫޒާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމަކީ އެ ޒުވާނުންގެ ވަގުތު ބޭކާރުވެގެންދާން ޖެހޭ ވަރުގެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގުމަށް ފަހު އެތަނުގައިި ތިބި އަށް މީހުުންގެ ތެރެއިން އެކަކު ކަމާ ބެހޭ ފަރާތްތަކަށް ގުޅި ކަމަށެވެ. އެހެން ކަމުން ދެން ތިބި ބަޔަކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ މީހަކު ވަކި ވަކިން ގުޅަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީން ވެސް ހޮޑުލައި ހޭނެތި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނުކަން އޭނާ ފާހަގަ ކުރެއްވެއެވެ. ޝަހީންގެ ފަރާތުންވެސް އެދިފައި ވަނީ މައްސަލަ ބާތިލުކޮށްދިނުމަށެވެ. އަދި އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައެޅުމަށެވެ.

މަރިޔަމް ވަފާގެ ވަކީލު އަލީ ޝިހާމްވެސް ފާހަގަ ކުރެއްވީ މާއިޝާގެ ވަކީލު ފާހަގަ ކުރެއްވި ގޮތައް އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ މުއްދަތުގައި ދައުވާކޮށްފައި ނުވާ ކަމެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ދައުވާ ލިބޭ ފަރާތްތަކުން ލިޔުމުން ހުށަހަޅަން ބޭނުންވާ ތަކެތި ހުށަހަޅަން ގާޒީ ދިނީ 2 މޭގެ 2:30 ގެ ނިޔަލެވެ. އަދި މި މައްސަލައިގެ ދެން އޮންނަ އަޑު އެހުން މޭ މަހުގެ 13 ވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. އަދި އެދުވަހު ކުރެވޭ ބަހުސްތަކަށް ފަހު ދައުވާއަކީ މަދަނީ މިންގަނޑުން ކުރަން ޖެހޭ ދައުވާއެއް ކަމާމެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިނގި ހާދިސާގައި ކުއްލި ގޮތަކަށް މަރުވި ހާމީން އާއި ސަމާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެމީހުން މަރުވީ ރަހުމަތްތެރިއެއްގެ އުފަންދުވަހުގެ ޕާޓީއެއް ފާހަނގަކުރުމުގެ ތެރޭގައި މަސްތުވާ ބާވަތަަކަށް އޯވަޑޯޒް ވެގެން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ސާލިޔާ

    މަހިތަށްީ އަރާަ މިވަކީލުންު މިއަދު ލާރި ގަނޑު ކައިގެން ތިބެ އާޚިރަތް ދުވަހު ވަންނާނީ ކޮންތާކަށް ބާވައޭ ހެއްދެވިހާ ދޮގު ހަދައިގެން މުވައްކިލު ސަލާމަތް ކޮއްދެނީ

    • ޥަކީލެއް

      ޢެތާގަ ކޮބައިތޯ ދޮގެއް ބުނެފަ ވަކީލްވެސް؟ ގާނޫނު އަސާސީގައި ކަނޑައެޅިގެން އެބައޮތް 80 ދުވަސް ފަހުން ދައުވާ ނުކުރެވޭނެކަމަށް. ޢަނެއްކޮޅުން ގާނޫނު ތަކަކީ ރައްޔިތުން އެމީހުންގެ މައްޗަށް އަމަލުކުރުމަށް އަމިއްލަޔަށް އިންތިހާބު ކުރެވޭ މަންދޫބުން ތަކެއް ހދާ އެއްޗެއް. ޢެހެންކަމުން އަމިއްލަޔަށް ހަދާ އެއްޗަކަށް އަމިއްލަޔަށް އަމަލު ކުރަން ވާނެ. ޢެހެން ނޫންނަމަ ގާނޫނުތަށް ހެދުމުގެ ބޭނުމެއް ނެތް. 80 ދުވަހަކީ ކިތަންމެ ބޮޑު މައްސަލައެއްވިޔަސް ތަކުގީގު ނުކުރެވި އޮވެގެންވާނެ މުއަދަތެއްނޫން. ތަހުގީގު ދިގުލަިއިގެން ދާނަމަ ކުށެއްނެތް އެތަށް ބައެއް ކުޑަ ގޮޅީގައި އެތަށް ދުވަހެއް ވަންދެން އޮންނަންޖެހުމުގެ ފުރުސަތު އެބަ އޮތް

  2. ބީވާ

    ކޮބާ ކުދިންނޭ ބޮވިފަ ތިޔަތިބީ. މިއޮތް ޒަމާނުގަ އަހަރެމެން މުސްކުޅިންނަށް ވުރެ ތިޔަ ކުދިން ތިކަހަލަ ކަންތަކުގަ ހޭލުންތެރިކަން ކުޑަ.

  3. ހުސޭނުބޭ

    އެންމެންވެގެން ހޭވައްޓާލާފައި ޑްރަގްނަގާ މަޖާކުރާ ތަނެއްގައި އެކަކު ބުރާންތިވެގެން ވެއްޓުމުން އެމީހާއާއި ދެން ތިބި މީހުން އަޅާލާނެ ގޮތް ހިތަށް ގެންނަން ވަރަށް އުނދަގޫ. އެތަނުގައި ހެޔޮކަމެއް ކުރެވޭނެކަމަށް ޤަބޫލުނުކުރެވޭތީ.

    • ?
  4. އައްޔަ

    ލޯބިވެރިން އެއްްވެގެން ތިބި ދައުވާ ކުރާނި ކާކު

  5. އަޝްރަފް

    ބަލަ ކޮބާ ޑްރަގް ބޭނުންކުރި މައްސަލަ އެންމެންވެސް އެތަނުގަ ބޭނުންކުރާނެ ކަމަށް ބެލެވޭ ސަމާ މަރުވީ ދެންތިބި މީހުން ސަލާމަތްވީ

  6. އ

    والله أعلمُ

  7. މަހަށްދޭބަލަ

    ކޮބާ ތަމެންނަށް ފެނޭތޭ ޕާރޓީ ކުރީމާ ވާނެ ގޮތް. މަހަށްދޭބަލަ

  8. ދަ އިންސާފު

    މަސްތުވާ ބޭސް މަރުވި ކުއްޖާ ބޯން ގެންގުޅުނު ދަޅައް ދިޔަ ގޮތެއް ނޫން ތަ ބަލަންވީމަ މިބަލަނީ އެހީތެރި ނުވި މައްސަލަ. ބުޅާ އިންސާފު

  9. އިބުރޭ

    އެއީ ހާދަ ރީތި މަންޖެއެކޭ ދޯ!!!

    • އިބުރޭ1122

      މަންޖެ ކިތެއްމެހާވެސް ރީއްޗޭ. ކެނޑިގެން ނިއްވާލީމަތާ މައްސަލަޔަކީ.

  10. ޑިމޮކްރަޓިސްޓް

    ވަކީލުންނަށްތަ އެނގެނީ އެމީހުން އެތާ ކުރިކަމެއް!!! ވަކީލުން އެތާތިބިތަ!!! އަކުރުގެ ފިލީގެ ދެފަރާތުގަހިފާ ދަމާ ސުވާލުއުފައްދަބަލަ!!! ބަޔަކު ހޭބަލިވެދާނެއެއްނު!!!

  11. ދެޓްފަސްގަނޑު

    ތަމެން ނަށް ފެންނާނެ ޕާރޓީ ކުރީމާ ވާނެ ގޮތް. ޢެއީ ސީދާ ގާނޫނު އަސާސީގެ ދެވަނަ ބޞާއި ޚިލާފުކަމެއް އިނގޭތޭ. އެއީ ސީދާ ފްރީޑަމް އޮފް ލިބަރޓީ އާއި ޚިލާފަށް ތަމެން ކުރާ ކަމެކޭ މަމެން ބުނަން ނެތީމުދޯ.

  12. ައަހައްމަދު

    އަދި އެ މައްސަލަ އެހާ ބޮޑުވެފައި ވަނީ މީޑިއާ އަދި އާންމުންގެ ނުފޫޒާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމަކީ އެ ޒުވާނުންގެ ވަގުތު ބޭކާރުވެގެންދާން ޖެހޭ ވަރުގެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
    - ކީކޭ ބުނާނީ... ހަރާމް ކަންތަކުގަ އުޅެނިކޮށް 2 މީހަކު މަރުވީމަވެސް އެންމެން ބޮނދަންތަވީ!!

  13. މާޅޮސް

    މިހާރު ހުންނާނީ ރަނގަޅަށް ޕާޓީކުރެވިފަ! އަދިވެސް ހޭއަރާކަށް ނުވޭދޯ....؟؟؟

  14. ޑަރޯގާ

    ސަމާ ހޭނެތިގެން ވެއްޓުމުންވެސް ޕާޓީ ކުރަން ތިބި ޒުވާނުންނަށް އެހީވެވޭނީ އެ ޒުވާނުންެގެވެސް ހޭވެރިކަމެއް ހުރެގެންދޯ. ވިސްނާ ފިކުރު ކުރޭ. ފުރަތަމަވެސް ކުރަން ފެނުނު ދައުވާ އަކީ މީތަ. އެއްމެ މަހަކަށްވެސް ޖަލަށް ލެވިދާނެ ކަހަލަ ކުޑަ ދައުވާއެއް. ކޮބާ ޑްރަގް ގެންގުޅުން، ބޭނުން ކުރުން، އެހެން ބަޔަކަށް ބޯންދިނުން. މި ދައުވާތައް.

  15. ާނުޒައިރު

    ތިޔަށްވުރެ ރަނގަޅު ކަމަށް ފެނޭ ސަމާ ސަމާގެ އަމިއްލަ ނަފްސަށް އަޅައިނުލި މައްސަލ މިހާރު ބަލާން. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސަށް އިހުމާލުވި މައްސަލަ ބަލަން. ބަލަ ކޮބާ 18 އަހަރު ފުރުނީމަ އިޙްތިޔާރު ލިބޭ ޤާނޫނު. 18 އަހަރު ވާ ދުވަހު ގެސްޓްހައުސް އެއްގަ އޮތްކަން މަންމަ ނޫނީ ބައްޕަ އެންގިޔަސް އޭނަ އަކީ އިޙްތިޔާރު ލިބިގެންވީ ކުއްޖެއް. ޢަހަރުވަންދެން އޮަތަސް ނުގެނެވޭ. ބަލަ ގަދަކަމުންތަ ތިޔަތާކަށް އެމީހުން ގެންދިޔައީ.

  16. ކެރީ

    އަވަހަށް އެއްބަސްވޭ ތިމަންނަމެންތިބީ އެހީތެރިކަން ފޯރުކޮށްދެވޭ ހާލެއްގައި ނޫންކަމާއި އަދި އެފަދަ ހާލަތެއް ވިސްނަންވެސް އެވަގުތު ބުއްދިތަން ނުދޭކަމަށް އޭރުން 25 އަހަރުން ސަލާމަތްވާނެ

  17. ރަށްދު

    ތީބަލާކަށް ބޭނުންމައްސަލައެއްނޫން ތިކަމެއްދުވަހަކު ނުނިމޭނެ ތިކަމުންކުއްވެރިވާ ބަޔަކުވެސް ނުހޯދޭނެ ތިކަމުން ކާމިޔާބް ލިބޭނީނީވެސް ކުއްކުރިމީހާޔަށް ހައްގަކަށް ކާމިޔާބެއް ނުލިބޭނެ ނުވެސް ހޯދަދެވޭނެ

  18. އަމިއްލަ މީހާ

    ތިމައްސަލަވެސް މިހާރު އޮތީ ފައިސާކޮޅަކަށް ނިންމާފަ

  19. ކެރަފާ ހައްކާޅު

    ތިޔާތިބީ ޤައުމުގެ ފިސާރި ކަނބަލުންނާއި ޒުވާނުން..... ހަމަފައްކާ ބީތާ ޒުވާނުންނާ ބިޑިކާއިން މިހާރު ގިނައީ.... މީވާ ފިސާރި ޖެނަރޭޝަނެއް...ކޮންމެ މީހަކު މިތިބެނީ ހިނކަންޖެއްހެން ވެފަ.... މާ ސްޓައިލްވެގެންތެޅޭތީ ވާގޮތް... މިމީހުންގެ އަމާބަފާ ވެސް ހަމަ ރަނގަޅީދޯ!! ތަރުބިއްޔަތުގެ ލާމަސީލު މިސާލެއްމީވެސް!!! ގެއްލި ދިޔައެއްޗެއް އަނބުރާ ނާންނާނެ!! ވަﷲ އަޢުލަމް.

  20. ޖޮއްބެ

    ބަލަގަ މިކަހަލަ ގޮތަކަށް ޒުވާނުން ނަށް މަޖާކޮށް ނުދެވިގެން ނޫންތަ ރީނދޫ މީހުންގެ ގުރޫޖީ ނަޝީދު އެއުޅެނީ......؟

    • ރީނދޫ ނަށީދު

      ރީނދޫ ނަށީދުގެ ދައުރުގަތަ މިމީހުން ޕާޓީ ކޮއްގެން މަރުވީ؟

  21. ޙިޔާލެއް.

    ތިކަމުގަ ދައުވާ ކުރަންވީ ސަމާގެ މަންމައާއި ބައްޕަގެ މައްޗަށް. ސަމާއަށް ރަނގަޅު ތަރުބިއްޔަތެއް ނުދީ ޑްރަގުބޯގެން ޕާޓީ ކުރަން ފޮނުވީތީ...

  22. ކުއްވެރިޔާ

    ތިކަމުގަ ދައުވާ ކުރަންވީ ސަމާގެ މައިންބފައިންގެ މައްޗަށް. ޢެވަރުގެ ތަރުބިއްޔަތެއް ނުލިބުނީމަތާ ޑްރަގު ބޮއެގެން ޕާޓީ ކުރަން ތިބީ. މިހަަރު ހިތާމަ ކުރާނެ ކަމެއް ނެތް..

  23. މޯރާ

    އެހީ ތެރިކަން ފޯރު ކޮއްދިނީމާތަ އޮޅުވާލާފައި ބުނީ މޫދައް ގެނބިގެންނޭ؟؟؟