ވިލިމާލޭގައި އުމުރުން އެންމެ 12 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައްޕަ އަދިވެސް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެވެ.

މަސްތުގެ ހާލަތުގައި ހުރެގެން އެކުއްޖާ އަށް ޖިންސީ ގީނާ ކޮށްފައިވާ ކަމަށް ކިޔައިދޭ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމު ވުމާއި، ގުޅިގެން ވިލިނގިލިން ބަޔަކު ނިކުމެ ވަނީ އެމީހާ ނެރެ އޭނާ އަށް އަނިޔާކޮށްފައެވެ. އޭނާ އަށް އެމީހުން ދިން އަނިޔާ އަށް ފަރުވާ ހޯދުމަށް ވިލިނގިލީގައި ހުންނަ ހޮސްޕިޓަލަށް ދިއުމުން އާންމުންގެ ބަޔަކު ވަނީ އެތަނަށް ގާއުކައި ހޮސްޕިޓަލުގެ ދޮރުގެ ބިއްލޫރިތައް ތަޅާލައި ގެއްލުން ދީފައެވެ.

އެރޭ އެކުއްޖާގެ ބައްޕަ ވިލިމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވީނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާކަމަށް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ، ހައްޔަރުކޮށްފައި ނުވީ ނަމަވެސް، ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

އެކުއްޖާ ބައްޕަ ޖިންސީ ގޯނާކުރި ވާހަކަތައް ކިޔައިދީފައިވާ އޯޑިއޯ އިން އެނގޭ ގޮތުގައި، އެކުއްޖާގެ ބައްޕަ ވަނީ އޭނާ އަށް އެތައް ފަހަރެއްގެ މަތިން ޖިންސީގޯނާކޮށްފައެވެ. އެކަމުގެ ސަބަބުން އެކުއްޖާ އަށް އެތައް އަނިޔާތަކެއް ލިބި މިހާރު ދަނީ ފަރުވާދެމުން ކަމަށް ވެއެވެ.

އެމީހާ އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް އެކުއްޖާ ވަނީ އޯޑިއޯގައި ބުނެފައެވެ.

މިފަހަކަށް އައިސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އަންނަނީ އިންތިހާއަށް ފެންމަތިވަމުންނެވެ. އޭގެ ގިނަ މައްސަލަ ތަކަކީ މީގެ ކުރިން އެފަދަ ކަންކަން ދިމާވުމުންވެސް ހާމަކުރަން ނުކެރި ތިބެފައި، ދެއަހަރުގެ ކުއްޖަކަށް އާއިލާއިން ކާފައާއި މުނިކާފަ އަދި ބައްބަ ޖިންސީގޯނާކުރި މައްސަލަ ފެންމަތިވުމާއި އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ދަނީ ހުށަހެޅެމުންނެވެ. އެހެން ނަމަވެސް ފުލުހުން ވަގުތުން އެފަދަ މީހުން ހައްޔަރު ނުކުރުމުގެ މައްސަލަތައްވެސް އިންތިހާއަށް ގިނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބުރުމާ

    ސަރުކާރު ފެއިލް

    79
    1
  2. ސަމާ މާލެ

    އަނެއްކާވެސް ފުރުސަތު ތިޔަ ދެނީ އެފަދަ ކުއް ކުރާން. އަންދާ ގާނޫނު.

    50
    1
  3. އެސޮރު

    ރާޖޭގަ އިންސާފު ލިބެން ވާނީ އަންނި އާ އޭނަގެ އައުވާނުންނަށް. ރައީސް ބުނާނެ ޒީރޯ ޓޮލޮރނސް އޭ ވާކަމެއް ހަރާންފަދަ.

    82
    1
  4. ޢަންބޮދ??‍♀️

    ޢެމިި ހަާއަާ ގެރިޔަކަާ ހަވާލުކުރެޭ

    68
    1
  5. މުހައްމަދު

    ކުރީ ސަރުކާރު، މިސަރުކާރު ޒީރޯ ޓޮލޮރެންސް ސަރުކާރު. ހީހީ ހަލާކު.

    61
    1
  6. ނަން

    މީ ފެއިލް ވެފައިވާ ސަރުކާރެއް. މިވެރިންގެ މީހުންނަށް މިވެރިންނަށް ދެވޭނެ އަދަބެއް ނޯންނާނެ ، ހުސް ވައިއަގަ ތެޅުން މިވެރިންގެ ކަމަކީ. ރަނގަޅުވި އެއްކަމެއްވެސް ނެތް ދުވަހުން ދުވަހަކައް ކަންތައް ގޯހުން ގޯހަށް މިދަނީ. ނަމުގަ އޯގާތެރި ކަމުގަ ގައްދާރު ސަރުކާރެއް މި.

    18
  7. އަހްމަދު

    އެވެދާނެމަސްތުވެގެންކުރިކަމަކަށްވާތީ މަސްތުގެސަރުކާރުން އަޅާނުކީކަމަށް

    17
  8. ނަން

    ދިވެހިރާއްޖޭގެ ރައީސްގެ ދެކަނބަލުންނަށް މުހިއްމުހާވެސް ކަމަކީ ކުޅިވަރު ކުޅުމާއި މެރެތަންގައި ދުވުން، މީ އެއްނޫން ރައްޔިތުން ރައީސުން ހޮވާ ސަބަބަކީ، ގައުމުގެ ހުރިހާ ކަމެއް ދަނީ ގޯހުން ގޯހަށް، އަދުލު އިންސާފު ފެއިލް، ކުށްވެރުން ހިމާޔަށް ކުރެވި އަނިޔާ ލިބޭ މީހުންނަށް ބޭ އިންސާފު، ތަންތާގެ ވެރިން ސަރުކާރުގެ ލާރި ކައި ހުސްކުރަނީ، ނިކަމެތި ރައްޔިތުނެ ޓެކްސް ދައްކާ ފައި އަދި އަތުފައި ނުޖެހޭ ކަރަންޓް ބިލް އަދި ފެންބިލް ދައްކަން ޖެހެނީ، މުސާރަ ބޮޑުވަނީ އަދިވެސް ސިޔާސީ މީހުންނަށް...

    17
    1
  9. ގައުމު

    ވިލި މާލެ ޕޮލިހަށް ނުވާނެއެއް ކަމެއްވެސް

    12
  10. ކިނބޫ ސަރުކާރު

    މިއޮތީ ޒީރޯ ޓޮލެރެންސް އޭގެ އެންމެ މަތީ އަގުގަ ކުއްޔަށް ދީފަ

    14
  11. Juhaa

    ދައްޖާލު ގްރޫޕުގެ މީހަކަށް ވާނީ. އެހެންވީމާ ހައްޔަރެއް ނުކުރާނެއެއްނު.

    13
  12. ބުއްޅަ

    އެޖެންޑާ19 ހިމާޔަތްކޮއްފަ

    11
  13. އިއްބަ

    އިސްލާމީ ޝަރީއަތުން ޙުކުމް ނުކުރާތަނެއްގައި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިނުވުމަކީ އާކަމެއްނޫން. އަދިވެސް ރާއްޖޭގަތިބި ރައްޔިތުންނަށް އެކަން ނުވިސްނެނީބާ؟ އަހަރެމެން ޖެހެނީ އިސްލާމީ ޝަރީއަތަށް ގޮވަން!

  14. ޝާނީ

    މިހެން ވީމަ ދޯ ރަށްޔަތުން އަރައިގަންނަނީ. އާއިލާ މީހުން މަރާލާނެ ކަމައްވެސް އޭނަ އެ އޮތީބުނެފަ. ތީތި ފަޅާ އަރުވާލީމަ ކޮންމެވެސް ސިފައެއްގަ ތިމީހާ އެ ރުޅިގަނޑު ބާލާނެ. ގައިމު ވަރެއްކޮއްލާފަ ހުރީމަ ދޯ އެ ކުއްޖާ ހުރިތަނަށް ބޮޑުކަމުދެވޭ އިރުވެސް ނޭގޭނީ

  15. ނާމާން

    ފުރާވަރު އަންހެން ދަރިން ވެސް ވަރަށް ސު މާޓް ވެއްޖެ. އެބަހުރި ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާއާއި ބައްޕަ ނުޤަބޫލުކަން ހާ މަކުރު މުން ޖިންސީ ގޯނާގެ ތުހު މަތު އަޅުވާ ބައްޕަ ގޮޅިއަށް ލާފާވެސް. ކުރެވޭ ތުހު މަތު ތަކާ މެދު ފުންކޮށް ވިސްނާ، ޙަޤީޤަތާ ހަ މައަށް ވާޞިލްވުމ މަށް މަސައްކަތްކުރަން ޖެހޭ. ނޫންނަ މަ މީހަކަށް ނުހައްޤު އަދަބެއް ދެވި ހިތާ މަކުރަން ޖެހިދާނެ.

  16. ލޫތު

    އެއީ ކީވެ އޭނާގެމައްޗަށް ހުކުމް ކުރަން ނޭގޭނެ