ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. އިނގުރައިދޫ ސްކޫލު ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިފިއެވެ.

މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިނގުރައިދޫ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ މިސެޝަންގައި، ގަނާ ކުރުމަކީ ކޮބާކަމާއި، ގަނާ މާނަކުރެވިފައިވާ ގޮތްތަކާއި، ގަނާ ކުރުމުން ދުރުހެލިވެ ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގަނާކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާއާއި ގަނާގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކާ އަދި ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ދަރިވަރުން އިތުރަށް ޝައުޤުވެރިކުރުވައި، ބައިވެރިކުރުވުމުގެ ގޮތުން ދަރިވަރުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށް ދަރިވަރުންގެ ޚިޔާލުތައް ހުށަހަޅައިދީފައިވެއެވެ. އެގޮތުން ގަނާ އަދި ފުރައްސާރަކޮށް ޖެއްސުންކުރާނަމަ ޢަމަލުކުރާނެގޮތާއި، ގަނާ ރައްދުވާ ކުއްޖާއަށް ކުރެވޭނެ އިޙްސާސްތަކާއި، ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މި ސެޝަނުގައި، އެ ސްކޫލުގެ ގްރޭޑް 4 އަދި 5 ގައި ތަޢުލީމު ހާޞިލްކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފުެއްޓަރު

    ތިކަމެއް ނުވާނެ ސްކޫލު ތަކުގެ މެނޭޖްމެންޓާ ޓީޗަރުން އިޚްލާސް ތެރި ވެގެން ތަފާތު ކުރުން ނައްތާލާގެން ތިކަން ހުއްޓުވޭނީ އަހަން ގޯތި ސޮރު ބުލީ ކުރީމަ ކުލާސް ތެރޭ ދާދާ ހެދުނަސް ހުއްޓުވަން ޖެހެއެވެ ދެރަސޮރު އުލު ބައިންދާ އުސޫލު ކަނޑައޭ އަހަރެން އިސްތިއުފާ ދިނީ އެކަންކަމާ އަޑުއުފުލާތީ މެނޭޖްމަންޓުން ހިތްހަމަނުޖިހުނީމަ

  2. ޚޮރަކަލި

    ޙެހެ ކުދިންގެ މެދުގައި އޮންނަ ތަފާތު ކުރުން ނައްތާލުމުގައި ޓިޗަރުން ޒިންމާދާރުވެ ދާދާ ހެދެން ކުދިން ނަށް ފުރުސަތު ނުދީ ދަރި ކުރިއަސް ކޮށްކޮ ކުރިޔަސް ކުށަކީ ކުށެއް

  3. ކަހަނބު0

    ޢިސްލާމް ދީނުގައި ގަނާ ކުރުމާ މެދު ދެކޭ ގޮތް ބުނެދީ އޮށް ޓަރު ހުރި މައުލޫމާތު ދެއްވާ ފިލްމް އާ ވީޑިއޯ ދައްކާއި ގަނާ ކުރުމަކީ ނުރައްކާތެރި ކަމެއްކަން ބުނެދީ

  4. ޣުރާބު

    ގަނާގެޝިކާރަޔަކަށްވި ކިތައްމެ ކުދިންނެއްގެ ކުރިމަގު އަދިނރި ވެފާވާ އެތައް ކުދިންނެއް މިދިވެހި ރާއްޖޭގައި ވެސް އެބަ ތިބި ހިތާމަޔަކީ ގަނާ ކުރުމާ ކުރިމަތިލަން ޖެހޭ ކުދިންގެ ދިފާއުގައި ތެދުވާނެ ޓީޗަރަކު ޕްރިންސިޕަލަކުވެސް ނުވާކަން ގަބޫލު ނުކުރިޔަސް މީ ހަގީގަތް ކުށް ކުރާ ކުދިން އަބަދުވެސް ދިފާއު ކުރަނީ ސި އެޗް އެސްސީ ގެ މެނޭޖްމެންޓަށާ ޓީޗަރުންނަށް ހާއްސަކޮށް ނަތާޝާ މިސް އަށް ހިތުގެ ފުންމިނުން ޝުކުރިއްޔާ އަނިޔަާ ލިބޭ ކުދިން ދިފާއު ކުރައްވާތީ