ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސްެއާ ގުޅިގެން އިންޑިއާގެ ކެރެލާގައި ދިރިއުޅެމުންދާ ދިވެހިން އެސްޓޭޓުގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލް އަށް ރަޖިސްޓްރީވާން އަންގައިފިއެވެ.

ޓްރިވެންޑްރަމުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ސްޓޭޓުގައ ދިރިއުޅެމުން އަންނަ ދިވެހިންގެ ހާލަތު ކައިރިން ދެނެގަތުމަށްޓަކައި، ކޮންސިއުލޭޓް ޖެނެރަލަށް ރަޖިސްޓްރީ ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކޮށްގެން ނުވަތަ (9198477022554+) އަށްގުޅުވައި ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފައެވެ.

ޗައިނާއިން އެނބުރި ކެރެލާ އައި މީހުންގެ ތެރެއިން ބައެއްގެ ގައިން ކޮރޯނާ ވައިރަސްގެ އަލާމަތްތައް ފެނިގެން ޓެސްޓު ހެދިއެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް ބަޔަކު މި ބައްޔަށް ޕޮޒިޓީވްވެފައެއް ނުވެއެވެ.

މި ބައްޔަކީ ކޮރޯނާ ވައިރެސް އާއިލާ އަށް ނިސްބަތްވާ، މުޅިން އަލަށް ޗައިނާއިން ފެނިފައިވާ ބައްޔެއް ކަމަށެވެ. އެގޮތުން ޗައިނާއިން މިހާތަނަށް މި ވައިރެހަށް ޕޮޒިޓިވް ވެފައިވާ އެތައް ބަޔަކު ފެނިފައި ވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވަނީ 50 އަށްވުރެ އިތުރުވެފައެވެ.

ކޮރޯނާވައިރަސް އަދިވެސް ވަރަށް ބާރަށް ފެތުރެމުންދާއިރު ޗައިނާ އިން ވަނީ ޗައިނާގެ ބައެއް ސިޓީތަކުން މީހުން އެހެން ސިޓީތަކަށާއި އެހެން ގައުމުތަކަށް ދަތުރު ކުރެވެން ހުރި ހުރިހާ މަގެއް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެ

    އަނެއްކާާާ އިންޑިޔާގަ ތިބި މީހުންނައް އޮޅުވާލައިގެން ދިވެހި ރައްޔިތު ކަން ބަދަލު ނުކޮއްފިއްޔާ ރަނގަޅު ވަގު ސަރުކާރާ ގެރި މޯދީ ވެގެން

  2. ބަބޫ

    ތިޔައީ ކައުންސިލް އިނތިހާބަށްޖެހި ވައިގަނޑެއް