އަނިޔާވެރިކަމާއި ބަދަލު ހިފުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިސްނުކުރައްވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިމްރާނަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސް ނަޝިދު އިމްރާނަށް ޝުކުރު ދަންނަވާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ޖަލުގެ ހާލަތާއި ގުޅޭގޮތުން އިދިކޮޅުން ފާޅުކުރި ކަންބޮޑުވުންތަކަށް ރައްދުދެއްވައި އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އިމްރާންގެ އެ ޓްވީޓުގައި ވަނީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، މއ. ކާމިނީ ހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ކުރީ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް "ނުހައްގުން" ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.

އިމްރާން މިގޮތަށް ޓްވީޓްކުރައްވާފައި ވަނީ، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވިވާހަކަތަކަކާއި ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް ދެމުން ގެންދާފަދަ އަނިޔާއެއް މި ރާއްޖޭގައި އެމަނިކުފާނުގެ ދައުރުގައި އެއްވެސް މީހަކަށް ދެއްވާފައި ނުވާކަމަށެވެ. އަދި އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ހަށިގަނޑު ހުރީ ހިކި އަނުރޫފަ ވެފައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލަތު ފެނިފައި އޭނާއަށް

"ރައީސް ޔާމީނަކީ ކެއުމަށާއި، އަވަހާރަފުޅު ލެއްޕެވުމަށް އަދި ހެދުން ތުރުކުރެއްވުމަށާއި، ސާފުތާހިރުކޮށް ހުންނެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއް. އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވާ ހާލަތުން ކުރީގެ ރައީސް ޔާމީންހެން ހިއެއްވެސް ނުވޭ. ތުނބުޅިފުޅު ހުރީ ދިގުވެފައި ހަށިގަނޑު ހުރީ ހިކި އަނަރޫފަ ވެފައި. އަޅުގަނޑު އަހާލީމަ ވިދާޅުވީ ފަރިއްކުޅުވުމަށް ލިބިވަޑައިގަންނަވަނީ އަބަދުވެސް އެކައްޗެކޭ، ފެންވެރުމަށް ދައްޗޭ، ތުނބުޅިއެއް ނުބޭލެއޭ" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 19 ނަވާރަ

    މަކުނު ފެނުނަސް މަ ރުޅިގަދަވަނީ

    19
    1
  2. ޑ

    ދެއަނގައިގެ ވެރިޔާ

    21
    2
  3. ކާފަބޭ2020

    ބޭނުންވާވަރަށް އެކަންނުހިގާތީ ޒާތެއްގެ އިންޒާރެއް ތިޔައައީ އެއްޗެއްބުނެފިއްޔާ އެއާދެކޮޅަށްހުރިހާކަ މެއް ކުރާ މީހަކު ތިޔަނޫނީ މިދިވެހިރާއްޖޭގަނުހުންނާނެ! ބޭނުންވަނީ އިންތިޚާބުނި މެންދެން ފަލަސުރުޚީގަ ނަންއޮތުން ދެބޯގެރިދުއްވައިގެންވެސްއެކަން އެބަކުރެވޭދޯ؟

  4. މޯދިީ

    އަސްލު ޝުކުރު އަދާކުރީ ތަފާތު ކުރާތީ!

  5. ކޮބާކަލޭ

    މިހިރަ ކޮޅުފުށީ ބުރާންޗާ މައުމޫނާ ނަސީދާ އިމްރާނައް ހުކުމްކުރީ ރައީސްއޮފީހުންތަ؟

  6. ޗާލު

    ތީ ބަދަލުނުހިފާތީ ބަވާލީކަމަށްވާނީ. އަބަދުވެސް އެލެކްސް ދައްކާވާހަކަ އިކޮޅަށްދާނީ.

  7. Anonymous

    މުނާފިގުންނަކީ މިތިބީ. ދޮގުހެދުން ކަމަކީ. ކަލޭ ތި ޝުކުރު ދެންނެވީ ބަދަލު ހިފާތީ. ކަލޭ މަޖްލިހަށް ގޮސް ކުރިކަމަކީ ކަލޭގެ މައްޗަށް ހުކުމް ކުރި އެންމެން ވަޒީފާއިން ވަކިކުރީ.