ކޮންމެ ފުލުހަކީވެސް ޤައުމީ ވާޖިބު ފުރުހަމަކުރުމުގައި އިޚްލާސްތެރިކަމާއި އެކު އެމީހެއްގެ ހުނަރާއި ޤާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް ޚިދުމަތްކުރާ މީހަކަށް ވާން ޖެހެއެވެ. ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމާއި އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމާއި ރައްޔިތުންނާއި މެދު އިޙްތިރާމާއި ލޯތްބާއިއެކު، އިޙްސާންތެރިވުމަކީ ކޮންމެ ފުލުހެއްގެވެސް މަސްއޫލިއްޔަތެކެވެ. މިއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓުގައިވެސް ހިމެނޭ ކަންކަމެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ފުލުހުންނާއި ދެމެދުގައި އަބަދުވެސް އޮންނަނީ ގާތް ގުޅުމެއްކަމާއި މެދު، އެފަދަ ކަންކަން ތަޖުރިބާކޮށް ދެކެފައިވާ ފަރާތްތަކުން ދެބަހެއް ނުވާނެއެވެ. އިޚްތިރާމާއި އޯގާތެރިކަމާއި އެކުގައި މުޢާމަލާތްކޮށް އެހީތެރިވުމުގައި ދިވެހި ފުލުހުން މީގެ ކުރީންވެސް ވަނީ މުޅި ދިވެހި ޤައުމަށް ނަމޫނާ ދައްކާފައެވެ. އެގޮތުން މިއީވެސް ދިވެހި ފުލުހަކު ދައްކައިދިން އެފަދަ ނަމޫނާއެކެވެ.
އިއްޔެ ހާލުބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީ، ޓްރެފިކް ގެ ސަބަބުން މަގުމަތީގައި ކުރިއަށް ނުގެންދެވި ތާށިވި އެ ކުއްޖާއަށް ފުލުހަކު އެހީތެރިވި މަންޒަރު ގިނަ ބަޔަކަށް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ޓްރެފިކްގެ ސަބަބުން ކުރިއަށް ނުދެވިފައި އޮތް ކާރުގައި ގޮތްހުސްވެފައި ހުރި އެކުއްޖާގެ މަންމަ، އެ ސަރަޙައްދުން ދިޔަ ފުލުސްމީހާގެ ކިބައިން އެހީތެރިކަމަށް އެދުމުން، އޭނާ ވަނީ ވަގުތުން އެކުއްޖާ ކޮނޑުމައްޗަށް ލައިގެން ދުވެފައި އޭޑީކޭއަށް ގެންގޮސްދީފައެވެ.
"ޢެވަގުތު ކާރު ކައިރިން ދިޔަ ޓްރެފިކް ޕޮލިސް މީހެއްގެ އެހީއަށް އެދުމުން، އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ކޮނޑުމައްޗަށް އަޅުގަނޑުގެ ދަރިފުޅު ލައިގެން އެހައި ހިސާބުން ދުވެފައި އޭޑީކޭ އިމަޖެންސީއަށް ގެންގޮސްދިން،" އެކުއްޖާގެ މަންމަ ބުނެފައިވެއެވެ.
އެ ފުލުސްމީހާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރާ ޙާލުގައި ކުއްޖާގެ މަންމަ ބުނެފައިވަނީ، ދުވަހަކުވެސް އެ ފުލުސްމީހާ ކޮށްދިން ކަންތައް ހަނދާނުން ނުނެތޭނެ ކަމަށާއި، އަދި އޭނާގެ ސިފަވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ފެނިއްޖެނަމަވެސް އޭނާ އެނގޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ އަންހެން މީހާ ބުނެފައިވަނީ، ދިވެހި ހުރިހައި ފުލުހުންނަކީ ގޯސްބައެއް ނޫންކަން އިއްޔެގެ ޙާދިސާއިންވެސް އެނގި ސާބިތުވާކަމަށެވެ. އޭނާވަނީ އެ ފުލުސްމީހާއާއި ބައްދަލުކޮށް އާއިލާގެ ފަރާތުން ޝުކުރު އަދާކުރުމަށްޓަކައި، އެ ފުލުސްމީހާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ދިވެހިންނަކީ ޒަމާނުއްސުރެވެސް އެއްބައިވަންތަ، އަޚުވަންތަ ބަޔަކަށް ވީހިނދު، ޒަމާން ބަދަލުވެގެން ދިޔަ ދިއުމުގައި އެ ރިވެތި ސިފަ ދިވެހިންގެ ތެރެއިން ވަނީ ގެއްލިދާން ފަށާފައިކަން ހިތާމައާއި އެކު ފާހަނގަކޮށްލަން ޖެހެއެވެ. ދިވެހި ކާބަފައިން ދައްކުވައިދިން ނަމޫނާގައި ހިފައި އެ އާދަތައް ދިވެހީންގެ ތެރެއިން ފޮހެވިދިޔަ ނުދިނުމަށް މަސައްކަތްކުރާ ފަރާތްތަކުން ދައްކައިދޭ މިފަދަ ނަމޫނާއަކީ ކޮންމެ ދިވެއްސެއްގެ މޫނުމައްޗަށްވެސް ހިނިތުންވުން ގެނެސްދޭނޭ މަންޒަރެއްކަން ގައިމެވެ.
ތިޔައީ ފުލުހުންގެ އަގު ވެއްޓިފައިވާތީ ޕޮލިސްއެކަޑަމީން ރާވައިގެން ފުލުހުންގެ ރަގަޅުކަން ދައްކަން ޖެއްސި ޑްރާމާއެކެވެ
ހަދަ ހަދައިގެން ވާހަކަ ދައްކާ މޮޔަ މީހެއް ތީ.. ޖޭ ބޮކި
ސާބަހޭ ނެގެޓިވްކޮށް ވިސްނަވާތި
ޝައިތާނާ ތިބާގެ މައްޗަށް ގަދަވެފައި ތިވަނީ. އިންސާނިއްޔަތު ކަންވެސް ނެތް.
ފުލުސްމީހާ އެސަލާމަތް ކުރީ ތިޔަބޭފުޅާގެ ދަރިޔަކަށް ވީނަމަ ތިޔަހެން ތިޔަބޭފުޅާގެ ނުބުނުއްވާނެ
އެހެންވީއިރު ތީ އެ ޑްރާމާގެ ޑައިރެކްޓަރ އޯކޭ
މަވެސް ކަލެއައް ސެލިއުޓް ކުރަން
ސާބަހޭ ތިއްތީ ތީ ފިސާރި މީހެެއް
ކޮންމެ ފުލުހަކުވެސް މިހެން އުޅޭނަމަ ކިހާ ސަޅި
ތިޔަ މަންޒަރު ދުށިން. ފުލުސްމީހާ ކުއްޖާ ގެންގޮސް އޭޑީކޭ އަށް ވައްދާތަން ދުށިން. އެކުއްޖާގެ މަންމަ ތަންކޮޅެއް ފަހަތުން އައީ ވަރަަށް ހާސްވެފައި ހުރެގެން. އައީ އަސަރުގަދަ މަންޒަރެއް
ޖޭނުވޭ... ކޮންމެ ފުލަހަކީވެސް ޚިދުމަތްތެރި ފުލުހެއް.ކަލޭމެން ސިޔަސީބޭނުމަށް ފުލުހުންގެ އަގުވައްޓާލަން މަސައްތްކުރަނީ..ފުލުހުންނަށް ލާރި ހުށަހަޅަނީވެސް... ފުލުހުން ބަދުނާމު ކުރަނީވެސް.. އަމިއްލަޔަށް އިސްލާހުވޭ ފުރަަތަމަ
ކޮންމެތާކުވެސް ރަނގަޅުމީހުނާގޯސް މީހުން އުޅޭ.. އެންމެން އެތްގޮތެއް ނުވާނެ..
ދިވެހި ފުލުހުންނަކީ ރަނގަޅު ބައެއް. ފުލުހުން ގޯސްކުރަނީ އިދޮކޮޅު ފަރާތްތަކުން. ރައްޔިތުން ގޯސްކަމެއް ކުރީމަ ފުލުހުން އެކަމެއް ހުއްޓުވައިފިއްޔާ ގޯސްވީ ފުލުސްމީހާ.
ސާބަހޭ ރިއްޕޭ.....ތީ ހަމަ ދިވެހި ދަރިޔެއް...އަބަދުވެސް ތިގޮތުގަ ހުންނާތި......
ފުލުހުން ނަކީގޯސްބައެއްނޫން ފުލުހުންގެ އަގުވައްޓާލީ ރީންދޫބައިގަނޑު
ފުލުހުން ނަށް އެންމެބޮޑައް އެއްޗެހިގޮވާ އަގުވައްޓާލަން މަސައްކަތް ކުރާމީހުން
އެންމެގިނައިން ފުލުހުންގެ އެހީތެރިކަން ހޯދާފަހުރީ މިހާތަނަށް
ދިވެހި ފުލުހުންނަކީ ޤައުމަށް ވަފާތެރި ތެދުވެރިބައެއް. ތީ ޤައުމަށް އިހާނެތި ޤައުމު ފަސާފަ ކުރަންބޭނުންވާ މީހުން ވާހަކަ ދައްކާނެގޮތް. ތިޔަކަހަލަ މީހުނަށް އެއްވެސް މީހަކު ކޮށްދޭ އެއްވެސް ކަމެއް ބަލައިނުގަނަވޭނެ. ތިޔަކަހަލަ މީހުން ޤައުމުގަ އުލުމަކީ ޤައުމުގެ ހަލާކު
ސާބަހޭ ދިވެހި ޕޮލިހުންނަށް.. އަމް ޕްރައުޑް އޮފް ޔޫ އޯލް
ރަންގަޅުމީހުންވެސް ތިބޭ އެކަމަކު ގިނައީގޯސްމީހުން