ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި މެދު ކަންތައް ކުރަމުން ގެންދަނީ ވަރަށް އިހުސާންތެރިކަމާއެކު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އެންމެ ބޮޑު އަނިޔާއެއް ކުރީ ސަރުކާރުން ދިނީ އަނބިދަރިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ، ރައީސް ޔާމީން، އެބޭފުޅުންނާއި މެދު ކޮންމެ ގޮތަކަށް ކަންކުރެއްވި ނަމަވެސް އެބޭފުޅުން ކަން ކުރަމުން ގެންދަނީ ވަރަށް އިހުސާންތެރިކަމާއި އެކުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ނުދޭ ފުރުސަތު އެމަނިކުފާނަށް ދޭކަން ޙުދު އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާނެ" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިގޮތަށް ވިދާޅުއިރު، ދާދި ފަހުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވަނީ ރައީސް ޔާމީނަށް ދެމުން ގެންދާފަދަ އަނިޔާއެއް މި ރާއްޖޭގައި އެމަނިކުފާނުގެ ދައުރުގައި އެއްވެސް މީހަކަށް ދެއްވާފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދުރޭ ވަނީ، ރައީސް ޔާމީންގެ ހަށިގަނޑު ހުރީ ހިކި އަނުރޫފަ ވެފައި ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ހާލަތު ފެނިފައި އޭނާއަށް ރޮވޭ ގޮތްވިކަމަށް ވިދާޅުވެފައެވެ.

"ރައީސް ޔާމީނަކީ ކެއުމަށާއި، އަވަހާރަފުޅު ލެއްޕެވުމަށް އަދި ހެދުން ތުރުކުރެއްވުމަށާއި، ސާފުތާހިރުކޮށް ހުންނެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއް. އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވާ ހާލަތުން ކުރީގެ ރައީސް ޔާމީންހެން ހިއެއްވެސް ނުވޭ. ތުނބުޅިފުޅު ހުރީ ދިގުވެފައި ހަށިގަނޑު ހުރީ ހިކި އަނަރޫފަ ވެފައި. އަޅުގަނޑު އަހާލީމަ ވިދާޅުވީ ފަރިއްކުޅުވުމަށް ލިބިވަޑައިގަންނަވަނީ އަބަދުވެސް އެކައްޗެކޭ، ފެންވެރުމަށް ދައްޗޭ، ތުނބުޅިއެއް ނުބޭލެއޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަތައް ހޯމް މިނިސްޓްރީން ވަނީ މިއަދު ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފަހަރި

    ތެދުވެރިކަމެއްނެތް މީހަކަށް ކޮން އިހްސާން ތެރިކަމެއް ކަލެއަށް ދެވޭނީ

    63
    3
  2. ޗާލު

    ކައިވެނީގެ ސެޓްފިކެޓް ދެއްކުންތޯ ތަފާތުކަމަކަށް އިމްރާނަށް ކުރަން ފެނުނުކަމަކީ. ޖެއްސުންކުރިޔަސް ތީބޮޑުވަރު. ޔާމީނަކީ މިގައުމުދެކެ އެންމެލޯބިވި ރައީސް. ދެންތިބީ މިގައުމު އެމީހުންނަށް ކޮށްދެނީ ކޮންކަމެއްތޯ ކިހާވަރަކަށް ޚަޒާނާއިން ފައިސާ ނެގިދާނެތޯ ވިސްނާމީހުން. އެކަމުގެ ހެއްކެއް އިބޫގެ ބޭރުގެ ދަތުރަށް އެކަނިވެސް 4 މިލިޔަން ރުފިޔާ.

    67
    2
  3. މުފައްކިރު

    ޔާމީންގެ އަނބިކަނބަލުން ނަށް ކައިވެނީގެ ސެޓްފިކެޓް އަސްލު ދައްކާގެން ނޫނީ ޔާމީނާ ބައްދަލު ނުކުރެވޭކަން މީޑިޔާ އަށް ހާމަވުމުން އެބުނާ އިޙުސާން ތެރިކަން ވަރަށް ރަގަޅަށް އެގޭ.

    70
    2
  4. ސާނާ

    އަފުރާޝީމްއާބެހޭގޮތުން ދެފަހަރު ދެގޮތަށް ރައްޔިތުންނާ މުޚާތަބުކޮށް ހުސްދޮގުހެދި މީހަކަށް ކޮން އިޙްސާތެރިއެއް ވެވޭނީ ރަނގަޅަށްވިއްޔާ މިހާރުވެސް އެހަދަނީ ހުސްދޮގު

    70
    1
  5. ޙައްގުބަސް

    އިސްތިއުފާދީ ކަލޭ!! ދޮގުވެރިއެއްތީ!! ކަލޭ ހެދި ދޮގުތައް އެހެރީ ފެންނަން!! މުޒާހަރާއެއްގެތެރޭ ފާޑެއްގެ ލިއުންތަކެއް ދައްކާފަ މިހިރީ ކިތާބީ ހެއްކޭ ކިޔާފަ!! ދޮގުވެރިއެއް!! ކަލޭތީ ދުނިޔެއާހެދި ހޭބަލިވާ މީހެއް!! މެލޭޝިއާއިން އެޕާޓްމަންޓްގަތީ ކާކުދިން ފައިސާއަކަށް!! ވައްކަންކުރާ ބައެއްތީ!! ބޭކާރު ޚަރަދުކޮށް ފައިސާ ހުސްކުރަނީ!! އެމެރިކާއަށް ފާޑެއްގެ ތަގްރީރެއްކުރަން 4.2 މިލިޔަން ރުފިޔާ ބޭކާރު ޚަރަދުކުރި ބައެކޭ ކަލޭމެންތީ!! ހުރިހާ އެންމެން ވައްކަމޭ ތިކުރަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން!! އިންޑިޔާ ގައުމު ވިއްކާލައިގެން އުޅޭ ބަގައޭތީ!! ދެން ކޮންވާހަކައެއް ދައްކާކަށް!! ފެއްސޭ ކަލޭމެން! ދިވެހިން ކަލޭމެނަށް ނަފްރަތުކުރޭ އިންތިހާއަށް!! އެއީ ބޮޑެތި ބުހުތާން ދޮގުމައްޗަށް ދޮގުހަދައިގެން ވެރިކަން ފޭރިގަނެގެން އުޅޭތީ!! އިސްތިއުފާ ކަލޭމެން އެންމެން!!

    41
    2
  6. އަހުމަދު

    ލަދުހަޔާތުގެ ކަން ފުޅެއްވެސްނެތީޔޭދޯ މި ސޭކު އިމްރާނުގެ ބަލަ އިހުސާންތެރިކަމުންތޯ ރައީސްޔާމީނުގެ އަނބިކަބަލުން ރައީސްޔާމީނާ ބައްދަލް ކުރެވޭނީ ކައިވެނި ސެޓް ފިކެޓް ހުށައަޅައިގެންކަމައް އެންގީ ނުވަތަ މަނިކު ފާނުވެސް އަނބިކަބަލުންނާ ރޭކުރައްވަނީ ސެޓް ފިކެޓް އަނބިކަނބަލުންނައް ދައްކާ ފަތޯ ؟؟؟؟؟؟؟؟؟

    62
    3
  7. އަބޫ

    ކޮޅުފުށި އިމްރާނަކީ ހަފަރާތަށް ހަ އަނގަ ހުންނަ މީހެއް.

    57
    2
  8. މަރީ

    ރައީސް ގެ މިހާރުގެ ހާލަތު އަދުރޭ އެ ވިދާޅުވީ.
    އިމުރާނު އަކީ މަކަރުވެރިއެއް

    45
  9. މުނާފިޤުންގެސިފަ

    ކަލޯ އިމްރާން މާތްﷲ ގަންދީ ހުވަކޮއްފަ ކަލޭ ބުނީ ކީކޭތަ ހަނދާން އެބަހުރިތަ އިސްލާމް ދީން ނަށްތާލަން އުޅޭ ކެނެރީގޭ މުހައްމަދު ނަޝީދު ފަހަތުން ދާނީ އިސްލާމްދީން ނައްތާލާ ން އުޅޭ މީހުންތަ
    މާތްﷲ ގަންދީ ހުވާކޮއްފަ އިމްރާން ހެދީ ދޮގެތަ ތެދެއްތަ އިލާމްދީ ނަށްތާލަން ނަޝީދު ފަހަތުން ދިޔައީ ކޮންބައެއްތަ ދިޔައީ ކޮންބައެއްތަ ތިއީ ހަމަ އެއިމްރާނު ތަ ނޫނީ މުނާފިފެއްތަ

    37
  10. ފަހަރި

    އިމްރާ ޑޮކްޓަރ އަފުރާޝީމް މަރާލީ ކާކުތަ ކެނެރީގޭ ނަޝީދު ފަހަތުންދަނީ އިސްލާމްދީން ނަށްތާލާން ދާމީހުންތަ

    43
  11. އުތުރުން

    ރ ޔާމީނަށް އިންސާނީ ހައްގުތަކާއި ރައީސެއްގެ ހައްގުތަށް
    ފުރިހަމައށް ލިބިދެވޭ ގޮތަށް ކަންކަން ހަމަޖެއްސުމަށާއި އަނިޔާވެރި ނުވުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ.

    39
  12. ފަހަރި

    އިހްސާންތެރިކަން އެނގިގެންތާ އިހްސާންތެރި ވެވޭނީ.

    39
    1
  13. ހަސަންކޮއި

    ކަލޭތެދެއްނަހަދާނެ

    32
  14. ސޭކު

    ކަލޭ ޖަލުގަ ގަނަ ނުތަޅުވާނެ ގޮތަކީ ނެތް ގޮތެއް! މިހާރު ތިކުރާ ކަންތަށް ކަލޭވެސް ދެކޭނެ މިއަށްވުރެ ހިތިކޮށް ބަދަލު ހިފޭނެ.

    33
  15. ފަހަރި

    އޭނަ ނުހަނދާނެ ތެދެއް އޭނަ މިނާނާޅީން މިނަން އެހެން މީހުނަށް ވެސް މިނަން އެ ގޭކަން އިމްރާނަށް އަންގާ ލަންވާނެ މާގިނަ ދުވަހަކު ދެންއެހެން ނެތް ނީދެވޭނެ!

    27
  16. އަހުމަދު

    ސޭކު އިމްރާނުތީ މިގައުމު ހަލާކުކޮއް ސުންނާފަތި ކުރަން އެއުޅޭ ލާދީނީ ބަައިގަނޑާ ބައިއަތުހިފައިގެން އުޅޭ ފައްކާ މުނާފިގެއް ތީ މީހަކައް ކީއްކުރަން ޖަނަވާރަކައްވެސް އިހުސާންތެރި ވެވޭނީ ތިމާގެގައިގާ އީމާންތެރި ކަމެއް ހުރެގެންނު ބަލަ އަހަރުމެން ތިބިތަނެއްގަޔޭ ދެކަމު އެއްފަހަރާ ހާޖަތައްދެވޭވަރައް އަޑުގެނެއްތަނައް ހަޅޭއްލެވީ ކެނެރީގޭ ނަސީދުއައް އެހީތެރިވާނީ މިރާއްޖެއިން މާތްވެގެންވާ އިސްލާމްދީން ނައްތާލަން މަސައްކަތްކުރާމީހުނޭ މިހާރު ތިޔަސޭކު ތިޔައުޅުއްވަނީ އެ ނަސީދުގެ ފަސްބައިގަ އެލިގަނެގެން ނުނެއްޓިގެންނޫންތޯ އެބައިގަނޑު އިސްލާމްދީނައް ފުރައްސާރަކޮއް ކީރިތިރަސޫލާﷺ އައް ހަޖޫޖަހާހެދިއިރު ޗުއްޕުވެސް ބުނަންނުކެރުނު މުނާފިގެއްތީ ކޮން އިހުސާންތެރިކަމެއް ގެވާހަކަ ތިދައްކަނީ ލަދުހަޔާތްކޮބާ ސޭހެއްގެޓެގު އަޅައިގެންހުރި ފައްކާ ޖާހިލެއްތީ

    27
  17. Anonymous

    އިންސާނަކު ވަގަށްނަގައި ނިޒާމުން ގެއްލުވާލުމަކީ، އިންޓަރނޭޝަނަލް ލޯގައި އެކުށަށް މަޢާފުނުދެވޭ އަދި މަޢާފު ދޭ މީހުންވެސް ކުށްވެރިވާ ކުށެއް. އެކުށް ކުރިމީހާއަކީވެސް ދިވެހި ގައުމުގެ ވެރިކަން ކުރިމީހަކަށްވުމުން. ދިވެހި ގައުމުގެ ޝަރަފުގައި އޭނާގެ ނަމުގެ ކުރިއަށް "ރައީސް" ލައިގެން ދިވެހިން ކިޔަނީ އޭނާއަކީ ގައުމުގެ ޝަރަފެއް ކަމުގައިވާ ރައީސްކަން ކުރިމީހަކަށްވުމުން. ދިވެހިންގެ މަތިވެރި އަޚްލާޤާއި އުޅުމުން. މުސްލިމުންގެ އަޙްލާޤް ހުރުމުން.

    5
    1
  18. Anonymous

    ގައުމުތަކުގައި ވެރިކަން ކުރާ މީހުންނަށް ލިބޭ ހުރިހާ އިނާޔަތެއް ރައީސް ޔާމީނަށްވެސް ލިބެންޖެހޭނެ. އެއީ އިމްރާން އިހްސާންތެރިވުމެއްނޫން. ކަލޭ އިހްސާންތެރި ތިބޭނުންކުރީ ކަލެއަށް ކަންކުރިމަގުން ކުރުމަށްކަން އެނގޭ.. ކަލޭ މާސިންގާ މުޒާހަރާގައި ވެރިކަން ވައްޓަންގޮވާ އަދި ރައީސް ޔާމީނަކީ މަރްހޫމް ޑރ އަފްރާޝީމްގެ ގާތިލޭ ބުނެ ހަޅޭއްލެވި ހަނދާނެއްނެތްތަ؟ ފުލުހުންނަށް އަނިޔާކުރީ ކަލޭގެ މޭސްތިރިކަމުގައި ކުރި މުޒާހަރާގައިކަން ހަނދާނެއްތަ؟ ކަލޭ ފުލުުހުންގެ އިދާރާއަށް ގޮސް ތިމަންނާ ހުރިހާ ކަމަކާ ޒިންމާވާނެކަމަށް މީޑިޔާގެ ކުރިމަތީގައި ބުނި ހަނދާނެއްނެތްތަ؟ މޭޑޭގެ ރޭގަނޑު 10 ޖަހާއިރު ރައީސް ޔާމީން މަގާމުން ދުރުކުރާނެކަމަށް މީޑިޔާގަ ބުނިހަނދާނެއްނެތްތަ؟ ހުރިގޮތަށް ހުރި އިބިލީހެއް ތިއީ. ﷲ ލައުނަތްލައްވާނީ ތިކަހަލަ މުނާފިގުންނަށް.

    10
  19. މޫސާމަނިކް

    ކެއްކުރައްވާރ.ޔާމިން ވަރައްއަވަހައް އިންސާފްލިބޭނެ

    11
    • Anonymous

      އިންޝާﷲ. އަހަރެެންގެ ނަމާދުގައި ރައީސް ޔާމީނަށް ހެޔޮދުޢާކުރަން. އަދި އަނިޔާވެރިންގެ ނިމުން ހިތިކުރެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދަންނަވަން. ޔާ އިލާހު މިނުލަފާ ދެމޫނުގެވެރިން އިބައިލާހު މޮޅަށް ދެނެވޮޑިގެންވާ. މިބައިމީހުންގެ ނުބައިކަމުގައި ދެމިތިބޭނަމަ މިބައިމީހުން ހަލާކުކުރައްވާނދޭވެ.. އާމީން. ޔާރައްބަލްޢާލަމީން.

  20. ލައިލާ

    ތަރައްގީގެރ.ޔާމިން މިހާރުންމިހާރައްދޫކޮއްލާ ކިބުލާ

    13