ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ 49 އަހަރުގެ މީހެކެވެ.

ފުލުހުން ވިދާޅުވީ، ހާލު ދެރަވެގެން އައިޖީއެމްއެޗް އަށް ގެންދިޔަ ފިރިހެނަކު ނިޔާވެފައިވާކަމަށް ފުލުހުންނަށް މިއަދު ހަވީރު 16:23 ހާއިރު މައުލުމާތު ލިބިފައިވާ ކަމށެވެ.

އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުުހުން ވިދާޅުވިއެވެ.

އެ މީހާއަކީ ކޮން ކަހަލަ ސިއްހީ މައްސަލައެއްގައި އެ ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި މައްސަލަ ބަލަމުންދަނީ ހޮސްޕިޓަލްގެ އިހުމާލެއް އޮވެގެން ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ކަށަވަރުކޮށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. .......

    ސުބުހާނައްﷲ....ރަހުމަތް ލިބި ލިބި އޮވެފަ ކެނޑިގެން ގޮސްފިކަން ވިސްނާލުމުން ޔަގީންވާނެ އެވެ...
    " ކުއްލި މަރުތައް ގިނަވުމާއި މޫސުން ގޯސްވުން ދެމިގެން ދިއުމާއި ކަނޑުވުން އާންމު ވުމާއި މީހުން ގެއްލުމާއި އިގްތިސާދީ ވެއްޓުންތަކާއި އޮޑިދޯނިފަހަރަށް ނުރައްކާތެރި ތަނަކަށް ކަނޑު ބަދަލު ވުމާއި އަލިފާނުގެ ބޮޑެތި ހާދިޘާތައް ހިނގާދާ ކަމީ ކުރިން މިގައުމުގައި މިހާ އާންމުކޮށް ހިނގާ ކަން ކަމެއް ނޫންކަން ކޮންމެ ދިވެއްސަކަށްވެސް އެނގޭނެއެވެ...ސަބަބަކީ އޭރު ﷲ ގެ ރަހުމަތުގެ ތެރެއިން ރައްކާތެރިކަމެއް ލިބިފައިވާތީ އެވެ...ނަމަވެސް ކުއްލިއަކަށް މިކަން ބަދަލުވެ ދިޔައީ ހައިރާން ކުރުވަމުން ނެވެ...އެއީ ކީއްވެގެންކަންވެސް ހާމަވެ ފެންނަން މިއޮތީ ދުވާލުގެ އިރުފަދައިންނެވެ...ވިސްނާފިކުރު ކުރާށެވެ... ﷲ ގެ ކޯފާތަކަށް ބިރުވެތިވާށެވެ...

    89
    1
  2. ޝާހް، ރ.ވާދޫ

    ކޮންމެކަމެއްވެސް ސިއްރުކުރެވޭތޯބަލާ. ނިޔާވިކަން އެނގޭއިރު ނިޔާވީ ކޮންކަހަލަ ބައްޔެއްގަ ކަމެއް ނުބުނެދެވޭ. މުސީބާތެއްކަހަލަ ސަރުކާރެއް ގެނައި ދިވެހިންނަށް މިޔޮތީ 5 އަހަރުގެ ބޮޑުވެގެންވާ މުސީބާތަކާ ކުރިމަތިވެފަ.

    53
    4
  3. ދިވެއްސެއް

    ނަން ހާމަކޮށްލިނަމަ ރިޕޯޓް ފުރިހަމަވީސް

    17
    1
    • Anonymous

      ބަލީގެ ނަން* (ބައްޔަކާ ހެދި ނަމަ) ނޫނީ މަރުގެ ސަބަބު (ލަފާކުރެވޭގޮތަކަށް ވިޔަސް)

  4. އަލް މަހްޖޫރު

    މިއީ ސީދާ ސަރުކާރު ހޮސްޕިޓަލްގެ އިހުމާލެއް.. ހޮސްޕިޓަލްއަށް ގެންގޮސް އެތަށް އިރެށް ވީއިރު އަޅާނުލެވެވުން "އިސްމާލު" ނިޔާވީ..

    17
    2
  5. Anonymous

    ކަރަންޓީން ކުރި ޗައިނާ މީހާބާ އަނެއްކާ؟

    11
    1
  6. ޢަލީ ޢަލީ

    އަލައްތަ!!!!!!

    7
    1
  7. ސަލީމު

    އެއީ އިސްމާއީލްބޭ! އެތަނަށް ގެންގޮސް ގަޑިއިރުވީއިރުވެސް ޑޮކްޓަރެއް ނާދޭ!

  8. Anonymous

    ފުލުހުން ބަލަނީ ކޮންމައްސަލެއްކަން ސާފުކޮށް ބުނެދެވެން ވާނެ، އެހެން ނުވާނަމަ އާަންމު ރައްޔިތުމީހާގެ ކަންބޮޑުވުން އިތުރުވުން ނޫން ކަމެއްނެތެނު، މުވައްސަސާތަކާ މެދު ރއްިޔިތުންގެ އިތުބާރުގެއްލެނީ މިކަހަލަ ކަންތައްތަކުގެ ސަބަބުން.

  9. ޙަސަނު

    ވިސްނާ ފިކުރު ކުރާ ބައަކަށް އެނގޭނެ މި ލާދީނީ ވެރިކަން އައި ފަހުން ވ ބޮޑު ނުކިއްސަރު ބަދަލެއް އައިސް ގޯހުން ގޯހުން ކަންތައްތަކެއް ހިނގަމުންދާކަން ، ސުބްޙާނަﷲ