މީހުން ތިބި ސްރީލަންކާ ބޯޓެއް އިންޖީނު ހުއްޓިގެން އޮޔާ ދާތީ ސިފައިން އެ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސް ބޯޓު އޮޔާ ދަނީ ދިއްފުއްޓާއި ދިމާލު ބޭރުންނެވެ. އެ ބޯޓުގައި ހަ މީހަކު އެބަތިއްބެވެ. އެ ބޯޓު ހާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އެ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި އެ މައުލޫމާތު އެމްއެންޑިއެފްގެ ކޯސްޓްގާޑުގެ އެމްއާރްސީސީއަށް ލިބިފައި ވަނީ، ޖެނުއަރީ 23 ވަނަ ދުވަހުގެ ހަވީރު 17:00 ހާއިރު ކަމަށް އެމްއެންޑިއެފް އިން ވިދާޅުވިއެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އިން ދިޔައީ އެ ބޯޓު މޮނީޓަރ ކުރަމުން ކަމަށާއި، އަދި އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެެމްއެންޑީއެފްގެ ލޯންޗް ނޫރައްދީން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެންޕޭން ސްޓަފްސް

    އަނެއް ޓަނު

  2. އަނދިރި އަނިދިރިން

    އަޖައިބުހީވޭ ލަންކާގެ މަސްބޯޓެ ދިއް ފުއްޓާދިމާއިން އޮޔާދާންވީ ކީއްވެ...ދިއް ފުށި އޮންނަނީ ލަންކާ ކަނޑުއޮޅީގަތަ...މަސްކަނޑުތައް ހިމާޔަތްކުރަން އައި ސަރުކާރުއައި ފަހުން ބޭރުގެ މަސްބޯޓުތައް އރކަންޏެނޫން އަންނަނީ ބުއްދާއިންވެސް ރާއްޖޭގެ ގޮނޑުދޮއްތަކަށް ލައްގަނީ...

    11
    2
  3. ގުންޑާ

    އެއީ އޮޔާ ދާއެއްޗެއް ނޫން ޝައްކުވާއެއްޗެހި އެތެރެ ކުރާއެއްޗެއް އެއީ އޮޔާ ވަޔާއޭ ކިޔާނެ ކަމެއްނެތް ރައީސްޔާމީން ވެރިކަ މުގައި އެކަންތައް ނުކުރެވޭތީ ރީނދޫ ގުންޑާތައް ވެރިކަން ފޭރިގަތީވެސް އެކަން ތައްކުރާންވެގެން އެއާ ނުލާ އެގުންޑާތަކަކަށް ނޫޅެވޭނެ އެއިން ވިޔަފާރިކޮއްގެން ގުންޑާތައް ކާންބޯން ލާރިހޯދަނީވެސް

    1
    1
  4. ވޮޗު

    ތިވާނީ ލަންކާއިން މާލެއަށް ދިން ކުދިންކޮޅަކާއި ބޯޓަކައް