ކުޑަކުދިން ތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ފުލުހުންނަށް ހުށަހެޅުނު ނަމަވެސް އެ ހާދިސާއެއް ހިނގި ރަށެއް ފުލުހުން ކުރިން ހާމައެއް ނުކުރެއެވެ. ނަމަވެސް މިރޭ ފުލުހުން ވަނީ އެ ހާދިސާ ހިނގި އަތޮޅާއި ރަށްވެސް ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވީ މިހިނގާ ޖެނުއަރީ މަހުގެ އެކިދުވަސްމަތިން ކުޑަކުދިން ތަކަކަށް 60 އަހަރުގެ ދިވެހި ފިރެހެނަކު ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު އިރުއޮއްސި 6:10 ގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އުމުރުން ދުވަސްވީ މީހަކު ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި ހާދިސާ ހިނގި ރަށް ފުލުހުން ހާމަކުރި ނަމަވެސް އެރަށުގެ މައުލޫމާތު ހާމަނުކުރަން "ވަގުތު" އިން ވަނީ ނިންމާފައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. dhonbeybe

    Allah ah biruvethiveyyy.. mireyves thibaa nidhaadhafa ovva maru athuvedhaane...

    30
  2. ތަރިކަ

    މިކަހަލަ މެެހުނގެ ވާހަކަ ސިއްރު ކުރުމަކީ އެކަން ކުރާ މީހުނަށް ދެވޭ ހިތްވަރެއް.

    13
    2
  3. ސީނު

    އަބަދުވެސް ހިނގާކަމެއް..ރިޕޯރޓްކުރާނެ ގޮތްނޭނގޭތީ ނުކުރަނީ

    16
    1