ޖިންސީ އަނިޔާ އާއި ފުރައްސާރަ ލިބޭ ކުދިންގެ ވަނަވަރު ހާމަވެދާނެ ގޮތަކަށް ފުލުހުން މިރޭ މައުލޫމާތު ހާމަކޮށް ކުޑަކުދިންތަކެއްގެ ކަރާމާތައް އުނިކަން އަތުވެދާނެ ފަދަ އަމަލެއްކޮށްފިއެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި އުމުރުން 60 އަހަރުގެ ފިރިހެނަކު ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގެ މައުލޫމާތު ހާމަކުރަމުން ފުލުހުން މިރޭ ވަނީ އެހާދިސާ ހިނގި އަތޮޅާއި ރަށް ވެސް ހާމަކޮށްފައެވެ.

މިމައުލޫމާތު ފުލުހުން ހާމަކޮށްފައި ވަނީ ބައެއް މީޑިއާތަކާއި މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ މީޑިއާ އިން ބޭނުންކުރާ "ވަޓްސްއެޕް" ގްރޫޕްގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ހާދިސާއެއް ހިނގި ރަށް ފުލުހުން މިރޭ އާއްމު ކުރިއިރު މިއީ ފުލުހުން ފަހަކަށް އައިސް އަމަލު ކުރަމުން އަންނަ އުސޫލާއި ވެސް ހިލާފު ކަމެކެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުންގެ މީޑިއާ "ވަޓްސްއެޕް" ގްރޫޕަށް ފޮނުވި މެސެޖެއްގައި ވެސް ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ހާދިސާ ހިނގި ރަށް ހާމަނުކުރާ ކަމަށް ވިދާޅުވެފައި ވެއެވެ.

އުމުރުން ދުވަސްވީ މީހަކު ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި ހާދިސާ ހިނގި ރަށް ފުލުހުން ހާމަކުރި ނަމަވެސް އެރަށުގެ މައުލޫމާތު ހާމަނުކުރަން "ވަގުތު" އިން ވަނީ ނިންމާފައެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުން ހައްޔަރު ނުކުރާތީ އާއި އަދި ހައްޔަރު ކުރާ މީހުން ވެސް މާއަވަހަށް ދޫކޮށްލާތީ ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބްރޯ

    ކޮންމެ ދުވަހެއްގެ ހަވީރު ބީޗް ގަ ހަޅެއްލަވަ ބަޔަކު އެކުރަނީ ކޮންބަޔަކަށް އަޑު އިއްވަންތަ؟ބަލަގަ އެއީ އިސްލާމްދިނުގަ ނަހީކުރައްވާފަ އޮތްކަމެއް .މީހުން ކުރާ ނުބައިކަންކަމުގެ ވާހަކަ އާއްމުކޮށް ހަޅޭއްލެވުން އެއީ އެކަންކުރާމީހާ އެކުރާކަމަށް ވުރެ ނުބައިކަމެއް . ނުބައިވަނި އެކަމުގެ ސަބަބުން ނުބައިކަން އިސްތިހާރުވާތީ

    16
    8
  2. ޢަލީ

    ޢެމީހުން ހާމަކުރިޔަސް ކަލޭމެން އެ މައުލޫމާތު ހާމަނުކުރޭ. ޢޭރުން އެކަން އެނިމުނީ

    18
    3
  3. ޒެން

    މޮޔާ ވީތާ

    9
    2
  4. ހާމަ

    ފުލުހުން ތިމައުލޫމާތު ހާމަކުރިއިރު ތިބީ ހަމައިގަތަ ފުލުހުން ވެސް ވާނުވާގައި

    21
    1
  5. ޢަލި

    ސިފައިން ހައްޔަރުކުރަންވީ ރައްޔިތުން ނިކުމެ

    17
    6
  6. ޢެސްކޮބާ

    ޥަގުތު ނޫސް މީހުންނަށް ކީއްވެ އަހަރުމެން ޖަހާ ކޮމެންޓް ޕަބްލިޝް ކުރަން ނުކެރެނީ. ޖިންސީ ގޯނާ ކުރާ މީހުންގެ ވަނަވަރާ މައުލޫމާތު އާއްމު ނުކުރީމަވެސް ގޯސްވަނީ ސަރުކާރާ ފުލުހުން. އެފަދަ މީހުންގެ ރަށާ ވަނަވަރާ މަޢުލޫމާތު ޢާއްމު ކުރަން ޖެހޭ. އެކަހަލަ ޖަނަވާރުން އަދިވެސް ވީ ރައްކާތެރިކޮށް ފޮރުވަންތަ؟ އެމީހުންގެ މައުލޫމާތު ޢާއްމު ކުރިޔަސް ގޯނާ ލިބުނު ކުދިން ބޭޒާރެއް ނުވާނެ.

    30
    6
  7. އައިމިނަތު

    ކީއްކުރަން ހާމަކުރަނީ ދޯ. ބޭނުންވަނީ އެމީހުން ހިމާޔަތް ކުރަން ވިއްޔަ. ރޭޕު ކުރިޔަސް މެރިޔަސް، ކޮންމެ އެއްޗެއް ދެއްކިޔަސް އެއީ ކާކު ކަން އެގިގެން ކަަޑަވާނެ. ދެވަނަ ފަހަރު ކުއްޖަކާ ބެހިލެވޭނެ އެއްނު އެހެން މީހުނަށް ކާކު ކަން ނޭގެންޔާ... ޕޮލިހުން ކަޑަ ކަމެއް ތި ކުރީ... އެމީހުން ބޭޒާރު ނުކުރެބަލަ. ސިއްރު ކޮއްބަލަ. އެކުދިންނަށް އެމީހުން ކިޔާާ ދޭ ހެން. ދެވަނަ ފުރުސަތެއް ތަނަވަސް ކޮއްދީބަލަ ހެޔޮނުވާނެ. އެމީހުންގެ އާއިލާ މީހުން ލަދު ގައްނާނެ. އެކުދިންނާ މެދު ނުވިސްނާ.