މެދުރާއްޖެތެރޭގެ ރަށެއްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ސްކޫލު ޓީޗަރަކު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

މެދުރާއްޖެތެރޭގެ އަތޮޅުވެރިކަން ކުރާ ރަށެއްގެ އަތޮޅުތައުލީމީ މަރުކަޒުގައި މަސައްކަތްކުރާ އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވަނީ އެ ސުކޫލުގެ އުމުރުން ސަތާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައެވެ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެމިސްޓްރީ ކިޔަވައިދޭ އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވަނީ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ސުކޫލުގެ ގުރޭޑް 12 ގައި ތައުލީމީ ހާސިލްކުރަމުންދާ އެކުއްޖާ އަށް ޓީޗަރު ޖިންސީ ގޯނާކުރިކަން ފަޅާއަރައިފައި ވަނީ އެވާހަކަ އެކުއްޖާގެ ބައްޕަ ގާތުގައި ބުނުމުންނެވެ. ޢެ ހާދިސާ ހިނގި ރަށުން "ވަގުތު"އާ ވާހަކަ ދެއްކި މީހަކު ބުނީ ޓީޗަރު އެކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ވަނީ އެކުއްޖާގެ އަށް ޓިއުޝަން ދޭން އެ ގެއަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.

"ޓިއުޝަން ދޭން އެގެއަށް ގޮސް އުޅުމުގެ ތެރޭގައި އެކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެކުއްޖާ ވަނީ ސުކޫލަށް ބަޔާންދީފައި، އެޓީޗަރު ސަސްޕެންޑްކޮށްފައިވަނީ އެމައްސަލަ ސުކޫލުން ބަލަމުންދާތީ" ވަގުތު އާއި އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ވަނީ މި މައްސަލައާއި ގުޅިގެން މައްސަލައެއް ރިޕޯޓް ކޮށްފައިވާކަން "ވަގުތަ"ށް ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ރަށުން އަދި ގައުމުން ވެސް ބޭރު ކުރަން ވީ އެވެ.

    10
    1
  2. ސަމާ މާލެ

    ކޮބައިތަ ޖެންޑާ މިނިސްޓަރ ސީދައިތަ.

    2
    2
  3. ޯކަމަނަ

    އަދި އެ ބެހުނު ކުއްޖާ އަކީ އޭނަގެ ބޮޑު ބޭބެގެ ދަރިއެއް! ހަޔާތް ކުޑަ ކަން އިންތިހާ!

    3
    2
  4. އޭނާ

    އަހަރެން ވަރައް ރަނގަޅަށް ދަންނަށް މި ޓީޗަރު. އެކުގަ އެއް ގެއެއްގަ ދިރިވެސް އުޅުނިން. މިކަހަލަ އަމަލެއް އޭނަ ހިންގަފާނެ އެކޭ ނުދަންނަވާނަން.
    ތިރަށަކީ ހަސަދަވެރިކަން ބޮޑުރަށެއް. އޭނަ ކުރިއަރައިންދާތަން ފެނުމުން ހަސަދަވެރިއަކު އަޑީގަ ހުރެގެން ހިންގި ޖަރީމާއަކަށްވެސް ވުން އެކަށިގެންވޭ.

    2
    3