މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގ ބައެއް ދަރިވަރުންނަށް މިދިޔަ އަހަރުގެ ފަހު ސެމިސްޓަރގެ ނަތީޖާ، ނުލިބި ލަސްވާތީ އެ ދަރިވަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ދަރިވަރުން، އިމްތިހާން ހަދާފައި ވަނީ މިދިޔަ ޑީސެމްބަރު މަހުގެ 1އިން 12 އާއި ދެމެދުގައެވެ. އަދި އެ ކުދިންގެ ތެރެއިން ފާސް ނުވާ ކުއްޖަކު ހުރެއްޖެ ނަމަ، އެ ފާސް ނުވާ މާއްދާއަކުން ރީޓެސްޓް ހެދުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 2 އާއި 6އާއި ދެމެދުގައެވެ.

އެހެންކަމުން ރީޓެސްޓް ހެދުމަށް ދީފައިވާ ތާރީޚު ބޯމަތި ވި އިރުވެސް، ނަތީޖާ ނުލިބުމުން ދަރިވަރުން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ވަގުތު" އާއި ވާހަކަދެއްކި ދަރިވަރަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ، އިމްތިހާންގެ ނަތީޖާ ނުލިބި ލަސްވެފައިވާ އިރު ޔުނިވަސިޓީން ދޭނެ ޖެހޭ ސަމާލުކަން އެކަމަށް ދެމުން ނުދާ ކަމަށެވެ.

"ޔުނިވަސިޓީން އެއްޗެކޭ ނުބުނޭ. ލެކްޗަރަރ ފޯނެއް ނުނަގާ. އެމްއެންޔޫގެ ބިޒްނަސް ސްކޫލްގެ އެއްވެސް މާއްދާއެއްގެ ރިޒަލްޓްސް އެއް ނުލިބޭ. އެހެން ފެކަލްޓީތަކުގައިވެސް ބައެއް މާއްދާތަކުގެ ރިޒަލްޓްސް އެއް ނުލިބޭ. 2 އިން 6 އަށް ރީޓެސްޓް އޮތީ. މިދިޔަ ވީކްގެ ތަރޒްޑޭ އެއީ ރިޒަލްޓް ފައިނަލައިޒޭޝަންއަށް ދީފައި ހުރި ދުވަސް. ދެން ޔުނިވަސިޓީން ޓްވީޓް ކުރީ ސަންޑޭގަ ދޭނަމޭ. އިއްޔެ ނުލިބިގެން އެހީމަވެސް ލެކްޗަރަރ ރިޕްލައި އެއް ނުކުރޭ." ނަތީޖާ ނުލިބިގެން ލަސްވުމުން ކަންބޮޑުވާކަން އެ ދަރިވަރު ފާހަގަކުރިއެވެ.

ނަތީޖާ ނުލިބި ލަސްވުމުގެ މައްސަލަ އެންމެ ބޮޑަށް ފެންމަތިވެފައި ވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލްގައި ކަމަށް، "ވަގުތު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދަރިވަރުންގެ ޝަކުވާތަކާއި ގުޅިގެން "ވަގުތު"އިން ގުޅާލުމުން އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ޑީން އަބްދުއްރަހުމާން މުބާރަކް ވިދާޅުވީ މި ފަހަރު ނަތީޖާ ލިބޭނީ އެހެން އަހަރުތަކަށް ވުރެ ކުޑަކޮށް ލަހުންކަން ދަރިވަރުންނަށް އެނގޭނެ ކަމަށެވެ.

ޔުނިވަރސިޓީގެ އެކެޑެމިކް ކަލަންޑާއިން ވެސް އެކަން ފާހަގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރު ނަތީޖާ ލިބުން ކުރިއަށް ވުރެ ލަސްވީ، ޤައުމީ ޔުނިވަރސިޓީގެ އެކެޑެމިކް ތާވަލަށް ގެނައި ބަދަަލަކާއި ގުޅިގެން ކަމަށް މުބާރިކް ފާހަގަކުރެއްވިއެވެ. އަދި މި ހަފްތާގެ ތެރޭގައި ހުރިހާ ނަތީޖާއެއް ދަރިވަރުންނަށް ފޯރުކޮށްދީ ނިންމާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ބަދަލަކީ މިއީ އަޅުގަނޑުމެންގެ ޓައިމްޓޭބަލް އަށް އައި ބަދަލަކާއި ގުޅިގެން އައި ލަސްވުމެއް. އެހެން ފަހަރު ފަހަރު ލެކްޗަރައިން ޗުއްޓީއަށް ދަނީ ޕޭޕަރު މާރކްކޮށް ރިޒަލްޓްސް ދީފަ. މި ފަހަރު އިމްތިހާން ނިންމާފަ ލެކްޗަރާއިން ދިޔައީ ޗުއްޓީއަށް. ހުރިހާ އެކެޑެމިކް ސްޓާފުން އަނބުރާ އައިސްސި ޖެނުއަރީ 14ގައި، މާރކް ކުރުމުގެ އެކި މަރުހަލާ ހުންނާނެ. މިހާރު ކުރިއަށް ދަނީ ރިވިއުގެ މަސައްކަތް. މިހާރު މި މަސައްކަތް ކުރަނީ މިއަދު ހުރިހާ އެއްޗެއް މާރކުކޮށް ނިންމާ ނަތީޖާ އިއުލާން ކުރަން. އަސްލު ކަލަންޑަރ ކުޑަކޮށް ފަހަތަށް ޕުޝްކޮށްލީ، އޯ ލެވެލް އޭ ލެވެލް ކުދިންނަށް ވިސްނާފަ. އެހެން ފަހަރު ފަހަރު އަޅުގަނޑުމެންގެ އިންޓޭކް ނިމޭފަހުން އެ ކުދިންނަށް ރިޒަލްޓްސް ލިބެނީ. އެހެންވީމަ އެ ކުދިންނަށް ބައިވެރި ނުވެވޭ. މި މައްސަލަ ދިމާވާނީ މި އަހަރު އެކަނި. ދެން ދާނީ ސްމޫތްކޮށް." ޑީން ވިދާޅުވިއެވެ.

އެމްއެންޔޫއަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރާ އެއް ޔުނިވަރިސިޓީއެވެ. އަދި މިފަހަރު މި މައްސަލަ ދިމާވި ނަމަވެސް، އެ ޔުނިވަރސިޓީއަކީ ވަރަށް ސިސްޓަމެޓިކޮށްކޮށް، ދަރިވަރުންނަށް ލީނިއެންސީ ދީގެން މަސައްކަތް ކުރާ ޔުނިވަރސިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރިހިވެލި

    މި ނޫހަށް ޚަބަ ރެއް ދޭން ބޭނުންވާނަމަ ހަދަންޖެހޭ ގޮތަކީ ކޮބައިތޯ

    16
  2. ފެއިލް

    ނުކިޔާވާމީހުން ދެކޭކޮތުގައި ކިޔެވުމަކީ އެހާމުހިންމު ކަމެއްނޫ އަދިޢެފަދަ ބަޔެއްގެތެރޭ އުޅޭއިރު ކިޔެވުމުގައި ގި ނައު ދަ ގޫކަންތަ އްތަކާކުރިމަތި ލާންޖެހޭނެ އަދިއެފަދަ ކަންތަކުރާ ވާހަކަދައް ކާމީހާއަކީ ބޮޑުހުކުމެއް އިއްވާވަރުގެ ކުއްވެރި ޔަކައްވާނީ 5އަހަރު ވަންދެން ހަނުތިބުން ނޫންގޮތެއްނެތް ލޮލަށްނުފެންނަ އަޑު ނީވޭ އިވުނަސް އަޅާ ނުލައިނުކިޔަވާ ބަޔަކަށް ކޮންކަމެއްތޯ ރަނގަޅަށް ކުރާން އެ ގޭ ނީ ރަނގަޅަށް ކަމެއް ކުރެވޭނީ!!!

    12
  3. boa halaaku

    ހަމަ ހުސް ދޮގު. އެކަޑެމިކް ކަލެންޑަރ އިންގޮތުން ވިއްޔާމު 12 އިން 25 އާ ދޭތެރޭ ނަތީޖާ ލިބެންޖެހޭ. ބަލަ ކުދިން ޖެހެޔޭ އެސައންމެންޓް އެއްޗެހި ޓައިމް އަށްލާން. އެކަމް ލެކްޗަރާސްއަސް އެމީހުންގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ..

    21
    2
    • އ. ޖ. އ

      މި ހަފްތާގެ ނިމުމު ކުރިން ރީސިޓް އަށް ފޯމް ލާން ވެސް ޖެހެޔޭ...

      6
      2
      • ބަސް އަހާ ދަރިވަރު

        ރީސިޓް އަކަށް ފޯމުލަކަށް ނުޖެހޭނެ. އެއީ ފޯމު ލައިގެން ލިބޭ އެއްޗެއް ނޫން. ރީސިޓް ލިބޭ ކަން އެނގެނީ ސިސްޓަމް އިން. ދެން އަމިއްލައަށް އެސްއޯއީ ޕްރިންޓް ކޮށްގެން ޓެސްޓުގައި ބައިވެރިވެވޭ. އެހެން ލިޔުނު ދަރިވަރު އުޅެނީ އެމްއެންޔޫ ގައިބާ؟

        2
        1
        • ހުސޭނު

          ބައްލަވާ ރިސިޓް ހަދާ ކުދިންގެ ކެންޕަސް ޗޭންޖްގެ ޑެޑްލައިން އަކީ 27 ޑިސްބަރ. ކިހިނެއްތޯ ކެމްފަސް ޗޭންޖުކުރަނީ ރިސިޓް ހަދަން ޖެހޭކަމެއް ނޫން ކަމެއް ނޭންގި؟ ލ.ގަން ކެންޕަސްގެ ވެސް އަދި ބައެއް ނަތީޖާ ނުލިބޭ

  4. ޙާއީ

    އެަތަނުން ކޯސް ފެށުނުކަން މަށަށް ދެރައީ. ޑިގްރީ ނިމޭއިރުވެސް މާ ކުރީގެ މާއްދާތަކުގެ އެސައިންމެންޓް މާކުހަަ އެއްޗެހި ނުލިބޭ.

  5. މާޝާ

    ލެކްޗަރާސްއިން ޗުއްޓީ ހޭދަކޮއްލަން ޔޫރަޕްތަން ތަނަށް ގޮސްފަ އައިސް ބޭނުންހާ ދުވަހަކުން ނަތީޖާ ދެންދެން ތިބޭންވީދޯ. ޗުއްޓީ އޭ ކިޔާފަ ދެމަސް ދިން އިރު ނަތީޖާ އާ ދޭތެރޭ ވިސްނާފަ މުޅިން ބޯ ގޮވާފަ މުޅި ޗުއްޓީގަ ހުންނަން މި ޖެހުނީ. މިޔައްވުރެ ރަނގަޅެއްނު ކުރިންހެން ޓެސްޓް ނަގާފަ ނަތީޖާ ދީފަ ކުދިންނާ ލެކްޗަރާސްއަށް ޗުއްޓީ ދޭން. އޭރުން އަހަރުންވެސް ހިތްހަމަ ޖެހިގެން ޗުއްޓީ ހޭދަ ކުރެވޭނެ ދޯ،

    • ކިޔަނެތި ލެކްޗަރަރު

      ޗުއްޓީ ގައި ޔޫރަޕަށް ދާހިތް ވިޔަސް އެވަރުގެ މުސާރައެއް ނުލިބޭ. ގޭ ކުލި ދައްކާފަ އަތަކު އެއްޗެއް ނޯވޭ. ދެން ހެޔޮވާނެތޯ ތިޔަ ކަހަލަ ވާހަކަ ދައްކަން.

  6. ޔުނިވާރސިޓީގެ ދަރިވަރަކު

    ރިސަލްޓް ލަސްވާނެ ވާހަކަ ނުބުނޭ. ޑީން އެ ހަދަނީ ދޮގު

    10
    2
    • ބަސް އަހާ ދަރިވަރު

      ޑިސެމްބަރު މަހުގެ އިމްތިހާނުތަކުގެ ނަތީޖާ ލިބޭނެ ކަމަށް އެކެޑެމިކް ކަލަންޑަރުގައި އޮތީ މިދިޔަ ހަފުތާ ގައި. ގިނަ ކުދިން މިފަދަ އެއްވެސް އެއްޗެއް ނުބަލާ. މަކުސްތައް ނެރެން ފަށައިފި ހަމަ އެ ހަފުތާ ގައި.

  7. ޔުނިވާރސިޓީގެ ދަރިވަރަކު

    ޑީން ދޮގު ހަދަނީ.

    7
    2
    • ޖައިސަމް

      ޑީން ދޮގެއް ނަހަދާނެ. ޑީންއަކީ ހެޔޮލަފާ، ހިތްތިރި، ދަރިވަރުންނާ ގުޅޭ ދަރިވަރުންނަށް ކަންކަން ފަހި ކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޑީނެއް. އެކަމަށް ގިނަ ދަރިވަރުން ހެކިވާނެ.

      4
      2
  8. މަ

    ޔުނިވާސިޓީއީގެ ވަާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ...

    11
    3