ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ގެއްލުމުގެ ބަދަލު ހޯދަން "ވަގުތު" އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ސިވިލް ކޯޓަށް ހުށަހެޅީ އެކަމަނާގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައެކެވެ.
އެމައްސަލަ މިއަދު ސިވިލް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލާފައިވާކަމުގެ މައުލޫމާތު "ވަގުތު" އަށް ވަނީ ލިބިފައެވެ. ނަމަވެސް މައްސަލަ ބަލައިނުގަތް ސަބަބެއް ސާފެއް ނުވެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ "ވަގުތު" ގެ ޗީފް އެޑިޓަރ މުޝައްރަފް ހަސަން ދީދީގެ އަތުން ގެއްލުމުގެ ބަދަލު ހޯދާށެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ މީގެ ދިހަވަރަކަށް މަސް ދުވަސް ކުރިން "ވަގުތު" ގެ ނޫސްވެރިން ފުލުހުންގެ މީޑިއާ "ވަޓްސްއެޕް" ގްރޫޕުން ބޭރުކޮށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހުރަސް އަޅާފައެވެ. އެމައްސަލަ "ވަގުތު" އިން ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި، ފުލުހުންނާއި، އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަގުތު" އާއި އަދި އެހެން ބައެއް މީޑިއާތަކާއި މެދު ވެސް ތަފާތު ކުރުން ގެންގުޅެމުންދާއިރު މިއީ މީގެ ކުރިން ފުލުހުންގެ ތަރުޖަމާންގެ މަގާމު އަދާކުރެއްވި އެއްވެސް ބޭފުޅަކު އަމަލު ކުރެއްވި ގޮތެއް ނޫނެވެ.
މީހުންނާއި ޖައްސައިލިއަސް ތީ ފުކެއް ބޮޑުވަރު...
ފުރަތަމަ ރައްޔިތުންނަށް ޖަވާބު ދާރީ ވެބަލާށެވެ.
ބަލަ އަބުރުގެ ގާނޫނު އޮތީ އުވާލައިފަ ޔޭ. ފުލުހުން ވެސް މިހާރު ސިޔާސީ ވީ ދޯ.
އިޒްމިއާ ސިވިލް ކޯޓށް ވައްދާފި މައްސަލައެއް ވިއްޔާ ބަލާނެ..! ޥަރަށް ސާފްކޮށް މިބުނީ!
ތީ ލޯބިވެރިޔާތަ ތިހާޔަގީންކަންތިދިނީ
ޑޫޔޫނޯ އަޒްމިރަލްޑާ؟ ޝީ އިސް ހާ ސިސްޓަރ
ހާދަ ގިނަ އެއްޗެތިތަކެއް އޮތީމައޭ އެއްޗެއް ގެއްލިގެން އޭގެ ބަދަލު ހޯދަން ފަހަތުން ދުވާނީ!
ތިވަޒީފާގައި ހުރެ ކުރެ ވަޒީފާގެ ހައިޘިއްޔަތު ކުރި ކަމަކާ ގުޅިގެން މީހަކު ބުނި އެއްޗަކަށް ދައުވާ ނުކުރެވޭނެ. މޮޔަ ބޭކަނބަލަކާ ވައްތަރުވަނީ.
އެހެން ވިރު ލިޔަން ޖެހޭނީ ވަޒީފާގަ ހުރެ ކިރިކަމަކާ ބެހޭގޮތުން ޒަތީ ކަންކަމަކާ ނޫސްވެރިނަސް ނުބެހެވޭނެ.. އެހިސާބުން އެކަމަނާ އަށް އަމިލަ ހައިސިއްޔަތުން ހައްގު ހޯދަން މަސައްކަތް ކުރެވޭނެ.. ވާނުވާ އެގިގެން އުޅެބަލަ..
ހެހެހެ. މިހާ ރު ފުލުހުން ހާދަ އައްޗި ކޮށޭދޯ މިއުޅެނީ!
އަބުރުގެ ގާނޫނު ވަނީ ބާތިލް ކޮއްފަ
ދެން ތިބުނާ ބަދަލެއް ހޯދަން ކޯޓު ދޮރު ގައި ޓަކި ޖެހީ ކޮން ގާނޫނެއްގެ ދަށުންބާ
އަބުރު ރައްކާރަން ބޭނުން ނޫންނަމަ ވަޒީފާއިން އިސްތިއުފާ ދީފައި ގޭގައި ހުރޭ. ތި މަޤާމުގެ ގޮތުން މީހުން އިއްޗހިވެސް ކިޔާނެ، ފާޑުވެސް ކިޔާނެވެ. ހަަޖަމް ކުރަން ދަސްކުރޭ. ކޮންމެހެން ލާދީނީ މީހުންގެ ޕަޕެޓަކަށް ނެހެދުނަސް ރަގަޅުވާނެއެވެ.
ފުލުހުންގެ ވަޒީފާގަ އުޅުނަސް އެއީވެސް ދިވަހި ރައްޔިތެއް ގާނޫނޫން ލިބިދެންޖެހޭ ހައްގު އޭނާއަށް ވެސް އޮންނާނެ. ކާލޭމެނަ ހީވަނީ ދޯ ފުލުހުންނަކީ އެހެން ގައުމަކަށް އުފަން ބަޔެކޭ...
ތިހެންވިޔާ ފުލުހުންވެސް އެކަން ދަނެގެން އުޅެބަލަ. ދިވެހި ނޫސްވެރިންނަކީވެސް އިންސާނުންކަމާ، ގާނޫނުގެ ދަށުން އެމީހުންނަށްވެސް ހަބަރު ގެނައުމުގެ މިނިވަންކަން އޮންނަކަން. .
ތީ މަސްހޫރުވާން އުޅޭ މަންޖެއެއް ރަނގަޅު ވާނީ ނުދެނެ ހެރިކަމައް ހެދިގެން ހުރިއްޔާ ރައްޔިތުން ކައިރީ ތިއެއްވަސް މީހެއްނޫން
އަތް މަތި ދަތިވީ..ލާރިކޮޅަކަށްޖެހުނީ..އެހެންވެ އެއް މެ ފަސޭހައިން ލާރި ލިބެންއޮތް ކޮޅަކުން ލިބިގަންނަނީ..ސްޓިކާޖަހަން ނުކުންނަންވީނުން ނޫސްވެރިންގެގައިގަ..ވަގުތުންޖޫރި މަނާ ނުދައްކާ ނޫސްވެރިން ޓޯކުރާނީ...ދައުލަތަށްބައެއް ފުލުހުންނަބައެއް..ރަގަޅެނުން މިގޮތް..އަބުރުގަވެސް ސްޓިކާޖަހާލަބަލަ..ހުރި ޕޮއިންޓުން ލާރިނަގާ ބިލުކުރާނީ..
އެއީބޯގޯސްއެއް
ބުލީ ކުރުން ހުއްޓާލާ !!
ވަގުތު ނޫސް ބަރާބަރު
އަބުރުމަތީ ބުރުގާ އަޅާ. އޭރުން ނާރާނެ
ބަލަ ޝަރީފާ ކިހިނެއްވެފާ ހުންނަ މީހެއްތަ މީ އޭ. ބޮއި ހަލާކު
ޢޭނަޔަށް ހޮޑު ބޭސް ގުޅައެއްގަނެދީިބަލަ
މާބޮޑަށް ތިއްތި ދެއްކެން އެ އުޅެނީ....
ވާނީވެސް އެހެން . ތުއި އަންހެންކުދިންނަށް ބާރު ދިނީމަ ވާނޭގޮަތް އެފެންނަނީ. ނިކަން ކަމަށް ގާބިލް އަންހެނެއް އަރުވާބިލަ.
ހާދަ ހަނދު އޮއްސިފަ މިހިރީ މި މަންޖެ! ކަމަކާ ދެރަވެފަތަ؟ ވަގުތު ދެކެ ކޯފާ އިސްވެފައިތަ؟
ބޮޑެތި ރަށްތަކާ ފަޅުތަކާ ހާތަކުން ރޯޔަލްޓީ ލިބޭ އިރު ބުރިބުރިއަށް އުސްތަންތަން އަރާ ތަރިތަކުގެ ޖެހޭ އިރުވެސް ހިތް ނުފުރެނީތޯ؟؟؟؟؟؟؟؟؟
މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އިޒްމިއާގެ ގެދޮރުތަ؟ ނޫނީ ބަދިގެތަ؟
މިއީ މީގެ ކުރިން ފުލުހުންގެ ތަރުޖަމާންގެ މަގާމު އަދާކުރެއްވި އެއްވެސް ބޭފުޅަކު އަމަލު ކުރެއްވި ގޮތެއް ނޫނެވެ.
ވަރަށް ބޮޑު ތެދެއްތީ.
މީ ވަރަށް ފެންވަރުގައި ހުންނަ މަންޖެއެއް.
ދެންވެސް ބުރުގާ އަޅަންއުޅެގަ
އެވަރުގެ މީހަކު ފުލުހުންގެ މީޑިއާ އޮފިސަރުގެ މަޤާމުގަ ބެހެއްޓުން ނުފެނޭ. ހަޖަމް ނުވަންޏާ އިސްތިއުފާދެއްވާ. ނާގާބިލް މީހުން ލާތީ ވާގޮތްމީ.
އޭ މިހިރަ އަންހެނާ، ކަލޭ ސަކަރާތްޖަހަން ނޫޅެ ވަގުތައް ފަރުވާތެރިވެބަލަ.
މީހަކާ އިނދެބަލަ
އޭ މިހެން ވެސް ލާރި ހޯދޭތަ؟؟؟ ސަޅި.. މަގު މަތިން ފޮށޭހާ މީހުން ގޮވާގެން ދާނަނަން ކޯޓަށް
ދޭބަލަ ކޯޓަށް . ކަމަނާ ފާނަށް އެނގިވަޑައި ނުގަންނަވަނީ ކަންނޭނގެ ވަގުތު ނޫހަކީ ކިތައްހާސް ސަޕޯޓަރުން ގެ ހިތްތަކާއި ގުޅިފައި ނޫހެއްކަން. ވަގުތާ ކުޅެއް ނަހައްދަވާ ޢިއްޒަތްތެރި ކަމަނާ. ތައްޔާރަށް މިތިބީ ލާރިދައްކަން ޖެހިއްޖެއްޔާ ކޮންމެ ސަޕޯޓަރަކު ވަކިލާރިންވެސް ދައްކާ ނިންމާލުމަށް. އެހެންނެއް ނޫންވަނީ. ތެދުބަހުން ޚަބަރުތައް ގެނެސްދޭތީ ހަޖަމު ނުވަނީ. ކަމަނާ މެން ހާވާހަޑި ރައްޔިތުން ނަށް ސާފުވުމަކީ ވަގުތުގެ މައްސަލައެއްނޫން. އޮންނަ ގޮތަށް އުޞޫލުން ކަންކަން ކުރައްވާ. އޭރުން ކަމަނާގެ ޚަބަރުތައް ވެސް ވަގުތުގައި އޮންނާނީ ހަމަ ހަބޭސްކޮށް.
މިކަމަނާ ވަގުތާއި ޖައްސާލައިގެން އުޅޭތީ ބަދަލު ހޯދަން ކޯޓަށް ދާން ފެނޭ!
އަންހެނުންނަށްވެސް ހުރި ހުތުރެއް.އަހަރެން ހިއެއްނުކުރަން ތީ އެހާ ފިނޑި މީހެއްކަމަށް
ދިވެހިންނަށް ވީ މަދީ ބިން މަޗައް ވައްޓާލައިގެން ބޯޅައެއް ތަޅާހެން ތެލީ
ހަޖަމްގެ މައްސަލަ ޖެހިފައިވަ ފުލުހުންނަކީ ނުރައްކަލެއް.
މަންޖެގެ އަބުރެއް އެބައިންތަ