އާ މިސްކިތެއް ބިނާކުރުމަށްޓަކައި މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) ތަޅާލާފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އެ މިސްކިތް ތަޅާލުމަށް ފަހު، އާ މިސްކިތް ނުހަދައި ގިނަ ދުވަސްވަމުން ދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްކިތެއްގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އަދި އެ ޝަކުވާ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަބަޔަކުވަނީ ކޮށްފައެވެ.

2016 ވަނަ އަހަރު މި މިސްކިތް ތަޅާލުމުގެ މަސައްކަތް ފެށުމަށްފަހު އެނެއްކާ އަލުން އެހަރުގެ ރޯދަމަހަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ފަސޭހައަކަށް އެތަނުގައި 200 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ހެދިއެވެ.

އެންމެ ފުރަތަމަ އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން މި މިސްކިތް ހެދުމުގެ ވިސްނުން އޭރުގެ ސަރުކާރުން ގެންގުޅުމަށްފަހު އަލުން އަނެއްކާ ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ނިންމާ 2017 ވަނަ އަހަރުގެ ބަޖެޓްގައި މިކަމަށް 17 މިލިއަން ރުފިޔާ ކަނޑައެޅިގެންދާނެކަމަށް އޭރު އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ނަމަވެސް އަނެއްކާވެސް ފަހުން އަމިއްލަ ބަޔަކާއި ހަވާލުކޮށްގެން މިސްކިތް އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތްވަނީ ފަށާފައެވެ. ކުރިން ދެ ފަންގިފިލާއަށް ހުރި މާވެޔޮ މިސްކިތް ތަރައްޤީކުރަނީ ގާތްގަނޑަކަށް 1800 މީހުނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް 5 ފަންގިފިލައަށެވެ. މި މިސްކިތް ބިނާކުރުމަށްދާ ޚަރަދުގެ އެއްބައި ކުރިން ސަރުކާރުން ދޭގޮތަށް އޮތް ނަމަވެސް މިހާރު މި މަސައްކަތުގެ ހުރިހާ ޚަރަދެއްކުރާނީ އަމިއްލަ ފަރާތަކުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިސްކިތް ހުޅުވޭ ދުވަސް ލަސްވަމުންދާތީ މި މަސައްކަތްކުރާ ފަރާތާ އިސްލާމިކް މިނިސްޓްރީންވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ފެށޭ ރޯދަމަހުގެ ކުރިން މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ހުޅުވާނެކަމަށް މި ބައްދަލުވުމަށްފަހު އިސްލާމިކް މިސްޓްރީންވަނީ ވިދާޅުވެފައެވެ. މިއީ މިދިޔަ އަހަރުވެސް އިސްލާމިކް މިނިސްޓްރީން ބުނިގޮތެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި މާވެޔޮ މިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތެވެ. އެގޮތުން، ބިއްލޫރި ޕެނަލްތައް ހަރުކުރުމާއި، ކަރަންޓު ސެޓުތަކާއި ސްވިޗުތައް ހަރުކުރުމާއި، ކުލަ ލުމާއި، ކާޕެޓު އެޅުމާއި، ކެލިގްރަފީގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިހާރު މިމަސައްކަތްތައް ކުރިއަށްދާނަމަ ކުރިއަށް އޮތް ރޯދަމަހަށް މިމިސްކިތް ހުޅުވާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ޢެމިސްްކިތް ބަންދު ކޮށްފި 2014 ޑިސެމްބަރުގަ. ޢޭގެ 1.5 އަހަރު ފަހުން ތަޅާލީ

  12
  1
 2. ހިސާބު ގަނޑު މީހެއް

  އެމިސްކިތުގެ ތަޅާލުމުގެ މާކުރިން އެތަން ބަންދުކޮށްފި. މިހިސާބަށް ބަންގި ގޮވާއަޑު ނީވޭތާ 5 އަހަރަށް ވުރެ ގިނަދުވަސްވެއްޖެ

  17
  3
 3. އަޙްމަދު

  ނުނިންމާނެ!

  12
  3
 4. ނަރެލް

  ދީނީތާޖު ބޮލަށްމަހާލައިގެން އުޅުނު ސަރުކާރުން އިންތިހާބާދިމާކޮށް ބުރިޖުނިންމިއިރު މިސްކިތް ތަޅާލާފަ އެތާމިސްކިތެއް އަަޅާނުދިނީކީއްވެތަ އެސްޓީއޯ ފައިދާބޮޑުވީމަ ކުރީސަރުކާރުގެ ހެޔޮވިސްނުން މިސްކިތްނޭޅުނީމަ ހަވާލުވާނެ އެކަކުވެސްނެތް

  7
  19
  • ބޯހަލާކު

   ދެން މިވީ ދޮޅުއަހަރޯ..؟! ކޮބާ ޒިކުރާމިސްކިތް ދޮޅުއަހަރުވީ...؟! ލާދީނީ އިބުރާބުންޔެއްނު މިސްކިތްތައް ގިނަކުރާނެކަމެއްނެތޭ...އެމް ޑީ އެން ބުނާގޮތައްހަދާ...ހަހަހަ..؟!

   23
   3
  • އަޒާ

   ބްރޯ ވޭކްއަޕް. އެ މިސްކިތް މިދިޔަ ރޯދަ މަހައް ހުޅިވާނެކަމަށް މި ސަރުކާރުން ބުނެފަ އޮތީ އޭގެ ފަހުން 1 އަހަރު ހަމަވެ އަނެއް ރޯދަ މަސް މި އަންނަނީ.. ޔާމީން ސަރުކާރުން އެ މިސްކިތުގެ މަސައްކަތުގެ %90 މަސައްކަތް އޮތީ ނިންމާފަ..

 5. ޅާބިގު

  ޒިކުރާ މިސްކިތްވެސް ކޮބާ؟ 5 އަހަރުވީއިރު އަދިއެއްކަމެއްވެސްނުކުރޭ!! ޢެތާ ޕާކެއްތަ އަޅަނީ އަޖައިބު!!

  15
 6. ޟިން

  ޖަނާއަށް ތިކަމެއް ނުވާނެ