ރޭ އިދިކޮޅު އެއްވުމުން ހަައްޔަރު ކުރި މެމްބަރު މަހުލޫފާއި މުހައްމާ ދޫކޮށްލައިފިއެވެ.

ދެބޭފުޅުން ވެސް ވަނީ ހައްޔަރު ކުރިތާ މާގިނައިރުތަކެއް ނުކޮށް ދޫކޮށްލާފައެވެ.

ރޭ މުހައްމާ ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިއުމުގެ ތެރެއިންނެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަ-ސްޕްރޭ ޖެހި ވަގުތު މުހައްމާގެ ލޮލަށް ވެސް ސްޕްރޭގެ އަސަރު ކުރި މަންޒަރު ފެނުނެވެ. ނަމަވެސް މުހައްމާ ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ދުވެފައި ކުރިއަށް ދަނިކޮށް ފުލުހުން ވަނީ ހަތަރެސްފައިގައި ހިފައިގެން މުހައްމާ ފުލުހުންގެ ވެހިކަލަށް އަރުވާފައެވެ.

މަހުލޫފް ހައްޔަރުކޮށްފައި ވަނީ ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އިދިކޮޅު ވިއްސަކަށް ބައިވެރިންނާއި އެކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުން ގެންދަނިކޮށެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ތިބުމަށް ފަހު އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް މަގުމައްޗަށް ނިކުތުމުން ފުލުހުން ވަނީ އެމީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ކުރިއަށް ދިއުމުން ފަހުން ފުލުހުން ވަނީ ވެހިކަލެއްގައި މުޒާހަރާގެ ބައިވެރިންނާއި ހަމައަށް ގޮސްފައެވެ.

ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ފުލުހުންގެ ވެހިކަލް ކުރިމައްޗަށް އަރާ ފުލުހުންނަށް ހުރަސް އެޅި މަންޒަރު ވެސް ފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    މަހުލޫފް ކޫކޮށް ނުލާ ވާނެ ގޮތެއް ނެއްތަ؟

    ތީވެސް ރައީސް ނަޝީދު ފަދައިން މިގައުމަށް ދިމާވެފައިވާ ބޮޑު ދުއްޕާނެއް.

  2. ހަމީދު

    މަޖުބޫރުވީ ދޫކުރަން ....

  3. ކޮއްކޮ

    ޕީޕީއެމްގެ ފުލުހުން ދޯ؟