މަގުމަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންއެބަދެއެވެ.

މިފައިސާތަކަކީ 2020 ޖެނުއަރީ 23 ވަނަ ދުވަހުގެ 18:50 އެހާކަންހާއިރު ޓީވީ މޯލްޑިވްސް ކައިރިިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި އެ ފައިސާއާއި ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ ފައިސާއާއި ހަވާލުވާން އަންނަ ފަރާތަކީ ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް އައުމަށެވެ.

މީގެ ކުރީންވެސް ފުލުހުންވަނީ މަގުމަތީން ހޮވައިގެން ގެނެސްފައި ހުރި ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމީދު ސ

    މީގެ ކުރިން އިވުނު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކު ގެ ބަލާ ފާސްކުރަން ދިޔައިރު ގުނާ އަދަދު ނުކުރާވަރު ގެ ރުފިޔާ/ޑޮލަރު އެ ފަނޑިޔާރުގެ ނިދާ އެނދު ދަށުންހޯދައިގެން އޭގެން އެ ބަލާފާސްކުރަން ދިޔަ ފަރާތްތަކުން ބޭނުންކޮއް ސަރުކާރަށް ރިޒާވަށް ލޮލުން އައި އަޑު. ތިގޮތަށް ތިހޮވާ ފައިސާ ގެ އަދަދު ފުލުހުން ހާމަ ނުކުރަށްވަނީ ކީއްވެބާ؟ މަސާޖް ޕާލާ ރެޑް ހޭންޑް ކޮއް ގިނަ އަދަދެއްގެ ފައިސާ ހޯދާ! ވާނުވާ ނޭނގެ! ﷲ އަކްބަރ (ބުލޫވޭވްސް)