މާލެސިޓީގައި ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ބައެއް ފިހާރަތައް ކުއްޔަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ މާލެ ސިޓީގައި ހުރި ނ. އަތޮޅު ފިހާރަ އިރުމަތީ ބައި ނުވަތަ ގަލޮޅު ބޯޅަ ދަނޑު 11 ނަމްބަރު ފިހާރައާއި ރެސެންޓް ހަތް ނަމްބަރު ފިހާރައާއި އަތޮޅު ފިހާރަ ދެކުނު ފެންޑާ ދެކުނުބައިގެ އިތުރުން ކްރެސެންޓް 14 ނަމްބަރު ފިހާރަ ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފިހާރަތައް ކުއްޔަށް ދިނުމަށް އިއުލާން ކޮށްފައިވަނީ އެ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާތީ އެވެ.

އެ ފިހާރަތައް ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމް ވިއްކާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ

ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުގައި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލް ތަކަށް ލިބިގެންދާނެއެވެ.

މީގެ ކުރީން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު އަހަރު ދުވަހު މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ދިނުން ހުއްޓާލާފައި ވަނިކޮށް އަލުން އެފައިސާތައް ދީފައެވެ.