ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް 1100އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ވާހަކަދައްކަވަމުން ޕީޕީއެމްގެ އިންތިހާބާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 1140 ފަރާތަކުން މިހާރު ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއިން ކައުންސިލް އިންތިހާބުގައި 74 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ކަމަށެވެ. އެއީ 14 އަތޮޅު ކައުންސިލަކާއި 54 ރަށު ކައުންސިލެއްގެ ޕްރައިމަރީ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުއާޒް ވިދާޅުވީ، ޕްރައިމަރީގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ގިނައިން ހުރީ ހުރީ ޕީޕީއެމްގައި ކުރީއްސުރެ ވެސް ތިބި މެމްބަރުން، ޕާޓީގެ ދަފްތަރުން އުނިވެފައި ހުރުމުން ކަމަށް މުއާޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މި

    ހާދަހީނުވެޔޭ??

    6
    16
  2. ދަރަނި ދަންތުރަ

    ހޫން ތިމަރަސަރީފު އަހަރެންގެ ނަންވެސް ޕީ ޕީ އެމް ދަފުތަރުން އުނިކޮށްފައޮތީ ދައުވާ ކުރާނަން ޕީޕީ އެމް ފައިސާ މަދުން ދޭންވެގެން ކުރިކަމެއް އެއީ...

    18
    4
  3. Anonymous

    ދަފްތަރުގައި ނަން ނެތަސް ހިތްތަކުގައި އޮތް ލޯތްބެއްގެ ނުހުއްޓުވޭނެ

    17
    2
  4. Anonymous

    ހުރިހާ ކެނޑިޑޭޓުންނެއްގެ ޕާސްޓް ޑޭޓާ ބަލައިތި. ވަރަށް ގިނަވާނެ މޑޕގެ ޖާސޫސުން. އެހެންވިޔަ ނުދޭތިި..