ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ޓެކްސީއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ޓެކްސީގައި ބަނގުރާ ހުރިކަމަށް ހަވީރު 05:14 އެހާކަންހާއިރު ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެސަރަޙައްދަށް ގޮސް އެ ޓެކްސީ ހުއްޓުވާފައި، ބަލާ ފާސް ކުރި ކަމަށެވެ.

އަދި އެ ޓެކްސީގައި އޮތް ދަބަސްތަކެއް ބަލައި ފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން އެޓެކްސީގައި ތިބި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށާއި، އަދި މިދެމީހުންނަކީވެސް ބަންގްލަދޭޝް މީހުންކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ނައީމް

  މިހާތަނައް ތަންފީޒުކުރެވުނު ހަމައެކަނި ވައުދު ބިރަކާނެތި މަޖާކުރުން ފުއްދުނު ވައުދުން ވެސް ގޮވީ އަތައް ރައްޔިތުންނޭ ހޭއަރާށޭ ވަމުން މިހިރަދާގޮން ބަލާށޭ ..ވިސްނާށޭ.....ކައުން ސިލްތައްދީފިނަމަ ފައްޅިއަޅާނެ ޔަގީނޭ ހެޔޯނުވާނޭ

  52
  9
 2. ސަރުބަތު

  އއ އޯ ގަދަ! ސަލި ހަބަރެ އް.

  21
 3. މަށެއްނޫން

  އެޖެންޑާ 19 ރަށަށް ! ބަނގުރާފުޅިތައް އަތަށް! 54 ބިޔަރުކޭސް ބޯޓަށް! ސާބަހޭ ޞާލިޙޫ!

  22
  4
 4. Anonymous

  މިސަރުކާރެއް އައިފަހުން މުޅި ޤައުމު ގައި ނަށާފުޅި އެތައް ގުނައެއް އިތުރަށް ޢާއްމު ކޮށްފި. ސޯލިޙް ރައީސެއްގެ ވެރިކަމުގައި ދުޢާދެއްވާފައޭ ވިދާޅުވާބޭފުޅުންނަށް މިޚަބަރު ތައް ހަމަ ނުވެސްދެނެހުރި .ބަނގުރަލަކީ ހުރިހާ ނުބައިކަމެއް ގެ މަންމަ .ރ.ސޯލިޙް އިސްތިއުފާދެއްވަންވީ ޤައުމެއް ނުބެލެހެއްޓޭ

  22
  1
  • މުލޭ

   އިސްތިއުފާ ދިނީމަ ގައުމަށް އަތްގަދަކުރަން ހިފާފަ ހުރިމީހެއް އެބަހުރި. އޭރުން ކަންކަން އަދި މާ ގޯސްވާނެ.

   12
   3
 5. މަސްތުމަސްތު

  ނޫ ނޭ ވާ ވާ މިއޮތީ ވާ ވާ ސަރުކާރެއް ބަޖެޓުން މުސާރަދީގެން ބަންގާޅީން ނާހަވާލު ކުރީ ދޯ އެއްތަނުން އަނެއްތަނަށް ބަ ގުރާ އުފުލުމަށް ކޮއްފަނުކު ރާނެކަމެއް ހިތަށްވެސް ނާރާނެ މާމޭސަރަހައްދު އެކައްޏެއްނޫ ރާއްޖެ ތެރޭގެ ހުރިހާރަށެއް ގައި އުޅޭ ހުރިހާ ޕާޓޭން ވެސް 24ގަޑި އިރު ތިބެނީ ރަލުން ފޯވެހަމަހޭވެރިކަން ނެތިގޮސްފަ ވަރަށް ދެރަވޭ ރީތިރީތި ޒުވާން ކުދީތަކެއް އެފަދަ ހާލެއްއގައި ތިބޭތަން ފެނުނީމަ އެނިކަމެތިކުދީން ކޮންތަނަކުންތަ މަސް ތުވާެއެއްޗެހި އެހާގިނަ އިންއެހޯދަނީ ކޮންބައެއްތަ ޒުވާކުދީ ހަލާކުކުރަނީ ހުރިހަލާ ކެއްގެ ބޮޑުކަމާއޭ

  15
  1
 6. ނިރު

  ދިވެހިން އަޑީގަ ތިބެގެން ކުޑަލާރި ކޮޅަކަށް ބޮންދުތަށް ކުރުވާކަންތަށް

  15
  1
 7. އައްޓަމަސް

  ބަންގްލަދޭޝް މީހުންނަކީ ވިޔާނުދާބައެއް؟! ދުއްޕާނެއް! އާފާތެއް! މުސީބާތެއް!

  17
 8. ހަމްބާން

  ސޫސަރާބުގެ މެގަ ޕުރޮޖެކްޓެއް ތިއޮތީ..

  16
  1
 9. މުގައްދަރު

  ތިޔަ ބަންދުކުރިމީހާވެސް ވާނީ ކުށުގެ ރެކޯޑް ހަދައިގެން ހުރިމީހަކައް ވުންގާތީ އިރުކޮޅަކުން ދޫކޮއްލިފާނެ ކަމައް ބެލެވެނީ ފެން ފުޅިތަކެކޭ ކިޔާފައި މިހާތަނައް ވެފައި ހުރީ

  20
  1
 10. ޙަސަނާ

  ތިކަމާ ސޯލިހާ ގުޅުމެއް ނެތް ނަސީދު ގެ ރުހުންލިބިގެން ހިގާކަންކަންތީ ވެރިޔަކީ މިހާރު އޭނަ ނޫންތޯ ދުވާލު ހަތަރުދަމު އިއްޒަތްތެރި ރައީސް ނޫންތޯ ވިދާޅުވީ ރާބޯ މީހުން ހައްޔަރު ނުކުރާށޭ..