ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަނީ ނަމެއް ހޯއްދަވަން ނޫން ކަމަށާއި އަބަދުވެސް އުޅުއްވަނީ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ރޯޝަނީކަން ހޯއްދަވައި ދެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކުގައި ރައްޔިތުން ކުރާ މަސައްކަތުން އެއްވެސް މާޔޫސް ކަމެއް ނުލިބޭނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް އިތުބާރު ކުރައްވައި، ހުރިހާ ރައްޔިތުން ވެސް އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.

ޖުމްހޫރީ ޕާޓީ އަށް އަލަށް ގުޅިވަޑައިގެންނެވި ބައެއްގެ ފޯމްތައް މިރޭ ގާސިމްއާ ހަވާލު ކުރައްވަނީ.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ޖުމްހޫރީ ފިކުރަށް ވުރެ ވަކި އިސްކަން ދޭން ޖެހޭ އެހެން ފިކުރެއް އޮންނަން ވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ޖުމްހޫރީ ފިކުރަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި މާތް ﷲ ގެ ވާގިފުޅުން އަޅުގަނޑުމެންނަށް ބާވައިލެއްވި ކީރިތި ގުރުއާނާއި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން ހިމާޔަތްކޮށް ދެމެހެއްޓުމަށާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަމާއި ތަނަވަސްކަމަށާއި އެކުވެރިކަމާއި ތަނަވަސް ކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތައް،" ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ޕާޓީން ވި ވައުދެއް ނުފުއްދާ ދޫކޮށެއް ނުލާނެއެވެ. އަދި ވަކިކަމެއް މިވެނި ސަބަބަކާ ހުރެ ނުވެ ނުދާނެ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކީގައި ގާސިމް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް ހިޔާނާތްތެރި ވެސް ނުވެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މާލިއްޔަތަށް އަރައިގަނެފައި ސަލާމަތުން ނުހުރެވޭނެ. ލަންބާ ޗޯޅާ ވާހަކަ ދައްކަން ނުހުރެވޭނެ. މީހަކަށް އަނިޔާ ދީފައި ސަލާމަތުން ނުހުރެވޭނެ 24 ގަޑިއިރުގައި. މި ދަންނަވަނީ ހަމަ ބަރާބަރަށް. ކޮންމެހެން ރިޔާސީ ވައުދުތަކެއް ވަނީކީ ނޫން. ނަމަވެސް އެ މަގްސަދުގައި މަސައްކަތް ކުރަން ނުކުތީ،" ގާސިމް ވިދާޅުވިއެވެ.

މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރު ކަން ފަދަ ދައުލަތުގެ އިސް މަގާމުތަކެއް މީގެކުރިން އަދާކުރެއްވި ގާސިމް ވިދާޅުވީ އެއްވެސް އިރެއްގައި "ނަން" ހޯއްދަވަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރެއްވީ ރައްޔިތުންނަށް "ކުރެވޭ ވަރުން ކަންކަން ކޮށްދެވޭތޯ" ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އެކަން މިހުރީ އަޅުގަނޑު ކޮށްފައި. ކުރަމުން މިދަނީ. އަޅުގަނޑު ކޮންމެހެން ފޮނި ބަސް ބުނާކަށް ނޫން. އަޅުގަނޑާ އެއްވަރަށް މި ދެންނެވި ދާއިރާތަކުގައި، އެއީ ދީނީ ކަމެއް ވިޔަސް، އިގްތިސާދީ ކަމެއް ވިޔަސް، އެއީ ތައުލީމީ ކަމެއް ވިޔަސް، ސިއްހީ ކަމެއް ވިޔަސް، ދިވެހި ރައްޔިތުންނަށް މިއަށް ވުރެ ބޮޑު ހިއްސާއެއް އަދާކޮށްދިން މީހެއް ނުހުންނާނެ ކަން ކަށަވަރު،" ގާސިމް ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ހާއްސަ މަޖިލިހުގައި ރައީސްކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ މިހާތަނަށް އައިއިރު ވެސް މަސައްކަތް ކުރެއްވީ ގައުމުގެ އަމާންކަމާއި ސުލްހަމަސްލަސްކަން ގާއިމު ކުރެއްވުމަށް ކަމަށެވެ. އަދި ވަކި މީހަކާ ޒާތީ ގޮތުން ދިމާކޮށްލައިގެން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރަކަށް ތިން ހަފްތާއެއްހާ ދުވަހު ހުންނެވި އިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ލިބިގެން ކަމެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ބައެއްގެ ފޯމްތައް ގާސިމްއާ މިރޭ ހަވާލު ކުރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެކަމަކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އިރު، ވަކިކަމެއް ކުރައްވަން މައުމޫން އަންގަވާފައި ނުވާ ކަމަށެވެ. އޭރުގައި ސަރުކާރުގެ ވުޒާރާތަކަށާއި މިނިވަން މުއައްސަސާތަކަށް ދޫކުރައްވަމުން ގެންދެވީ އޭނާ އަށް ފެނިވަޑައިގެންނެވި ބަޖެޓެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މާމިގިލީ މީހާ

    ކަލޭ ތީ އަމިއްލަ އެދުން ބޮޑު މީހެއް. ކަލޭގެ މާމިގިލީ ކޮންމެ ކައުންސިލަރަކައް 9 ލައްކަ ރުފިޔާ ދީގެން މާމިގިލީ ބިންތައް ކަލޭ ވެރިކުރަމުން ތިދަނީ. މިސަރުކާރުން ބަލާން ޖެހޭ މާމިގިލީގެ މައްސަލަތައް. ކަލޭ ގަވައިދާ ހިލާފައް ކައުންސިލަރުންނައް ރިސްވަތު ދީގެން ބިންތައް ނަގާ މައްސަލަ.

    42
    2
    • މަވެސް މާމިގިލި

      މީނާގެ ކައުންސިލަރުން ނައް ރިސްވަތު ޖަހައިގެން، ހަމަ އެކަނި އެޔާޕޯޓައް މިހާރު އިތުރު އެކުރާ ބިމުން، 9 ލައްކަ ރުފިޔާ ކޮންމެ ކައުންސިލަރަކައް ދިން. ރައްޔިތުންގެ އެހުމެއް ކެހުމެއް ނެތި.

      28
      • މާކުންބެ

        އެއީއޭ ގާސިމު އެބުނާ ރައްޔިތުންގެ އުފާވެ ރިކަމާ ރައްޔިތުންއެދިއެދި ތިބިގޮތަކީ..ރައްޔިތުންގެ ޖީބަށް އެއްޗެނުވަނަސް އޭނަގެޖީބަށް ވަންނާތީ ރައްޔިތުން އުފާކު ރަންޖެހެޔޯ.. ރައްޔިތުންގެ ބިން ނުހައްގުން ފޭ ރިފެންހު ރެ ރައްޔިތުންގެ ހައްގުގަ ތިމަންނަ މަސައްކަތްކު ރަނީއޭ ބުނީމަވެސް ކު ރީސަފުން މިފެންނަ ދެފުއްކެހެ ރިން އަތްޖަހައެއްނުން...އަނެއްކާ ބައިހަދާފަ މިސޭޓްގެ ޖީބަށް ވެއްޓިތިބެނީ..ކީއްކު ރާނީ މީސްތަކުން ޢާފިލުވީމަވާގޮތް..ދައުލަތުގެ ހަޒާނާ ޖީބަށްކަހައިގެންހު ރެ މާމިގިލި 100އަހަރަށް އަމިއްލަކޮއްގެންހު ރެ ވީދެނީ ރައްޔިތުންގެ ހައްގޭ ބަނޑޭ ހަންގަޑޭ...

    • Anonymous

      ގާސިމަށް ނޭނގޭތަ، ފުލުހުންގެ އިހުމާލުން އުފާ ރާއްޖެއިން ފުރުވާލައިފި. އެއީވެސް އިސްލާމް ދީނުގެ އަދުއްވެއް. ގާސިމް ކޮންމެހެން އަހަރެމެންނަށް އުފާ ހޯދާދޭން އުޅޭނެކަމެއނެތް. އުފާގެނެސް ފުލުހުންނާ ހަވާލުކުރޭ.. ފުލުހުންނަށް އެއުޅެވެނީ އަދި މިހާތަނަށް ރެޑްނޯޓިސްވެސް ނުނެރެވިގެން.

  2. މުހައްމަދު

    ގާސިމަކީ އިހުލާސްތެރިއެއް. ނަމުން ވެސް އެކަން އެނގޭ. އޭނާއެއް ބޭވަފާތެރިއެއް ނުވާނެ.

    8
    45
  3. ޢަދުރޭ

    ހުސް . ބުހުތާނު .... އެންމެންވެސް . ބޭނުންވަނީ .. ވެރިކަން... ރައްޔިތު ންނަށް.. ބޯ.. ހިޔާ ވަހިކަން.. ހޯދައިދޭނަމޭ .. ކިއައިގެން .. އައި ..މީހުން ..ބަލާބަލަ .. 2 ..އަހަރު ..ވަނީ ..ވެރިކަމަށް.. ! ބަޔަކު ..ހަދާފަ ..ހުރި ..ފްލެޓްތަކެއްވެސް
    ... މުށައްވައޭ ..ކިއައިގެން ..ނުދީ..ވޭތޯ..އެބަލަނީ ... ހަމަ ...މިކަހަލަ ..ދުއްޕާން ..ރައްޔިތުންނަށް ..ޖައްސާނެ ..މީހެއް.. ގާސިމްވެސް..ތީ

    41
  4. ކާފަބޭ2020

    ރައިއްޔަތުންނަށްއުފާވެރިކަންހޯދަދެވޭނީ ލިބޭބައި ބޮޑުވެގެންތާ! ކުރިންވޯޓުދިނަސް ލާދީނިއްޔަތުގަ ތިޔަހުންނެވިގޮތަށް ކައްތިރިވިއްދައިގެން ހުރިހާދުވަހަކު ތިޔަ3މީހުންކުރެމީހަކަށް ވޯޓުލާކަށް ނުދާނަން ޝުކުރިއްޔާ 3 ކައްތިރިއަށް!

    35
  5. ޒަހީނު

    މީ އަމިއްލަ އެދުންބޮޑުމީހެއް، ރިސޯޓް މުއައްޒަފުންނަށް ހިތުހު ރިގޮތެއް ހަދަނީ. ފެބު ރުއަ ރީ އިންފެށިގެން އޮފްޑޭ އަށްދެވޭނީ ރިސޯޓްގަ 4މަސްދުވަހުމަސައްކަތް ކޮއްފަ މީީ ރައްޔިތުމީހާއަށް ހެޔޮ އެދޭމީހާ؟؟ހިތުހު ރި ގޮތަކަށް ރިސޯޓްތައް ބޮޑުކު ރަނީ ރާކަނިމަސް ކެވޭނެބަލަންތިބެ،

    36
    1
  6. ނަޒީނާ

    ރައްޔިތުންނައް އުފާ ހީދަދޭންދޯ ކަލޭ ކަރަޕްޝަން ހިންގަނީ. ތޭންކުސް ޓުދަ ލައުރާ

    35
    1
  7. ސަގަރު

    ކަލެޔައް ވުރެ އަމިއްލަ އެދުން ބޮޑު ސިޔާސީ ލީޑަރެއް ނެއް. ގައުމު އެންމެ ނުރައްކާ ދަޑިވަޅު ތަކައް ވަޓާލީ ކަލޭ.

    35
  8. ލަކީ އަލީ

    އުފާ ފުރައިފި ރާއްޖޭން ބޭރަށް. ދެން ކިހިނެއް އޭނަ ހޯދާނީ

    28
  9. ނައީމް

    ކަލޭ ރައްޔިތުންނައް އޯގާތެރިނަމަކަ ރައްޔިތުންނައް ނުލާހިކުމެ ބާރުސްޕީޓުގައި ތަރައްގީ ގެނެސްދެއްވަމުން ދިޔަ ރައީސް ރައީސްޔާމީނަކައް ހުރަހެއްނޭޅީސް އަމިއްލަވިޔަފާރި ބޭނޫންވާވަރައް ކުރިނުލިބޫނީމާ ޔާމީން ގޯސްކުރީ ޔާމީން މަސައްކައްކުރީ އަވަސްމިނެއްގަ ރައްޔިތުންނައް ތަރައްގީ އާއި ބޯހިޔާވަހިކަން ގެނެސްދިނުމައް މިކަމުގަވެސް ގާސިމްވީ ހުރަހަކައް ކަން ދެންކޮން އިހްލާސްތެރިކަމެކޭ ތިކިޔަނީ މިހާރުރު ތާހިރެއްނު ދޮޅުއަހަރު މިނިމުނީ ތަރައްގީގެ ކަންފުޅެއްވެސް ނުވިތާގަ ބޯހިޔާވަހިކަންވެސް ހުއްޓުނީ މީ ކަލޭތިބުނާ އިހްލާސްތެރިކަމަކީ.. ރައްޔިތުންނޭ ވިސްނާށޭ'''ހޭލާށޭ.....

    18
    1
  10. ތިމަންނަ

    ރައްޔަތުންނަށް އުފާ ހޯދައިދޭން ބޭނުންނަމަ ތިބާ ސިޔާސީ ކަންތައްތަކުން ފޭވެ " ތިބާގެ މާދަމާ" އަށް ތައްޔާރުވާށެވެ. ތިޔައީ ހާދަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިން އިންސާނެކެވެ. އަލުން އެބުރި އެގޮތަށް ރުޖޫއަވާށެވެ

    17
  11. އިސްމާޢީލް

    މި ޤަޢުމުގަ ހުރި އެއްމެ އަމިއްލަ އެދުންބޮޑު މީހާ ކަމަށް މިހާތަނަށް ދިވެހި ތާރީޚް ހެކިދެނީ. މ. މާފަންނުވިލާ، ޤާސިމް އިބްރާޙިމް ކަމަށް. އޭނަ އަކީ ފައިސާ އާއި މުދަލާއި އަނބިންނާއި ދަރިިން ﷲގެ މިންވަރު ފުޅުން ލިބި އެވަރު ނުފުދިގެން މުޅި ޤަޢުމުގެ މާލިއްޔަތު ގެ ދަހިވެތި ކަމުގައި ރާއްޖޭގައި އެއްމެ ފަހުން އުފެދުނު ހުރިހައި ސަރުކާރު ތަކަށްވެސް ޖެއްސުން ކޮށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގައި އަރާހުންނެވި ބޭފުޅެއް. މިކަން ނޭނގޭ މީހަކު މި އުޑު ދަށުގަ ނުހުންނާނެ. އެވަރުންވެސް ތި މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލާން. މީވަރަށް ވާހަކަ.

  12. ާއެސޮރު

    ކީކޭ ބުނާނީ ކަލޭ ތިޔައުޅެނީ ވެރިކަން ނުލިބިގެނެއް ނޫންތަ.

  13. ސަޓޯ

    އެކަމަު އަޅުގަނޑުމެނަށް ހީވަނީ ޖާސިމު ނަހުލާއަށް އުފާ ހޯދަދޭން އުޅޭހެން....

  14. ދަވާލި19

    މިބޭބެ މިއޮއް ހުރިހާދުވަހު ކޮންތާކު އުޅުނީ ކުރީއްސުރެން މިބޭބެ މިރާއްޖޭގަ އުޅުނުނަމަ މިރާއްޖޭގެ ރައްޔިތުބް ހާދަ އުފަލެއްގައޭ އުޅޭނީ ދޯ

  15. ސޭޓް

    ރައްޔިތަކަށް ހެވާ ލާބަޔާ މަންފައަށް އުޅޭ ހަމަ އެންމެ މީހެއްވެސް ސިޔާސީ އެދުމާއިގެން މިއުޅޭ މީހުންތެރެއަކު ނެތް އަހަރުމެންނަށް އޮޅުވާލަން ކޮންމެހެން ބުހުތާން ދޮގު އެކަކުވެސް ހަދާނެ ކަމެއްނެތް

  16. ދައްޖާލަ

    ތިހިރީ ރަނގަޅަށް އުފާ ހޯދިފަ ދެން އިތުރަކަށް މަނިކުފާނުގެ ފަރާތުން އުފަލެއްބޭނު މެއްނޫން އަހަރެމެން ބޭނުމީ ރައީސްޔާމީން ހޯދަދޭ އުފާ މަހުޖަނުއް ރައްޔަތުނަށް އުފާހޯދަދޭ މަންޒަރު ބަލަ ބަލާ އަހަރެމެން މިތިބީ ދެ ލޯ އަވަރުވެފަ!!!

  17. ކަށިނުޖަހާތި

    ތިހިރީ އުފާ ހޯދިފަ ދެން ބާރަށް އަތްޖަހާ

  18. Anonymous

    އަޅުގަނޑު ޤާސިލަމަށް ކުރަން ބޭނުން އިލްތިމާސް އަކީ ސިޔާސީ މީހުންނަށް ކުރާ ހޭދަ ހުއްޓާލާ ތިމާގެ ވިޔަފާރި ކުރިއަރުވާ އެގެއިން ލިބޭނަފާ ހެޔޮގަތުގައި ބޭނުން ހިފާ އެހީތެރިކަމުގެ އަތްދިއްކުރާ މީހުނަން އެހީތެރި މިވަށެވެ. މަނިކުފާނުގެ އެހީތެރިކަން މީހުން ބަލައިގަނޭ. ނަމަވެސް ސިޔާސީގޮތުން މަނިކުފާނު ފޭލާލާ މީހުންގެ ސަބަބުން މަނިކުފާނުގެ ސިޔާސީ ޙަޔާތް ބާއްޖެވެރިއެއް ނުވެއެވެ.

  19. އެއްހޮރުން2ކަށި

    އުފަ ފާވެފަ ފުރައިގެން ދިޔައިރު ވެސް މަނިކުފާނު ހުންނެވީ ހަނު ނޫން ތޯ ދެން އެވަރުންވެސް އެވަރުން ތިޔަވިދާޅުވަނީ އުފާހޯދަ ދޭ ށޯ ތިމަން މަނިއްޕުޅު މިއުޅުވަނީ!

  20. ޒިލޭބި

    ލާދީނިއްޔަތަށް ސަނާ ކިއުއްވާލަ ހުންނަވާ! ނިޔަތް ވަރަށް ސާފު!