ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ހިދުމަތްނުކޮށް ދެވިގެން އުޅެނީ އެމްޑީޕީ ބައިބައިވެފައި އޮތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އޮއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާބިތުކަމާއި ކެތްތެރިކަމާ އެކީގައި ކަންކަން ކުރިއަށް ގެންދަވާތީ އުފާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުފާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕާޓީގެ (އެމްޑީޕީ) ތެރޭގައި ހަމަނުޖެހުން ހުރިއިރު ވެސް އެމަނިކުފާނު ސާބިތުކަމާއި ކެތްތެރިކަމާ އެކީގައި ކަންކަން ކުރިއަށް ގެންދަވާތީ. އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކައިގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ވިސްނުން ގެންގުޅުނީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. ގާސިމް ވިދާޅުވި ގޮތުގައި، އެއީ ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވިސްނުންފުޅެކެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ އުސޫލުތައް ހިމެނޭ ބާބެއް ގާނޫނުއަސާސީގައި ލިޔެފައި ވަނީ ހާއްސަ މަޖިލިހުގައި ތިއްބެވި މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުންގެ ސަބަބުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭރުގައި މައުމޫނަށް ތާއީދު ކުރައްވާ 113 މެމްބަރުން އަދި އިސްލާހަށް އޭރު މަސައްކަތް ކުރެއްވި 29 މެމްބަރުން ތިއްބެވިއެވެ.

"މައުމޫން ބޭނުންފުޅު ނުވި ނަމަ ލާމަރުކަޒީ އުސޫލުން (ރާއްޖެ) ހިންގުމަށް ގާނޫނުއަސާސީގައި ލިޔެވި ދިޔައީސްތޯ؟ ނުދާނެ،" މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ވުޖޫދަށް ގެންނެވުމުގައި މުހިންމު ރޯލެއް އަދާކުރެއްވި ގާސިމް ވިދާޅުވިއެވެ.

އެކަމަކު، ގާސިމް ވިދާޅުވި ގޮތުގައި އެ ވާހަކަތައް އޭނާ ހާމަކުރެއްވީ މައުމޫނަށް ތައުރީފް ކުރަން ނުވަތަ އެހެން މީހަކަށް އުނިކަމެއް ލިބުނަ ދިނުމަށް ނޫނެވެ. އެއީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެގޮތުން ލާމަރުކަޒީ އުސޫލު ރާއްޖެ އަށް ގެނައުމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެކަން ދިޔައީ މައުމޫންގެ ރުހުން ވެސް އޮވެގެން،" ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ބޭރުގެ ޕްރެޝަރާއި ދިވެހިން ބޭނުންވެފައި ތިބި ކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ ބޮޑެތި މަގާމުތަކެއް މީގެކުރިން ފުރުއްވި ގާސިމް ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ ފެންވަރުންނެވެ. ރެއާއި ދުވާލު މަސައްކަތް ކުރައްވަނީ ދީނީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ބައެއް ބޭފުޅުން ވެރިކަމަށް ވަޑައިގެން "ހެއްދެވިހާ ދޮގު ހަދަމުންދާ މަންޒަރު" ފެންނަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ބައެއްގެ ފޯމްތައް ގާސިމް ހިފަހައްޓައިގެން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ކޮންމެ މީހަކު ވެރިކަމަށް އައިސް މި ފެންނަނީ ހެއްދެވިހާ ދޮގު ހަދަމުންދާ ތަން. ވަރަށް މާފު ކުރައްވާ. ހިޔާނާތްތެރިވަމުންދާ ތަން. އަބަދުވެސް ރީތި ވާހަކަ ދައްކަވާ ކޮންމެ ބޭފުޅަކު ވެސް،" ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި ގާސިމް ވިދާޅުވި އެވެ.

"ކޮންމެ މީހަކު ވެސް ވެރިކަމަށް އައިސްފައި އަބަދުވެސް ދައްކަނީ އެއް ވާހަކަ. ކުރަނީ އެއް ކަމެއް ވެރިކަމަށް އަންނަން. ކަންތައް ކުރަނީ އަނެއް ގޮތަށް،"

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީ އަށް މީހުން އިތުރުކޮށް، ޕާޓީ ވަރުގަދަ ކުރަން ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ އަމާޒެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކޮންމެ ފަދަ ނިކަމެތިކަމެއް އަޅުގަނޑަށް ދިނަސް، އަޅުގަނޑުގެ އަނބިދަރިންނަށް ދިނަސް އަޅުގަނޑުގެ މުދަލަށް ދިނަސް ކުރާ މަސައްކަތަކީ މިއީ،" ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދީނާރު

    ކާކު ކަލޭގެ މުދަލަކަށް ގެއްލުންދޭން އުޅެނީ ދޮގުނުހަދައްޗޭ ކަލޭވެސް ބޭނުންވަނީ ވެރިކަން :އިރާދަކުރެއްވިއްޔާ ހަނދާންނައްތާލަންޖެހޭނީ ފެންވަރު އޮޅިގެން ނޫޅުއްވަވާ؟

    19
    6
  2. ސލ

    މޑޕ އަކަށް ރާއްޖެއަށް ބޭނުންވާ ޚިދުމަތްތައް ކޮށެއް ނުދެވޭނެއެވެ ޕާޓީ އޮތީ ބައިބައި ވެ ނޭވާ ހޮޅިއަށް އެޅިފައެވެ ވެރިކަމާހެދި ބަގުޑި ބައްދަނީއެވެ ވެރި މީހާއަކީ ކާކުކަން ސާފެއް ނުވެއެވެ އެފަދަ ހާލެއްގައި އޮތް ޕާޓީއެއް ވެރިކަމުގައި އޮޔުމުން ރަެއޔިތުންނަށް ކުރާނެ ފައިދާއެއް ނެތެވެ

    23
    2
  3. ކާފަބޭ2020

    ބައިބައިވެފަތޯބަލަން ތިޔަތިންކައްތި ރިނައްޓާލަބަލަ ހަމަދާނީކު ރިއަށް މީހުންގެބޯކާންތިޔަހެންކިޔާނެކަމެއް ނެތްއެކަމެއްނުވާނެ ތިޔައުޅެނީ ދޮލަނގަށްއެޅޭބައި އަދިވެސްމަދުވެގެންއިތު ރުކޮށްލެވޭތޯ؟

    3
    6
  4. ސަންތިމަރިޔަބު

    މޮޔަފުޅުވީތޯ؟ މަނިކުފާނު ރައްޔިތުންނަށް ހަގީގަތް އަންގާނުދެއްވިޔަސް ތިޔަކުޅުއްވާ ގޭމް ވަރަށް ފުރިހަމަޔަށް ރައްޔިތުންނަށް އެގޭ ތިރީސް އަހަރުގެ ބާނީ ކަނޑަ ޖަށްސަވާ ކަނޑަ ފީވުމުން ފަސް އަހަރުން ކަނޑަ އާކުރަށް ވާކަންވެސް މަނިކުފާނަށް ރަގަޅައް އެގިވަޑާއި ގަންނަވާނެ
    ހަމަހިނިއަންނަނީ

    10
    4
  5. އިސްލާހު

    ރައިވެރިންނައްވެސްއޮވޭ3ތިން1ތި

    8
    1
  6. ބަހަނާ

    ކޮން މަކަރުވެރި ވާހަކައެއް ދައްކާންތަ ތިޔައުޅެނޭ ގުނބޯލާ

    10
    3
  7. އަހުމަދު

    ވަރައް ރަނގަޅު ވާހަކައެށް

    9
    2
  8. ނަރެލް

    އަމިއްލަ ރިސޯޓުތަކުގެ މުއައްޒަފުންނަށް މުސާރަނުދެވޭ ސަބަބަކީވެސް ކޮންމެވެސް ސިޔާސީ ޕާރޓީއެއް ބައިބައިވުންތަ ކާކުތިކޮސްވާހަކަ ގަބޫލުކުރާނާ

    15
  9. Anonymous

    ގާސިމު މިހާރު ހަނދާންނެތިއްޖެހެން ހީވަނީ ރ.މައުމޫނު ގާސިމު ޖަލަށްލާ އަނިޔާކުރިގޮތް، ކިތަންމެވަރަކަށް ނުބުނަން އުޅުނަސް ރައްޔިތުންނަށް ކުޑަދުވަސްކޮޅަކުން އެއްމެފައިދާކުރި ވެރިކަމެއްކުރީ ރ.ޔާމިނު ނޫންކަމަކަށްނުވާނެ، އެމަނިކުފާނު ވެރިކަމުގަ ކަލެއަށާއި އާއިލާއަށް ނިކަމެތިކަމެއް ލިބުނީވެސް ކަލޭގެހުރި އަމިއްލައެދުން ބޮޑުކަމުން، ރައްޔިތުންނާއި ގައުމުގެ ތަރައްގީއަށް ކަލޭމެން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި އިނާޔަތް ނުދީ އަންބޮޑި ބޮޑުކުރަންއުޅުން، ނިކަމެތި ރައްޔިތުމީހާ އެއްމެބިސްކޯދެއްގަތަސް ކަންމަތީ ފިހާރައިން ޖީއެސްޓީ ނަގާއިރު ކަލޭމެން ބޮޑެތި ވިޔަފާރިވެރިން ބޭނުންވީ އެއްމެލާރިއެއްވެސް ސަރުކާރަށް ނުދޭން، މިއީ ކަލޭމެންނަށް ރ.ޔާމީނުއަކީ ނުބައި ނުލަފާ މީހަކަށްހަދައި މައުމޫނު ގޮޅާއާއި ބައިވެރިވެގެން ރިޝްވަތަށް މަޖިލިސް މެމްބަރުން ގަނެ ބޮޑުހަނދުކޭތަ އަރާނެކަން އިޢުލާންކޮށްފަ ސުޕުރިންކޯޓުގައިތިބި ހުދުޖަނގިޔާ ފަނޑިޔާރުމެންބަނޑަށް ރިޝްވަތުފައިސާ އަޅައި ވެރިކަން ވައްޓާލަން އުޅުނީ، ނަތީޖާއަކީ ހުރިހާއަނިޔާތަށް ނިކަމެތި ރައްޔިތުންނާއި ގައުމަށްލިބުން، ގައުގައި ހުރިހާކަމެއް މިވަނީ ހުއްޓިފައި.

    16
    1
    • އޮރެންޖު

      100 ގެ ވާހަކަ އެއް.

      13
  10. އަޙްމަދު

    އެމްޑީޕީއަކީ ވަކި އެގެންޑާއެއް ޙާސިލް ކުރަން ނުކުމެ އުޅޭބައެއް! މިކަން ގިނަ އެމްޑީޕީ މެންބަރުނަކަށް ނޭނގޭ އެމީހުން ތިބީ ޑިމޮކްރަސީ ވައިރަހެއްޖެހި ސަލާމަތް ނުވާވަރަށް ޙަލާކުވަފެއި! ކައުންސިލް އިންތިހާބުގެ ފަހުން ބޮޑުމަންޒަރު ފެންނާނީ! އެރުން އޮންނާނީ މާލަސްވެފައި!

    12
    1
  11. ކުނޫޒު

    ޚިދުމަތް ނުދެވިގެން މިއުޅެނީ ބޮޑެތި ބިޔަ ގޮނޑިތަކަށް ނާގާބިލު މީހުން އަރާތިބީމަ، ނުކިޔަވާތިބި ނާގާބިލް އެންމެން އިސްތިއުފާދީ ގޮނޑިތަކުން ފޭބުމަށް ގޮވާލަން، އަދި ނާގާބިލް މީހުން ބިޔަ ގޮނޑިތަކަށް ލުމަށް ސޭޓްއަންހެނުުުންގެފިރިމީހާ ވެސް އިތުރަށް މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރަން

  12. ސޭޓް

    ތިމަ ހުޖަނު ފުރޭނީ ވެލިން ، މަނާއަކީ ؛ މަރުވެގެން ވަޅުލީމަ އިންސާނާގެ ހިތްފުރޭނީ............

  13. ރަންބުސްތާނު:

    ހުރިހާ ކަށިތަކެއް ބޭނުންކުރަމުންގޮސް މިހާރު ހިމަކައްޓެއްވެސްނެތް: ދެންތޮރުފޭނެ ވިދެއްވެސްނެތް: ބުރުމާޖެހޭނީ ރަށްކާކޮށްފައި ބާއްވަން އެއީ މިހާރު ބުރުމާގެ އެނބުރޭކަށް ވަކިއަތެއްވެސް ނެތްކަމަށް ކަމުގެ މާހިރުން ބުނެއުޅޭތީ، މިކަންވެސް ހާމަކޮށްލީއެވެ.

  14. ހަސީބް

    ޙަޤީޤަތުގައި ޤާސިމަކީ ރަގަޅު ބޭފުޅެއް، ދީނާއި ޤައުމިއްޔަތު ދެމެހެއްޓުމަށް ވަރަށް ވަކާލާތުކުރައްވާ، އެއީ ވ ރަގަޅުކަމެއް، އަންނިޔާ ދެކޮޅަށް ވާހަކަ ދައްކާތީ އެންމެ އަހަރެން އުފާވަނީ،

    3
    7
  15. ޢަންސާރު

    ޢެހ ހެންނޫނަސް ހިންނަވަރު އިބްރާހިމް އަކަށް ތަރައްގީއެއް ނުގެނެވޭނެ...

  16. މަހުޖަނަ

    ރައީސްއިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔަތުން ނަށް ހިދުމަތް ނުކޮށް ދެވި ގެން އުޅެނީ އެމްޑީޕީ ބައިބައި ވެގެންނޭ ތޯ ދެން ކޮބައި ތޯ ރައްޔަތުގެ މަޖިލިސްގެ ކުރީގެރައީސް ޖުމްހޫރޭ ޕާޓީގެލީޑަރު ގާސިމް އިބްމްރާހިމްގެ ކޯލިޝަން ސަކަރުކާރު ނޭގުނޭ އިގޭ ތޯ ގާސިމް ތިޔަވިދާޅުވި ބަހުގެ މާނައެއް!!!