ފ.އަތޮޅުގެ ސްކޫލެއްގެ ތިން މުދައްރިސުންގެ ފަރާތުން އެކި ދަރިވަރުންނަށް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފައި ވަނީ، ފ.އަތޮޅުގެ ސްކޫލެއްގައި މަސައްކަތް ކުރާ ތިން ފިރިހެން މުދައްރިސުންނަށެވެ. އެ ތިން މީހުން ކިޔަވާދޭ ދަރިވަރުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ބޭއަދަބީ މެސެޖްތައް، ކުރާކަމަށް "ވަގުތު" އަށް ވަނީ މައުލޫމާތު ލިބިފައެވެ. ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދެ ލީޑިން ޓީޗަރުންނާއި، ސުޕަވައިޒަރެކެވެ.

މިފަދަ މައްސަލަތައް، ފާއިތުވި ދޮޅު އަހަރު ތެރޭގައި، އެކި ދުވަސްވަރު ފެންމަތިވި ނަމަވެސް، އެކަމާއި މެދު އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ކަމާޢިބެހޭ ފަރާތްތަކަށް މައްސަލަތައް ރިޕޯޓްނުކޮށް، ލަސްކުރުންކަން "ވަގުތު" އާއި ވާހަކަދެއްކި އާއްމު މީހަކު ވަނީ ފާހަގަކޮށްފައެވެ.

ޖިންސީ ގޯނާ ލިބެމުންދާކަން އާއްމުންނަށް އެނގޭ، ފަރުދީ ޒިންމާ އަދާކުރުމުގައި ބޮޑުތަނުން ފެއިލްވެފައި

"ވަގުތު" އާއި ވާހަކަދައްކަމުން އެ ރަށަށް ނިސްބަތްވާ މީހަކު ބުނީ، އެ ތިން މުދައްރިސުންގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންދާކަން ދަރިވަރުން ފާހަގަކޮށްފައިވާ ކަަމަށެވެ. އަދި ބައެއް ދަރިވަރުންގެ ބެލެނިވެރިންނަށްވެސް އެކަން އެނގުނު ނަމަވެސް ރިޕޯޓްނުކޮށް ސިއްރު ކުރާކަން އޭނާ ފާހަގަކުރިއެވެ. އެކަމުގެ ސަބަބުން އެ އަމަލުތައް ހިންގާ މުދައްރިސުންނަށް އިތުރު ހިއްވަރެއް ލިބިފައިވާކަން، އެ އާއްމު މީހާ ފާހަގަކުރިއެވެ.

"އަސްލު ވަރަށް ދެރަވެސް ވޭ، ލަދުވެސް ގަނޭ. އަޅުގަނޑު ބޭނުން މި ވާހަކަ ދައްކައިގެން ހައްލެއް ހޯދަން. މި މީހުން މިކަމެއް ކުރާތާ އެތައް ދުވަހެއް. ކުދިންގެ ޖިންސި ގުނަވަން ތަކުގައި އަތްލުން ފަދަ ސީރިއަސް ކަންކަން ދިމާވެފައި އެބަހުރި. ކުދިންގެ ގައިގައި ބައްދާ، ކުދިންނަށް އުނދަނގޫވާހާ ކައިރީގައި ހުރެގެން ވާހަކަ ދެއްކުމާއި، ނުވަގުތުތަކުގައި މެސެޖްކުރުމުގެ އިތުރުން ބޭ އަދަބީ މެސެޖްތައް ކުރަމުންދަނީ. މި ރަށުގައި ވަރަށް އާއްމު ކަމެއް މިއީ ކަންކަން ފަސް އަޅާ ފޮރުވަން މަސައްކަތް ކުރާ ބައެއް. ވަރަށް ދެރަ ކަމެއް ނޫންތޯ މިއީ. މިތަނުން އެކަކު ކުދިން އެކްސްޓްރާ ކްލާހަށް ދިއުމުން ވަކިން ބައްދަލުކުރަންވެސް އެދޭ. އަދި މި މީހުންގެ ފަރާތުން ކިޔަވައިދޭ ރަސްމީ ވަގުތުތަކުގައިވެސް ދަރިވަރުންގެ ގައިގައި އަތްލަން މަސައްކަތްކޮށްފައިވޭ." އޭނާ ބުންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ ތެދެއްކަން "ވަގުތު" އަށް މި މައްސަލައިގެ މައުލޫމާތު ލިބެމުން ދިޔަ ވަރަކަށް ފާހަގަ ރެވުނެވެ. އެގޮތުން ޖިންސީ ގޯނާގެ މައްސަލަތައް ދިމާވި ބައެއް ކުދިންގެ ފަރާތުން "ވަގުތު"އަށް އެނގުނު ގޮތުގައި އޭގެ ތެރެއިން އެއް މުދައްރިސްގެ ފަރާތުން ވަރަށް ބޭއަދަބީ މެެސެޖްތައް ލިބެއެވެ.

"ވަރަށް ހަޑިކޮށް މެސެޖް ކުރޭ. ގޭގަ އުޅެނީ އެކަނިހޭ އަހާ. ސަރ ދަންހޭ އަހާ. އެހެން ކުދިންވެސް އެބަ ހުރި ބުނެފައި އެގޮތަށް ކަންކަންވާ ވާހަކަ." އެ ދަރިވަރު ކިޔައިދީފައިވެއެވެ.

ދަރިވަރުންނަށް ރަށު ސްކޫލްގެ ތިން މުވައްޒަފަކު، ޖިންސީ ގޯނާ ކުރާކަން ރަށުގެ ގިނަ ބަޔަކަށް އެނގެއެވެ. "ވަގުތު"އިން އެ ރަށު މީހުންނާއ ވާހަކަދައްކަން މަސައްކަތް ކުރުމުން އެ މީހުން ވަނީ އެ ފަދަ ވާހަކަތައް ރަށު ތެރޭގައި ދެކެވުނު ނަމަވެސް، އެއީ ތެދުކަން ޔަޤީންކުރާނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ. އަދި ބައެއް ދަރިވަރުންނާޢި ގާތް ގުޅުމެއް އޮންނަ ފަރާތްތަކުން ވަނީ ރިޕޯޓް ނުކުރަނީ އިންސާފް ލިބުމުގެ ބަދަލުގައި، އެ ކުދިން އިތުރަށް ބަދުނާމު ވެދާނެތީކަމަށް ޤަބޫލުކުރެވޭ ކަމަށް ބުނެފައެވެ.

"ރިޕޯޓް ކުރިއަސް ހައްލެއް ނުލިބޭ. ކުއްޖާ ދެކެ މުދައްރިސުން ރުޅި އައިސް، އެ މީހުން ކުއްޖާ އަށް އިތުރަށް ފުރައްސާރަ ކުރާނެ ނު. ކިހިނެއް ކުއްޖާ ސްކޫލަށް ދާނީވެސް؟ ރިޕޯޓް ކުރީމަ ކިތައް ކަންތައް ހައްލުކޮށްދެވުނީ؟ ދެން ފުރާވަރު ކުދިން ވިއްޔާ އާއްމުންވެސް އެއްޗެހި ކިޔަނީ އެ ކުދިންނާއި ދިމާއަށް. އެ ކުދިންނާއި ޒާތީ ވަނީ." އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ބުންޏެވެ.

ހިއްވަރު ދެއްކުމަށްފަހު، ރިޕޯޓް ކުރި މީހާ އަށް، ބިރުދެއްކުމާއި އިންޒާރު ދިނުން

އެކި ދަރިވަރުންނަށް، ސްކޫލްގެ ތިން މުދައްރިސެއްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ނަމަވެސް، އެ ވާހަތައް ރިޕޯޓްކުރުމުގެ ހިއްވަރު ދެއްކީ އެންމެ މީހެކެވެ.

އެގޮތުން އެ ސްކޫލްގެ އިސް މަޤާމެއް އަދާ ކުރާ މުވައްޒަފަކާއި ދެކޮޅަށް ޖިންސީ ގޯނާގެ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ އާއި ގުޅިގެން، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މުދައްރިސްގެ ފޯނު، ފުުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.

އެހެންނަމަވެސް އެހެން މުދައްރިސުންގެ މައްސަލަ ރަސްމީކޮށް، ފުލުހުން ބަލަމުން ނުދާކަން ފުލުހުންގެ މީޑިއާ އޮފިސަރވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހަށް މައްސަލަ ހުށަހެޅި ހިސާބުން އެ މައްސަލަ އަނބުރާ ނެގުމަށް ޕްރެޝަރކޮށް ބިރު ދައްކާ ކަމަށް، އިތުބާރު ހުރި ފަރާތަކުން ވަނީ ބުނެފައެވެ.

"އަޅުގަނޑަށް އެނގިފައިވޭ، ޕޮލިހުންނަށްވެސް ގުޅިކަމަށް އެ މައްސަލަ އޮއްބަން. އަދި މައްސަލަ އަނބުރާ ނަގަން ޕްރެޝަރ އެބަ ކުރޭ. ކުޑަ ތަނެއްވީމަ ވަރަށް އުނދަނގޫވާނެ، މައްސަލަ ހުށަހެޅީ ކާކުކަން ސިއްރު ނުވީމަ. މި މައްސަލަ މިއީ އެހެން މީހުންނާއި ދެކޮޅަށް އަޑު އުފުލަން ދަރިވަރުންނަށް ހިއްވަރު ލިބޭނެ ކަމަކަށް ވުން އެދެން. އެއީ ދަރިވަރުން ކައިރީގައި ޖިންސީ ގޯނާ ކުރާ މީހުން ތިބުމަކީ ރައްކާތެރި ކަމެއް ކަމަކަށް ނުދެކެން." ވަގުތު އާއި ވާހަކަދައްކަމުން އޭނާ ބުންޏެވެ.

ހައިރާންވާން ޖެހޭ ކަމަކީ، ސްކޫލަށްވެސް އެ ޝަކުވާތަށް ރަސްމީކޮށް ހުޅަނާޅާކަން

ސްކޫލްގެ 3 މުވައްޒަފެއްގެ ފަރާތުން ދަރިވަރުންނަށް ލިބެމުންދާ ޖިންސީ އަނިޔާ އާއި ފުރައްސާރައިގެ ވާހަކަ އަޑު އިވުމުން، ސްކޫލްގެ ބަހެއް މި މައްސަލައިގައި ހޯދަން "ވަގުތު"އިން ވަނީ މަސައްކަތްކޮށްފައެވެ. އެ ގޮތުން ކުރި މަސައްކަތުން، ސްކޫލަށް ރަސްމީކޮށް ލިބިފައި ވަނީ އެންމެ މުދައްރިސެއްގެ ޝަކުވާކަން "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ.

"ވަގުތު" އާއި ވާހަަކަދެއްކެވި ސްކޫލްގެ އޮފިޝަލް ވަނީ، ފުލުހުންނަށް މުދައްރިސަކާއި ގުޅޭ ޝަކުވާއެއް ހުށަހަޅާފައިވާތީ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން، އެ މުދައްރިސް، އެއް މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމްނެނަކީ އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާ ބައެއް ނޫން. ސްކޫލަށް އެނގިއްޖެއްޔާ އެ މައްސަލައެއް ބަލާނަން. އަދި ފިޔަވަޅުވެސް އަޅާނަން. ދަރިވަރުންގެ ރައްކާތެރިކަން ކޮމްޕްރޮމައިޒްއެއް ނުކުރާނަން. މިހާތަނަށް ސްކޫލަށް ލިބިފައެއް ނެތް އެހެން މުދައްރިސެއްގެ ޝަކުވާ. ފުލުހުން މައްސަލަ ބަލަމުންދާ މުދައްރިސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ސަސްޕެންޑްކޮށްފައި. އެއީ އެއް މަސް ދުވަހަށް. ބައެއް ފަހަރު މަގުމަތިން ދަނިކޮށް މީހަކު ބުނެފާނެ ކޮބާ އަޑު އެހީމޭ މިވެނި ވާހަކައެއް. އެކަމަކު އަޅުގަނޑުމެންނަށް ފިޔަވަޅު އެޅޭނީ މައްސަލައެއް ބެލުމުން. މައްސަލަތައް ރިޕޯޓްކޮށްފި ނަމަ ވަރަށް ސީރިއަސްކޮށް އެކަން ނަގާނަން." އެ ސްކޫލްގެ އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި "ވަގުތު" އާއި ވާހަކަދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންނާއި ޖެންޑާރ އިންވެސް ފާހަގަކޮށްފައި ވަނީ އެ ވުޒާރާތަކަށް ހުށަހަޅާފައި ވަނީ އެންމެ މުދައްރިސެއްގެ މައްސަލަ ކަމެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށް އެ ފަރާތްތަކުން ފާހަގަކުރައްވައެވެ.

ޖެންޑަރ މިނިސްޓްރީއިން ވަނީ އެ ވުޒާރާއަށް ހުށަހެޅި މައްސަލައިގައި ހިމެނޭ، ކުއްޖާ ވަނީ ރައްކާތެރި މާހައުލެއްގައިކަން ކަށަވަރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ޖިންސީީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް، ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓް ނުކުރުމަކީ މިހާރުވެސް ދިމާވާ މައްސަަލައެކެވެ.

އެފަދަ މައްސަލަތައް ރިޕޯޓްނުކުރުމަކީ، ޖިންސީ ގޯނާގެ އިތުރު މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތައް، ސަލާމަތްކުރުމަށް އެޅޭ ހުރަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ތި މުދައްރިސުންނަށް ވަޒީފާ ދިންއިރު ވެކްސިން ހަމަނުކޮށްވާކަމަށް ފާހަގަކުރެވޭ! ވީމާ ކޮންމެ ދުވަހަކު 19 ޑޯޒް ފިންލެންޑް ވެކްސިން 3 މަސްދުވަސްވަންދެން ހަމަކުރުމަށް ކަމާބެހޭ ފަރާތްތކާ ހަވާލުކުރުމަށްފެނޭ!

    28
    4
  2. ވާހަކަޔޯ

    ހިސާބަށްވުރެ ގިނައިން ކައިގެން އުޅޭ ބައެއްކަން ޔަޤީން! އަވަހަށް ފާގަދިޔައާއި ތަކޫވަކުފެން އެ ތިން މީހުންނަށް ގިނަގިނައިން ދޭންޖެހޭ!

    23
    5
  3. ތިމަންނަ

    ތެދުތެދަށް ބުނާނަމަ ބުނަންޖެހޭނީ ގިނަ ރަށްރަށުގައި ތިބި ފުލުހުންނަކީ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރާބައެއް ނޫނެވެ،

    52
    4
  4. ސުފުރާ

    ލޮބުވެތި އުހުތުންނޭވެ، ތިޔަބައިމީހުންގެ ޒިންމާ އިތުރުކުރާށެވެ. ތައުލީމީ ވުޒާރާގެ ސިސްޓަމް އެރައެއް އެބައުޅޭތާއެވެ. އަލުންފޯމެޓްކުރައްވާށެވެ. ގައުމުގައި ތިބި ދަރީން ގަދަދިހައިގަ ހިމެނުމަށް ބުރަމަސައްކަތްކުރަމުންދާހިނދު އެހެންހުރިހާކަމެއް މިވަނީ މުށުން ދޫވެފައެވެ. މިއީ ތަރުބިއްޔަތުގެ މައްސަލައެކެވެ. ތައުލީމު ދިނުމަށްވުރެ ތަރުބިއްޔަތު މުހިންމުވާސަބަބަކީ ތައުލީމުން ފެންނަން އޮންނާނީ ބީރުމަންމަން ސެޓްފިކެޓެކެވެ. ނަމަވެސް ތަރުިއްޔަތު ކުރެވިއްޖެނަމަ ކުއްޖާގެ ބޮޑުވެގެން ނިކުންނާނީ ރީތި ސިފަތަކަކާއެކުގައެވެ. ދެދުނިޔެ ބާއްޖަވެރިކުރެވުނީއެވެ.

    41
    5
  5. ސިމް

    ދެން އަވަހަށް ތި ޓީޗަރުން ހޯދާފަ ބިންހިއްކާ ކުންފުނީގެ ބޯޑަށް އައްޔަން ކުރޭ މިއެއްނު ޖިންސީ ފުރައްސާރަ ކުރާމީހުން ގެ އަގުވަޒަން ކުރުމަށް ކޮށްދޭކަމަކީ

    33
    3
  6. ސިއްރު ނުކުރޭ

    ކޮބާ ދާދިފަހުން ހަމަ އެރަށު ކުޑަ އަންހެންކުއްޖަކު ގޮވައިގެންފިލި އަދި އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުނު އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސް މީޙާ.
    ގައިމު ޖެންޑާ އަށްވެސް ޕޮލިސްއަށްވެސް އެމައްސަލަ ހުށަހެޅި.
    ވީކަމެއްނެތް. ފުލުސް މީހާ ) ވަގުތުން މާލެ ގެނެސް،، އެމައްސަލަ ވަނީ ސިއްރުކޮށްފައި. ހިންދާލަފައި. އެއީ މިހާރު ނުހިނގާ ކަމެއް.

    15
    4
    • ހާމަ

      ކުޑަ ކުއްޖެއް ގޮވައިގެން ފުލުހަކު ނުފިލާ ކަން އަދި އެކުއްޖާ ގައިގަ އަތް ވެސް ނުލާކަން ހުދު އެކުއްޖާގެ ބައްޕަ އަށް އެނގޭ ފަދައިން ރަށު އެންމެންނަށް އެކަން އެނގޭ! ހަމަ އެ މައްސަލަ ބަލައި ނިމިފައި އޮއްވާ ކުރިން މައްސަލަ ޖެއްސި ބައްޕަ، ގަދަ ކަމުން ކުއްޖަކާއި ބެހުނު ސްކޫލުގެ ކެމިސްޓްރީ ޓީޗަރގެ ދިފާއުގައި އުޅޭ ކަން ވެސް ރަށުގެ ކުދިބޮޑު އެންމެންނަށް އެނގޭ! އަދި އެމައްސަލަ އޮއްބާލަން ފުލުހުންނަށް ގުޅާކަން ވެސް އެނގޭ!

  7. މުހައްމަދު

    ހުރިހާ ޥެސް މައްސަލައަކީ ޖެންޑާ އެމީހުން ހުރިހާ ކަމެއް ވެސް ސިއްރު ކޮއް އޮއްބާ ލަނީ ނިލަންދޫ ޖެންޑާ ވ ކަޑަ

  8. ހިތާމައިން ރޮވޭ...

    ރާއްޖޭގެ ގިނަ ސްކޫލް ތަކުގެ ހާލަތަކީ ތީ.... ޓީޗަރުން އަންހެން ކުދިންނާ ބެހޭ ރަށްޓެހިވާންވެސް އަހާ...ބެލެނިވެރިޔާ ރުހޭނަމަ އޯކޭ... ޏުރުހެންޏާ ޖިންސީ ގޯނާ..

    10
  9. ވެރިން

    ރައްޔިތުން ނި ކުމެ މުދައްރިސް ރަށުން ބާލުވާ،ދަރިން ސް ކޫލަށް ފޮނުވަނީ އެމީހުން ފޮށިފަ ބޭނުންހާ އެއްޗެއް އެ ކުދިން ކާރީ ކިޔާފަ ދައް ކާ ކަށެއްނޫން.

    5
    1
  10. ޖިންސް

    ތި ކަމަމުގަ މުދައްރިސުން ވަރަށް ގޯސް، އެ ކަމަ ކު ތީގަ ކުދިންގެ މައިން ބަފައިންވެސް ގޯސް. ޓީޗަރު ފޮނުވާ މެސެޖް ކުއްޖާއަށް ލިބޭނެ މަގު ތަނަވަސް ކޮއްދީފަ އޮތީމަޔާ ފުރަމަ އެންގުނީމަ ކަމާ ބެހޭ ފަރާތަށް ރިޕޯޓް ނު ކުރީމަ.

    9
    1
  11. ާއަނާ

    ޙެޔޮނުވާނެ އެޖެން ހަދަން

  12. ނަން

    އިސްލާމީ ވެރިކަމެއް ފެއްނާނީ ކޮންދުވަހަކުންބާ؟