އއ.މަތިވެރި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއަށް ލިބިއްޖެއެވެ.

މަތިވެރީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނީ، ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއިން ވަކިވެ، އިދިކޮޅޫ ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް)އާއި ގުޅިވަޑައިގަތުމުންނެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ އެމްޑީޕީއިން ވަކިވާން ނިންމީ މަތިވެރީގައި ތިބި އެމްޑީޕީގެ އިސް ފަރާތްތަކުން އަމަލު ކުރާ ގޮތުން، އެ ފަރާތްތަކުން ޑިމޮކްރަސީއަށް އެއްވެސް ވަރަކަށް އިޚުތިރާމް ނުކުރާކަން ހާމަވާތީ ކަމަށެވެ.

އަދި އެމްޑީޕީއިން ވަކިވުމަށް ފަހު، ޕީޕީއެމް އާޢި ގުޅިވަޑައިގަތީ، ޕީޕީއެމްއަކީ މަތިވެރީގައި އެންމެ ވަރުގަދަ ޕާޓީއަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމް އާއި ގުޅުނީ ޕީޕީއެމް ވަރުގަދަ ވީމަ. މަތިވެރީގަ އެންމެ ވަރުގަދައީ ޕީޕީއެމް. އަޅުގަނޑަށް ކޮންމެ ޕާޓީއެއްގަވެސް މަތިވެރި ރިޕްރެޒެންޓް ކުރެވޭނެ. މުޅި ލީޑާޝިޕްގެ މައްސަލައެއް ނޫން އެމްޑީޕީގަ އުޅެނީ. އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ބާއްވަނީ. މަތިވެރީގައި ތިބި އެމްޑީޕީ މީހުން ބޭނުމެއް ނުވޭ ޕްރައިމަރީ ބާއްވާކަށް. ކުރިން އަޅުގަނޑު ހުރީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން. ދެން އަޅުގަނޑު ވާދަކުރާނީ ޕީޕީއެމް ޓިކެޓްގައި." އާތިފް ވިދާޅުވިއެވެ.

އާތިފް ވަނީ ކޮންމެ ޕާޓީއެއްގައި ހުންނެވިއަސް، މަތިވެރިއަށް ހިދުމަތް ކުރުން މަތީ ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއިން ވަކިވީވެސް ޑިމޮކްރެސީގެ އުސޫލާއި އެއްގޮތަށް ޚިދުމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ޕީޕީއެމް އާއި ގުޅިވަޑައިގަތުމާއި އެކު ޕީޕީއެމްއަށް މަތިވެރީ ކައުންސިލްގެ މެޖޯރިޓީ ވަނީ ލިބިފައި ވާއިރު، މަތިވެރީ ކައުންސިލްގައި ތިއްބަވާ ތިން ކައުންސިލަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގައި ހުންނެވީ ކައުންސިލްގެ ނައިބު ރައީސް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމިގިލީ މީހާ

    ލާރި ގަނޑެއް ލިބުނީ ދޯ.

    7
    67
  2. ޢަންސާރު

    މަތިވެރި ނަސްރަކަށް މުޅި ގައުމު އެބަ ތައްޔާރުވޭ.....

    86
    3
  3. ދަތްދޫނި

    ބޯން އުލުނު ބޯނޑި ތަޔަ ބުއީ އެންމެފަހުން. ދެނެއް ކައުންސިލަރު ކަމަކަށް ރައްޔިތުންނެއް ނުހޮވާނެ. ފަހަރެއްގާ ޖަމާއަތް ތެރިންގެ ތެރެއަށް ލެވިދާނެ.

    8
    66
  4. ާޤޫލީ

    މަތިވެރި ފަހުރުވެރިވާ މަތިވެރި ދަރިއެއް

    35
  5. ގލޅ

    ނައިބުރައީސް ވެސް އަވަހަށް ޕޕމ އާ ގުޅިވަޑައިގަތުމަޡް
    ދައުވަތު އަރުވަމެވެ ހަރުދަނާ ޑިމަކްރަސީ އެއް ބިނާކުރެވޭނީ
    ޕޕމ އަށެވެ މޑޕ އަކީ މަޒާޒެެއް މިސްރާބެއް ނެތި ލާއިހޫރޭ ބައެކެވެ ވަރަށް އަވަހަށް އޭތި ފުނޑުފުނޑު ވެދާނެއެވެ.

    35
  6. ޙައްގުބަސް

    ލާރިގަނޑެއް ނޫން މިހާރު މި އޮތް ލާދީނީ ސަރުކާރުގެ ޖާހިލުކަން ޖައްބާރުކަން ފެނުނީމަ

    45
  7. ބޮނދު

    ފަހުން އެނބުރޭނެ

    4
    17
  8. ދީންހިމާޔަތްކުރޭ

    މަރުހަބާ މަތިވެރި ކައުންސިލް ގެ ރައީސް އިސްމާއިލް އާތިފް އަށް ރަށު ގެ ނަން ވެސް މަތިވެރި ތިބޭފުޅާއަކީ ލާރިޔަށް ނުވިކޭނެ ބޭފުޅަކަށް ވާނެކަމަށް އުންމީދު ކުރަން އިތުބާރުކުރެވޭ ތެދުވެރި ތިރަށު ރައްޔަތުންނަށް ނަށް ދަތިވާ ކަންތަ ކޮށް ދެއް ވާނެ ކަމަށް މުންމީދު ކުރަން ޕާޓިޔާ ކުލަޔަކައް ނޫންބަލާން ވީއިސްލާމް ދީންހިމާޔަތް ކުރަން މަސަކަތް ކުރަންވީ ދެން ތިއް ބެ ވި ބޭފުޅުން ވެސް ޕާޓީފިކުކު ދޫކުރަށްވައި އިސްލާމްދީނާއި މިޤައުމުގެ ހައްގުގައި ތެދުވުމަށް އާދޭހާއެކު ދަންއނަވަން ކޮންމެ ހެން ޕާޓިއަށް ސޮއެ ނުކުރި ޔަސް އޯކޭ އިސްލާމް ދީނަށް ފުރަށްސާރަ ކޮށް އެމްޑީއެން ރިޕޯޓުނެރު ނުމީހުން ހިމާޔަތް ކޮށްގެން އެތިބި ބައިގަޑާ ދުރަށްޖެހިލުން އެދެން އިސްލާމްދީން ހިމާޔަތް ކުރަން އެދޭ ކޮންމެ ކައުންސިލްއެއް ވެސް ފާއިތުވެގެން ދާވަގުތަކީ އަލުން އަބުރާ ލިބޭނެއެއްޗެއް ނޫން އެންމެފުރަތަމަ ޤައުމާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލަން އެމްޑީއެން ހިމާޔަތްކޮގެން ތިބި ކޯލިޝަން ސަރުކާރާ އެއްކޮޅުގައި ތިއްބެވި ކައުންސިލް އަށް!!!

    19