ގިނަ ދުވަސްތަކަކަށްފަހު މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތިކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހުކުރު މިސްކިތުގެ ހަތަރު ހިރިގާ ވަޅާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. އެ މަސައްކަތް ފެށިއިރު މުންނާރުވަނީ ވަރަށް ބޮޑަށް ފެހި ޖަހައި ބާވެފައެވެ.

މުންނާފު ސާފްކޮށް، މިހާރު ވަނީ ރީތިކޮށްލާފައި - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިހާރުކުރެވިފައިވާ މަސައްކަތުން މުޅި މުންނާރުގައިި އުވަ އާއި ކުލަ ލައި ވަނީ ރީތިކޮށްފަ އެވެ.

ސްޓެލްކޯއިން ސީއެސްއާރުގެ ދަށުން ކުރި މި މަސައްކަތް ކޮށްފައިވަނީ ހެރިޓެޖް މިނިސްޓްރީގެ ތަކެތީގައެެވެ.

މުންނާފު ސާފްކޮށް، މިހާރު ވަނީ ރީތިކޮށްލާފައި - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި މަސަތްކަތް ނިންމުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުންނާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ.

މާލޭ ހުކުރު މިސްކިތު މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. ހިޖުރައިން 1085 ވަނަ އަހަރު މުންނާރު ބިނާކުރައްވައި ނިމުނު މި މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެ އެވެ.

ހިރި ގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ ފަތުރުވެރިންނަށް އެންމެ މަޝްހޫރު އެއް ބިނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަގޭޚިޔާލު

    ދެރައީ ތިތަން އެއްވަރެއްގަ ރީތިކޮށް ނުބެލެހެއްޓޭތީއެވެ. ކޮންމެ ފަހަރަކުވެސް ތަން ވަރަށް ބޮޑަށް ހަޑިވެ ކޮންމެވެސް ބަޔަކު ހަޅޭއްފަޅޭއް ޖަހައިގަތީމަ ނޫނީ ތިތަން ރީތިކޮށްނުލެވޭތީއެވެ. އާސާރީ ތަންތަން ހުންނަންޖެހޭނީ ފެހިޖަހައި ހިރަފުސްއަޅާފަ ކަމަށް އެފަންނުގެ ބޭފުޅުން ޤަބޫލުކުރަނީވެސް ތޯއްޗެކެވެ.

  2. މުުނީރާަ

    ހޫނ ދެން ހެވޭ އަބަދާއި އަބަދު ޝަކުވާ، ސަރުކާރުންވެސް ވީ ވަރަކުން އެބަ ކުރޭނުން ކަންކަން

    6
    3
  3. ޙދޖދ

    މި ކަމުގެ ސުކުރު ހައްގުވަފަރަތަކި ސްޓެލްކޮދޯ

    2
    1
  4. ބުނަން.....

    ތީ އަލައް ކުރިކަމެއް

  5. ކަމުގިސް

    ނުޖެހޭ ސްޓެލްކޯއިންކުރާކަށް. ސްޓެލްކޯގެ ލާރީގަ ހެރިޓޭޖްގެ ތަކެތީގަ

  6. ޝުކުރިއްޔާ

    މުންނާރު ކުލަލާ ރީތި ކުރިކަމަށްޓަކައި ތިމަސައްކަތް ކުރުމުގައި ޢަމަލީގޮތުން ބައިވެރި ހުރިހާ މަސައްކަތު މީހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ޚާއްޞަކޮށް މިކަމަށް ޚަރަދު ކުރުމަށް ފައިސާ ދެއްވި ލޮބުވެތި މުސްލިމު ދިވެހި ރައްޔިތުންނަށް ޝުކުރިއްޔާ