ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ، 5 އަހަރު ދުވަހުގެ ޖަލު ޙުކުމް، ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާ އިރު، މިއަދު މިވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.
މިއަދުގެ މި އަޑުއެހުމުގައި، ރައީސް ޔާމީނަށް، ޝަރީޢަތުން ދެއްވި ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން، އެންމެ ފުރަތަމަވެސް ވިދާޅުވީ، އެ މަނިކުފާނުގެ ޞިއްހީ ހާލަތާއި ގުޅިގެން ވިދާޅުވި ވާހަކަފުޅެވެ.
"އަޅުގަނޑުގެ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް. އެ މައްސަލަ އެންމެ ފުރަތަމަ އެނގުނީ ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކަށް ބަންދުގައި ހުންނެވިއިރު. އަޅުގަނޑު މިނިވަން ކުރުމަށް ހަމަ އެ ކޯޓުން ޙުކުމްކުރީވެސް މި ދެންނެވި ޙާލަތަށް ބައްލަވާފަ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އޭގެ ފަހުން އަޅުގަނޑު ގެންދިޔައީ ބަރާބަރަށް ޑޮކްޓަރަށް ދައްކަމުން. ޑޮކްޓަރ ރިކޮމަންޑް ކުރައްވާފަ އެބަވޭ ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވަން. އަދި އަޅުގަނޑުވެސް ބޭނުންވާނީ، ހިތުގެ މައްސަލަ އެއް ވީމަ، ވީ އެންމެ ރަނގަޅު ފަރުވާ އެއް ބޭރުން ހޯއްދަވަން. ނަމަވެސް އަޅުގަނޑު ރާއްޖޭން ބޭރަކަށް ނުދަން. ނުދިޔައީ، އެ ދަނީ ފިލަން ކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވިދާނެތީ.". ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ވާހަކަފުޅުތައް އަޑު އެއްސެވުމަށްފަހު، ހައިކޯޓުގައި މި މައްސަލަ ބައްލަވާ އިސް ފަނޑިޔާރު، އަލްއުސްތާޒު، ޙުސައިން މަޒީދު ވަނީ، އެ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވޭތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ، އެ ލިޔުންތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އެންމެ ފުރަތަމަ ބަންދު ކުރި ދުވަހުން ފެށިގެން، ޞިއްހީގޮތުން ހޯދާފައިވާ ފަރުވާ އާއި، އަދި ހަދާފައިވާ ޓެސްޓުތަކުގެ މަޢުލޫމާތު، ރައީސް އޮފީހަށާއި، ކަމާއި ގުޅޭ އެންމެހާ އިދާރާތަކަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލަ ބައްލަވާ އިސްފަނޑިޔާރު ވަނީ، ރައީސް ޔާމީންގެ ޞިއްޙީ ޙާލަތާއި ގުޅޭގޮތުން ދަޢުލަތާއިވެސް ސުވާލު ކުރިމަތި ކުރައްވާފައެވެ. ޖަވާބުގައި ދަޢުލަތުގެ ވަކީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ޙުކުމަށް ފަހު، އެމަނިކުފާނުގެ ޞިއްޙީ ޙާލަތާއި ގުޅޭ އެއްވެސް ލިޔުމެއް ދަޢުލަތަށް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން، ފަރުވާގެ ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް، ޤަބޫލުކުރައްވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ، ރައީސް ޔާމީންގެ ބަލިހާލަތާއި ގުޅޭގޮތުން، ހުށަހަޅުއްވަން ބޭނުންވާ ހުރިހާ ލިޔުމެއްވެސް، ތިން ދުވަހުގެ ތެރޭގައި ހުށަހަޅެމުގެ ފުރުޞަތު އިސްތިޢުނާފު ކުރާ ފަރާތަށް ދީފައެވެ. އަދި ބަންދުގައި ތިބޭ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ގޮތުގެ އުޞޫލުތައް ކޯޓަށް ހުށަހެޅުމަށް، ދަޢުލަތަށްވެސް ވަނީ މިއަދު އަންގާފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ، އިސްތިިޢުނާފުގެ މި މައްސަލަ ބައްލަވަނީ 3 ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ހައިކޯޓުގެ އިސްފަނޑިޔާރު، އަލްއުސްތާޒު، ޙުސައިން މަޒީދާއި، ފަނޑިޔާރު، އަލްއުސްތާޒު ޙުސައިން ޝަހީދުގެ އިތުރުން، ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ނިޔާޒެވެ.
ސާބަހޭ ރައީސް ޔާމީން.. އަންނި އުޅުނު މުޑުދާރު ފިނޑިވައްތަރަށް ނޫޅޭތި.. އަހަރެމެން ލަދުގަނޭ އޭނާ ލަދެއްހަޔާތެއް ނެތަސް
ގަޓު ރައީސް ގާސިމް އައިސީޔޫގައި އޮވެގެން މަލާމާތްކޮށްކޮށްފައި މިހާރު މި ޖެހުނީ ކޮންތާކު؟ މުސްކުޅި ބޭބެ ޖަލުގައި ކެތްކޮށްލިހާ ދުވަހުވެސް ކެތެއް ނުވިދޯ؟
މޑޕ ގުންަޑާއިން ވަރަށް މޭ ކަރާ ދޯ
ކޮބާ ސަލާމަތްވާނެ އެއްވެސް ގޮތެއްނެތީމަ ފިލާރައްކާވަން. ދެން ކަދުރު ބޮނޑިޔޯ؟
ނުފިލާނެކަމުގެ %500 ޔަގީންކަން ދިނީމަ ގަބޫލު ކުރާނީ. ލޮލް
މާއިބަދަ އަށް ގެއްލުންވެ ޕެރަލައިޒް ވާނީ އޭކިޔާ ފަ ދޮގުތަށް ހަދާއިގެން ބޭހަށޭ ކިޔާ ފަ ބަޔަކު މީހުން ފިލިޔަސް ރާއީސް ޔާމީނަކީ ގައުމު ދޫކޮށް ރައްޔިތުން ދޫކޮށް ފިލާނެ މީހެއްނޫން .
* ކުރިންވެސް ނުފިލޭނެ ދެންވެސް ނުފިލޭނެ
ސާބަސް ޔާމީނަށް ތީހަމަ ބަރާބަރު ވެރިޔެއް
ގެރިއެއް
ބަކަ ރިއެެއްއޮވޭ މަޖިލިސް ގޭގަ
މިއުޅެނީ ފިލަން..މިހާ ދުވަހު ގަދަ ދައްކާފަ އުޅުނު މީހަކަށް ކިހިނެއް މި ވަނީ
ނުފިލާނަމޭ ބުނެފަ ދިމާ އިނދިކޮޅަށް ޢަމަލުކުރާ ރައީސްކަންކުރި މީހެއް ހުންނާނެ އަންނި ކިޔާ މީހެއް
މުރުތައްދު އަންނި ފިލިޔަސް ރ ޔާމީން އެއް ނުފިލާނެ
މިފަހަރު ނުފިލޭނެ ކުރިޔެއް ފަހެއްކިޔާނެ ކަމެއް ނެތް އަދިރޭބުނީ ޔާމީން އަކީ ޖަލުމީހެކޭ އެއީ ޖަލައް ހުކުންކުރީމަ
އަހަރެން ކުރީގަ ޔާމީން ދެކެ ރުޅި އާދޭ، މީހުން ކިއާ އެއްޗެހިން ހީކުރީ ނުލަފާ މީހެއް ކަމައް،
ޢެކަމް މި އުޅޭ ބައިގަނޑު ވެރިކަމައް އައީމަ މިއެނގުނީ ހަގީގީ ނުލަފާލަކީ ކޮބާކަން...!!
-ކޮރްޕްސަނުން ރިކޯޑް
-ކުޑަ ކުދިންނާ ބެހުމުން ރިކޯޑް
-ދީނައް ފުރައްސާރަ ކުރުމުން ރިކޯޑް
ޔާމިނުގެ ސަރުކާރަށްވެސް އިބްތިހާލް، ރިލްވާން ފަދަ މީހުންނަށް ވީ ނުވިއެއް ނޭނގުނެވެ. މިއީ ހަމަ ދިވެހިންގެ ނުލަފާ ކަމެވެ، ކޮންމެ މީހަކު ވެރިކަމަށް އަޔަސް ދިވެހިން ބަދަލެއް ނުވާނެ
މޑޕ މީހުން އެކަނި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކުރުން އެހެން ހުރިހާ ވެރިކަންތަކުގަ ހިނގި ކަންތައްތަކާ އެއްވަރު ކުރާނީ. ސާބަސް ލައިކް ކުރި އެންމެންނަށްވެސް. އިބްތިހާލް އޭ ގޮވަން ލަދެއް ނުގަނޭ ދޯ. ތިހުރީ މިނިސްޓަރު ކަން ދީފަ
މީނަ ގެނައިވަރައް ތަރައްގީ ނުގެނެވޭނެ، އިބޫ އައް 10 އަހަރު، އަންނި އައް 10 އަހަރު، ޖުމްލަ 20 އަހަރު އެމްޑީޕީ އައް ދިނަސް.
މަގޭ ވޯޓް އެމްޑީޕީ އާ ވާމިހަކައްވެސް ހަރާމް.
ގޮހޮ ރޭމައިބަދަ ފުޑިފަހު ރެގެންނޭކިޔާފަ ފިލިއަސް ރައްގީގެބާނީ ރައީސްޔާމިން ނުފިލާނެ ފިލަންބޭނުންނަމަ ފު ރުސަތުލިބިނުފިލީ ހުސްބަކަ ރިތަކަށް ވސަލާން
'' އަހަރެންގެ މައިބަދާގަ މައްސަލަ އެބައުޅޭ ވ ބޮޑަށް ރިއްސާ ކޮޅަށް ، އިށީނދެގެން ، އޮށޯވެގެން ނުހުރެވޭ އަހަރެން ޔޫކޭއަށް ފޮނުވަދީ އަހަންރެން މީ ފިޑިއެއް ނޫނޭ އަހަރެންނަށް ސަޕޯރޓް ކުރާ މީހުންނަށް ވެސް ލަދު ދޯ އަހަރެން ފިލާފިއްޔާ '' މިވެސް މީހަކު ދެއްކި ވާހަކަކޮޅެއް
ސާބަހޭ ރައިސް ޔާމިން ...
ބަލާބަލަ ވގކަލޭގެ މީދާކާބުޅަލެން ހެން މަސްޖަހާލާފަ އިހުނައްވުރެ ވަރުގަ ޓިނުބުނީ އަނަރޫފަވެފަޔޭ ހީވަނީ ޖަލުމީހެންހެނޯ އާ މިހާރު ޖަލުމީހެއް ނޫންކަމަކައްނުވާނެ ހެހޭ ހެހޭ
އޯ ހެހޭ ހެހޭ. މަމީ މުރުތައްދެއް ފަހަތުން ދުވާ މޮޔައެކޯ. ހެހޭ ހެހޭ. ހާދަހާ ވާ މަޖަލޭ
ހައި ކޯޓުގެ އިސް ފަނޑިޔާރަކީ ޝުޖާޢު ޢުޘްމާން އިނގޭތޯ.
ސާބަހޭ ރައީސްޔާމީން ތިކުރައްވާ ހިތްވަރަށް ރމައުމޫން ރނާސިރު އަށްވެސް އެންގީ ރާއްޖެދޫކޮށް ދިއުމަށް ހަމައެގޮތަށް ރޔާމީން އަށްވެސްއެންގި ރާއްޖެ ދޫކޮށް ދިއުމަށް ރނާސިރަށް ހެދިހެން ރޔާމީންއަށް ހަދަން ވެސް މައުމޫން ބޭނުވޭ ނަމަވެ މައުމޫގެ ބާރާއި ނުފޫ ޒުން ކިތަމެގިނަ ދުވަހަކު ރައީސްޔާމީން ޖަލުގައި ބަންދުކޮށްފަ ބޭންދިޔަ ސް މައުމޫނަށް ބުނެލާނީ ރޔާމީން މަނިކުފާނުބުއްޏަސް ރާއްޖެ ދޫކޮށް ފަ ރައީޔާމީނެއް ނުދާނެޔޭ އަދި ރމައުމޫން ރނާސިރަށް ހެދިގޮތް ރޔާމީނަކައް ނުހެދޭ ނެޔޭއެކަން އެކަން ހަނދާން ނަށްތާލަން ޖެހޭނީ މައުމޫން އެއް ނޫން އެހެން މީހަކައްވެސް ރޔާމީން މިދިވެހި ރާއްޖެއަކުން ފޮނުވައެއް ނުލެވޭނެ ރމައުމޫން ނާސިރު ދައުރުގައި ވެރިކަން ބޭނުންވެގެން މަކަރާއި ހީލަތުން ވެރިކަވެރިކަ ބޭނުންވެގެން ރނާސިރު ވެރިކަމުން ދުރުކުރީ މައުމޫން ނާސިރަށް އިންޒާރުދީ ބިރުދައްކައިގެން ގަދަކަމުން ރނާސިރު ރާއްޖޭން ބޭރުކުރީ މައުމޫން އިސްވެހުރެގެން މިހަގީގައް އެގޭ ކިތަމެ މީހެއް މިހާރުވެސް މިރާއްޖޭގައި އެބަތިބި އަހަރެން ވެސްކުރީގެށް ހަނދާންއެބަހުރި މަދަރުސާގައި އުޅުނު އިރު ފަލަރޯނުން ބަދެފައިން މީހެއްގެ ބޮޑުބޮޑު ޕޯޓަރެއް ބިމަތީގައި ބާއްވާފަ ބިރުވެރި ގޮތަކައްއޮތް ވަޅިޔެއް ފަހަރަކު ކުއްޖަކު ނުއްޖަކު އަތަށް ދީފަބުނީ އެޕޯސްޓްރ ގައި އެވާ މީހާގެ ލޮލަށްށާ މެޔަށްށާބަޑަށް އެވަޅި ޖަހާށެ އެހެންބުނީ އޭރުގައި ހުންނަ އޮފީހުގައި މަަސައްކަތް ކުރަންއުޅޭމީހާ ބުނީ ވަޅިނުޖަހާކުދީން ވެރިޔާގެންގޮ ހައްޔަރުކުރާނެއޭ ގެގޮސްފަ ކީސްބިޑި އަޅާ ފަޔޯބައިންދާނީ ޕޯސްޓަރަށް ވަޅިނުޖަހާ ކުދީ ދެން މަދަރުސާ ހުރިހާކުދީން ފަހަރަކު ކުއްޖެއް ވަޅިޖެހީ އެޕޯޓަރްގައިއިންމީހާގަ ޔަށް މަށަށް ނުކެރުނު އެވަޅިއޮތްގޮތުން އޭގައި އަތްލާކަށެއް ދެންއެމީހާ ކުރިކަމަކީ އަހަރެން އަތަށް ވަޅިލާފަ އަހަރެންގެ އަތާއެއްކޮ ހިފަހައްޓާފަ އެޕޯސް ޓަރްގައި އިން ރނާސިރުގެ ދެލޮލާ މެޔާބަޑަށް އަހަރެން އަތުގައި އެމީހާ ހިފުހުޓުވާފައި ވަޅިޖެހީ މިހާރު ސިޔާސީ ކަންތަކު ތެރެއަށް ވަދެވުނީމަ މިއެގެނީ ރމައުމޫނުގެ ހުރިނުބައި ނުލަފާކަން އެއީވަރަށް ކުރީގެ ހަނދާނެއް އަރެން ކިރިޔާ ކުޑަކުޑަ ކޮއް ހަނދާނހުން ނަނީވެސް މިހަދާން އައީވެސް މައުމޫން ރައީސްޔާމީންއަށް ރާއްޖެދޫކޮށް ދާށޭ އެގީމަ ކޮންފަދަ ބިރެއްތަ ރމައުމޫން ދެއްކީ ރނާސިރުގެ އުފަން ބިމުން ޖާގައެއް ރނާސިރުއަށް ނުލިބުނީ އެނގޭ މީހަކު ކިޔާދީ ބަލަ އޭރުން ފެށިގެން އަދިއަދަށް ވެސް ނޭގޭ އެހެން ނަމަވެސް އެ ގުން ވަރަށް މުހިމު ސިއްރުތަކެއް ވާކަން ހަމަކަށަވަރު ރނާސިރު އުމުރު ދުވަހު ރާޖޭން ބޭރު ރާއްޖެ އަންނަން ބޭނުންވޭ ނާދެވޭގޮތް ވެފަހުންނަން ޖެހުނީ ކީވެތަ ކަކުބިރުދައްކައި ގެން ކާކުގެ ނުފޫޒެއް ގެދަށު ހައްޔަރުވެފަ ހުރީމަތަ އެގޭމީހަކު ކިޔާދީބަލަ ހެޔޮނުވާނެ ރނާސިރު އާއި ރޔާމީންގެ ނުގުޑާފަދަ އަޒުމާ ކެރުމާ ޖެހިލުން ކުޑަކަމާ ހިތްވަރު މިއަދު ދިވެހި ރައްޔަތުންނަށް ސާބިތުކޮށްދޭން އެބަޖެހޭނޫންތޯ؟ އެދެ ފަހުލަވާނުން ދެކެ ސިޔާސީ ނުފޫޒުވެރިން ނަފުރަތު ކޮށް އެދެ ފަހުލަވާނުންގެ އުފަންމިދިވެހި ބިމުން ބޭރުކުރާން ސިޔާސީވެރީންނަށް އޮތީ ކޮންހައްޤެއްތޯ؟ ނަފްރަތު ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ؟
ހުކުމް ކުރީމަ ނޫނީ ބަލިކަމެއްވެސް އިނގޭ މީހަކު ނޫޅެނީބާ!
ރައީސް ޔާމީން ވިދާޅުވީމަ އަހަރެން ގަބޫލު ކުރަން ކަލޭ ނުކުރިޔަސް. އެއީ ހަމައެކަނި މިގައުމު ދެކެ ލޯބިވާ ބަހާ އަމަލު ދިމާވާ ރައީސް. ދެން ހުރި ބޮލުރޮދިންގެ ވާހަކަ ނާހާ. އެމީހުން ބަލިތޯ ނޫންތޯ މަށަކަށް ނޭނގެ
ފިލަންވެގެން މާފަރު އެއަރޕޯޓް ތައްޔާރު ކުރި ! ފުރައިގެން ނުދެވުނީ މިހާރު އޮތް ސަރުކާރުން ކަލެއަށް އެފުރުސަތު ނުދިނީމަ ! އެހެން ނޫންނަމަ ކަލެއާއި ކަލޭގެ އައުވާނުން ފިލާ ރައްކާވީސް ކަން ކަށަވަރު ! މިހާރު ކަލޭ ބޭރަށް ފޮނުވިއަސް ސަހަލު ގޮތަކަށް އެބުރި ނާންނާނެ ! އަންނާނީ ބަރު ހަތިޔާރާއި ޓެރަރިސްޓުން ގޮވައިގެން ، މިޤައުމު ސުންނާފަތި ކޮށްލަން ! ކަލެއަކީ ހިޔަޅަކަށް ވުރެ މަކަރުވެރި ގީދަޅު މީހެއް !
އޭ. ޓެރަރިސްޓޭ ބަރު ހަތިޔާރޭ މީހުން ގޮވާ އުޅެނީ ނަޝީދަށް. އޭނާއަށް ތޯއްޗެއް މީނަ މިއެތިވަރު ގޮވަނީ. އަދި ލާދީނީ ވެސް ލާ ތިލިސްޓަށް
ތިޔައީ އަޅުގަނޑުމެންގެ ރައީސް! ރައީސް ޔާމީން އިއްޔެވެސް މިއަދުވެސް ތި ދައްކަވަނީ ފުރިހަމަ ލާމަސީލް ނަމޫނާ. އަޅުގަނޑުމެންގެ ހިތްތަކަށް ތަސައްވަރު ނުކުރެވޭފަދަ ތަރައްގީ ގެންނެވުމަށްފަހު، 5 އަހަރުގެ ވެރިމެއް ފުރިހަމަ ކުރައްވާފަ، ދުރަށް ވަޑައިގެން ދެންވެސް ގައުމު ހަލަބޮލި ކުރެއްވުން ފަދަ އެއްވެސް ނޭދެވޭ ކަމެއް ނުކުރައްވާ. ނުހައްގުން ހުކުމް ކުރާނެކަން އެނގިވަޑައިގެން އިރުވެސް ފިއްލެވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ. ރައީސް ޔާމިން ތި ދައްކަވާ ސާބިތުކަން ފެނި ހައިރާންވެއްޖެ. ރައީސް ތިޔައީ ހިދުމަތްތެރިއެއް. ތިޔައީ ހިތްވަރުގަދަ ބޭފުޅެއް. ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި މީގެ ބަދަލު ރައީސަށް ހިތިކޮށް ދިނަސް، މާތް ﷲ މި ދުނިޔެއާއި އާހިރަތުގައި ރައީސަށް ހެޔޮ ބަލަދު ދެއްވާނދޭ. ޢާމީން.
ރ ޔާމީން ބޭސްވަރުވާއަކަށް ރާއްޖެއިންބޭރަށް ވަޑައިގަތް
ނަމަވެސް ނުފިއްލަވާނެއެވެ އަދި ބުރިކައްޓަށާއި ނިއްކުރިއަށް
ވާގިއަރުވައި ޖަލަށް ނުވަންނަން ވެސްނޫޅުއްވާނެއެވެ. އެހެން
ނަމވެސް 2023 ގައި ޖަލަށްލެވޭނެ މީހުންގައި މި ހިއްވަރު
ނުހުންނާނެއެވެ. ކުރިންވެސް އޮތީ އެކަން އެނގޭށެވެ.
ސާބަސް ރ ޔާމީން ގޮނޑިދުއްވަން ނުދާނެކަމުގެ 200% ގެރަންޓީ މިއޮތީ ލިބިފައި އބސ ކިތަންމެވަރަކަށް ޝަރީޢަތަށް އަތްފައި ބޭނިއަސް ވަގުތުޖެހުމުން ޔާމީނު ޖަލުގޮޅިން ނުކުންނާނެ އިންޝާﷲ
ދިވެހި ދައުލަތުގެ ދީނާ ސިޔާދަތު ދަންނަ ވެރިއެއް ރަޢީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަކީ.މާޝާﷲ
ރައީސް ޔާމިން ފިލަންޖެހޭ އެއްވެސް ސަބަބެއް ނެތް! ރައީސް ޔާމީން ޖަލަށްލީ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވާތީ ޕާޓީ ކުދިން ހިންހަމަ ޖައްސަން! ރައީސް ޔާމީން މި ގައުމުގެ ރައްޔިތުންގެ ހައްގުގައި ޖަލުގަވެސް އޮންނަންކެރޭނެ! ރައީސް ޔާމީނަކީ މިގައުމުގެ ބާނީ!
ފިލަން. ވަގުތުލިބި ނުފިލާ ނުވެއްޓި ކެރޭކަން ދެއކި ގަޓް ރައީސް ޔާން
500% ޔަގީން ޔަގީން ޔަގީން ތިޔަ ބުނުއްވީ ތެދެއްކަން !