މާލޭގެ މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު 13:23 އެހާކަށް ހައިރު ކަމަށާއި، މި އެ ކެފޭގެ ބަދިގެ ތެރޭގައި ހުރި ގޭސް ފުޅިއެއްގެ ހޮޅީގައި އަލިފާން ރޯވެގެން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުން ދިޔައިރު ހޮޅީގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.

އެމްއެންޑީއެފް އިންވެސް ވިދާޅުވީ، އެ ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކުރި ކަމަށެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.