ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކަލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވައިރޮމެންޓް ކޮމިޓީއިން މިފަދަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަން ހާމަކުރީ މަޖިލީހުގެ އިދާރާގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައެވެ. އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ ރާއްޖޭގެ ރަށްތަކަށް ރަށްގިރުމުގެ މައްސަލަ ކަންބޮޑުވާ މިންވަރަށް ދިމާވަމުންދާތީއެވެ.

އެ ކޮމިޓީ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 11:00ގައި މަޖިލީހުގެ އިދާރާގައެވެ.

https://twitter.com/mvpeoplesmajlis/status/1222111323737059330

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މި ބައްދަލުވުން ކުރިއަށްދާނީ އާއްމުކޮށް ކޮމިޓީ ބައްދަލުވުން ކުރިއަށްދާ އުސޫލުން ކަމަށެވެ.

އެ ބައްދަލުވުމުގައި، ރަށް ގިރުމާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާގައި ބާއްވާ އެ ބައްދަލުވުމަށް ވަނުމަށް އާއްމުންނަށް ބާއްވަން ފުރުސަތު ދިނުމަށް ނިންމާފައި ވާއިރު، އާއްމުންނަށް ފުރުސަތު ދެމުންދާނީ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ތަރުތީބުން ކަމަށް އޭނާ ވިދާޅުވިއެވެ.

" ޖާގަ އޮތް ވަރަކަށް އަޅުގަނޑުމެން ފުރުސަތު ދޭނަން. އާއްމު އުސޫލާއި އެއްގޮތަށް ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދާނީ. މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ. "

ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ސީރިއަސް މައްސަލައެކެވެ. ފަހަކަށް އައިސް ވިއްސާރަ ދުވަސްވަރު، ގިރަމުންދާ ރަށްތަކަށް އުދަ އެރުމުގެ މައްސަލަވެސް ދަނީ ދިމާވަމުންނެވެ.

އަދި ރަށުން ބޮޑުބައެއް ގިރުމުގެ ސަބަބުން، ބަނދަރާއި ޖެޓީތަކަށް ގެއްލުންވުން ފަދަ ސީރިއަސް މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ރާއްޖެ އަށް ބަލާވެރިކަމެއް ލައިގަނެއްޖެ ބިރުވެތިވޭ