ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަަމަށް ޖުޑީޝިއަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި 18 މައްސަލައެއް ތާވަލު ކުރެވި، އެ ކޮމެޓީން ބަލަން ނިންމި ހަތަރު މައްސަލައެއްގެ ތަހުގީގު ކޮމެޓީ އެކުލަވާލި ކަމަށެވެ. އަދި އެ ކޮމެޓީގެ ބެލުމުގެ ދަށުން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލައެއް ބަަލަން ނިންމާފައިވާކަމަށް ކޭއެސްސީީން ވިދާޅުވިއެވެ.

އެ ގާޒީގެ އިތުރުން، އދ ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރުގެ މައްސަލައަކާއި، ގއ. ނިލަންދޫ ކޯޓުގެ މެޖިސްޓްރޭޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިން އަބްދުލްހަކީމްގެ މައްސަލައަކާއި، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޅ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާއާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަން ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މި ފަނޑިޔާރުންނާއި ގުޅޭގޮތުން ބަލަމުން ދަނީ ކޮން ކަހަލަ މައްސަލަތަކެއްކަން ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބައެއް މެޖިސްޓްރޭޓުންނާއި ގުޅޭ މައްސަލަތައް ބަލައި، ފިޔަވަޅުވެސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާހިރު

    ފަނޑިޔާރުން ގެ މޫސުމެއް ބާ ޓާރމް ނިމެންދެން؟؟؟

  2. ޙުސެންކަލޮ

    ޟމިއީ ދިވެެއްސެއްތޯ.

  3. ޙުސެން

    ސަބާސް މީދޯ ހިޝާންގރެ މަސައްކަތަކީ

  4. އިސްލާހު

    ބަލަ މިހިސާނު މެންކަހަލަ ޖަންގަލީގެ ގާނޫނު ކިޔެވިމާ ޔަހޫދީން ގެންގުޅޭފަލްސަފާތައް ސަރުއީނިޒާމް ބައްޓަން ކުރީމާ މިހީސާނު މިބަލަނީ އާމާލް ކޫލޫނީކަހަލަގައިރުދީންތަކުގެ މީހުންގެނައިސްގެންއެކަހަލަ ލާދީނީއެޖެޑާކުރިއައްލައިގެން ދެން ސީދާ މިވެރިން އިސްލާމްދީނައް ފުރައްސާރަ ކުރާކަން އައުރަ ނިވާ ނުކުރާ އަންހެނަކުލައްވާ ފަޑިޔާރުންނައް ހުވާލާދީ މިހަދަނީ މުޅި ޝަރުއީނިޒާމް ފުޑާލައިފި މިގައުމު މިވަނީ ބިރުވެރިކަމުގެ؟؟