ރޭ އުރީދޫއިން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ އިވެންޓްގައި ބައިވެރިވުމަށް ޒުވާނުންނާއި ގުޅޭ، ޒުވާނުންގެ މިނިސްޓަރ މަހުލޫފް އަހުމަދުވެސް ވަޑައިގަތެވެ. އޭނާ ވަނީ އެ ހަފްލާގައި އުރީދޫން މި އަހަރު ތެރޭގައި ބައްވާ އުރީދޫ ކަލާ ރަން އިފްތިތާހްކޮށްފައެވެ.
އެ ހަފްލާއަށް އޭނާ ވަޑައިގެންނެވީ ރީތި ގަމީހެއް ތުރު ކުރައްވައިގެންނެވެ. އެއީ ޑޮލްޗޭ އެންޑް ގަބާަނާ ހެރަލްޑްރީ ޕްރިންޓް ގަމީހެކެވެ. އެ ގަމީހުގެ ރީތިކަމުގެ ވާހަކަތައް މިހާރު މީސް މީޑިއާގައި ގިނަބަޔަކު ދައްކަމުން ދެއެވެ.
We're glad to have collaborated with @OoredooMaldives during the past year & delighted to be partners of Oooredoo's Cyber Safety Campaign as we look forward to working much closely this year. Also honoured to have launched this year's #OoredooColorRun to be held in Kulhudhuffushi pic.twitter.com/pNMTlPdQXG
— Ahmed Mahloof (@AhmedMahloof) January 28, 2020
އުރީދޫގެ ރޭގެ އިވެންޓެއްގެ ބައެއް ފޮޓޯތައް ޓްވިޓާގައި ހިއްސާކުރުން، ގިނަބަޔަކު އެ ފޮޓޯތަކަށް ކޮމެންޓް ކުރަމުން އަންނައިރު، އެކަކު ވަނީ އެ ގަމީސް އޭނާއަށް ދިނުމަށް އެދިފައެވެ. އަދި އެއް ބަޔަކު އެ ގަމީހުގެ ރީތިކަމަށް ތައުރީފްކޮށް ވާހަކަދައްކާފައި ވެއެވެ.
އެ ގަމީހަކީ ޑޮލްޗޭ އެންޑް ގަބާނާ ހެރަލްޑްރީ ޕްރިންޓް ގަމީހެކެވެ. އެ ގަމީހުގެ އަގު 870 ޑޮލަރު (13441 ރުފިޔާ) އަށް އަރައެވެ.
"ފަރފެޗް.ކޮމް" ކިޔާ ވެބްސައިޓަކުން އެ ގަމީހުގެ އަގު އުޅެނީ 872 ޑޮލަރަށެވެ. މަހްލޫފް ތުރުކުރައްވައިގެން ހުރި ކަހަލަ ގަމީހެއް ގަންނަން ބޭނުންވާ ފަރާތްތަކުން އޯޑަރުކޮށްލަން ވީއެވެ.
މިނިސްޓަރ މަހްލޫފްގެ އިތުރުން، ގިނަބައެއްގެ ލޯތައް އެންމެ އަމާޒުވަމުންދާ އެންމެ ފެޝަން މިނިސްޓަރަކީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އެވެ. އޭނާ ހެދުން އަޅައިގެން ހުންނަ ގޮތަަށް އަބަދުވެސް މީހުން ތައުރީފު ކުރެއެވެ.
އަހަރެމެންނަކަށް އެމްޕީއާރުސީ ލާރިގަނޑެއް ނުލިބޭ! އަހަރެމެން ކިހިނެއް ތިވަރުގެ ގަމީހެއް ލާނީ! ވަގުތު ނޫހުންވެސް އަހަރެމެންނަށް މަލާމާތްނުކޮށް މަޑުންތިބޭ!
ތިޔައީ ގަމީހެއްތަ ނޫނީ ކުލަ މަޖާ ގަނޑެއްތަ ނޫނީ އަނބުމަޖާ ގަނޑެއްތަ؟ ގަމީހެއް ވައްތަރެއް ނުކަހާ
ނުހައްގުން ލާރި ހޯދާ މީހުން ލާނެ ތިކަހަލަ ގަމީސް
ހަމަގައިމު މަރުވީމަ އޮޅާ ކަފުނެއް ގޮތުގައި ތިހާ އަގުބޮޑު އެއްޗެއ ނުލެވޭނެ. ސަންދޯކުގައި ޖަވާހިރު ޖަހާފައި ހުއްޓަސް ކުރެވޭނެ ކަމެއް ނޯއްނާނެ.
މުއްސަދިން މުއަސަނދި ވަނީ، ނިކަމެތިން ނިކަމެތިވަނީ. ޔޫތް މިނިސްޓަރަކަށްވެ ހުރެ އެއްކަމެއްވެސް ވީކީނުން. މިހާރުވެސް މާރިއާ ދީދީ އަށް ހަވާލުކޮއްލާއިރަށް ތިކަން ހައްލުވީ.
އެެއްވެސް ރީއްޗެއްނޫ ބުދު ޖެހިގަމީސް ލައިގެން ބުދު ކުޅި
ތި މަންޑޭލާ ލާކަހަގަމީހެ
ބޭކާރު ޢެއްޗެއް ތީ
ނަމާދު ވެސް ނުކުރެވޭނެ
???
ބަލަ މަހުލޫފަށްލިބޭވަ ރަށް ލާ ރިލިބޭތަ އެހެންމީހުންނަ..މިނިސްޓަކަށްލިބޭ މުސާ ރައިން މަހުޖަނަކަށްވެއްޖެ..އަނބިމީހާގެ އަތްދަބަހުގެ އަގު 30ހާސްޑޮލަ ރު.އަހަ ރެމެން ބޭނުންވިޔަސް ކިހިނެތް ގަންނާނީ..ދެންތިބުނާ ނަހުލާ އެއީ ސޭޓެއްގެ އަންބެއް..ދެމަފި ރިކަނބަލުން މަގާމުތަކުގަ އެތިބެނީ ﷲއައްޓަކާ... އެމަގާމުތަކުގަ ތިބޭނެ އެހެންބަޔަކު ނެތިގެން ސަ ރުކާ ރުއުޅޭތީ...
ވަރަށް ތާހިރު އެއްޗެއް ތުރުކުރެއްވިފަ ތިހިރީ! މުޑުދާރު ވައްތަރެއްޖަހާ ގަމީހެކޯ! ބަޔަކު އަގުބޮޑުކޮށްލީމަ އެއޮތީ ރީތި އެއްޗަކަށްވެފަ! މޮޔަވެދާނެ! ހިލޭދިނަސް ތި ނުވެސްލާނަން! ބޭނުމެއްވެސްނޫން!
މުލިން ފްލޯކު ވާހަކައެއް. މަމެންގެ ފިހާރައިގައި ހަމަ ތި ޑިޒައިން ތިފޮތި ހަމަ ތި ބްރޭންޑް ގެ ޓޮޕް މި ވިއްކަނީ /-320 ރުފިޔާ އަށް. ދެން ތީކީ މައްސަލައެއް ނޫން. އަދުރޭމެން ނިހާނު މެން އަތުގައި އަލާފައިވާ ގަޑީގެ އަގު /-45،000 ޑޮލަރ އޭ މީހުން ބުނާ އަޑު އަހަނމު.
އަހަރެން އެންމެ ޢަޖާއިބުވަނީ މުސްލިމުންނަށް އެފަދަ ފޮއްޗަކުން ހެދުންލުން ހުއްދަނުވާ ފޮއްޗާއި ހެދުން، ރާއްޖެއަް އެތެރެކުރާތީ.
އައްޗީޑި ހާދަ ހުތުރު ގަމީހެކޭ 10ރުފިޔާއަށް ދިނަސް މަށެއް ތިގަމީހެއް ނުގަންނާނަށް ވީވަނީ ނަށާމާގަޑެއްހެން މިސްކިތައް އެރޭނެބާ ތިގަމީސް ލްއިގެން
ނަމާދަށް ގޮސް އައިސް އަނެއް ނަމާދާ ދޭތެރޭ އޮންނަ ގަޑީގަވެސް ތި ގަމީސް ނުލެވޭނީބާ؟ 24 ގަޑިއިރު މިސްކިތުގަ އުޅެންބާ އަނގަވާފައޮތީ؟
ތިގަމީސް ރީތި؟ ކޮންދިމާލަކުން ބެލީމަ؟މަބޭނުމެއްނޫން ތިއާ ލާރިއާ ދިނަސް.
ތިޔަ ގަމީސް ލައިގެން ސުވަރުގެ ދެވޭނަމަ ރަނގަޅު ލާން.ތީ ފައްޅިއަށް ދާން ރަނގަޅު ގަމީހެއް.
އަމިއްލަ މަސައްކަތުން ދާ އޮހޮރުވައިގެން ލާރި ހޯދާ މީހުން ނުގަންނާނެ ތިކަހަލަ ގަމީހެއް. އަދި އީމާންތެރިންވެސް ނުގަންނާނެ ނުވެސްލާނެ ތިކަހަލަ ގަމީހެއް. އަނެއްކާ މަހުލޫފަކަށް ހެޔޮވަރެއްވެސްނޫން. އެހެރީ މަތީބައި ފުއްޕާފަ.
ތިޔަ ފަދަ ގަމީސް ލަނީ ބްލޫ ޖީންސް އާއި އެކު. މަހްލޫފަށް އެވަރުވެސް ނޭންގޭ. ފަހު ޒަމާނަށް އައިސް ކާޅު މަރުވަޅިއަށް އަރާނެޔޭ ބުނޭ. މައްސަލަ އެއްނޫން.
ވަގު ކަލޭގެ ޖަހާ ވައްތަރު ބަލާބަލަ، ވަގު ލާރި ބަނޑު އަޅާއިގެން
އެކިމީހުނަށް ވާނީ އެކިރީތި، އެއްވެސް ޖޭވުމެއްނެތި މިބުނަނީ އަހަރެންނަށް މަންޒަރު ހުންނަ ގަމީސް އެއްގޮތަކަށްވެސް ކަމަކު ނުދޭ، ޕްލޭން ގަމީސް ހަމަ ސަޅީ..
ހިލޭ ދިނަސް ނަމަ ނުލާނަން އޭކީއްވެ. ސޫރަކުރަހާފައި ހުންނަ އެއްޗެހި ލައިގެން ނަމާދު ޞައްޙަ ނުވާނެތީ. މިސްކިތައް ނޭރޭކަހަލަ އެއްޗެއްހި މުސްލިމުން ކީކުރަން ލަނީ.
މަހޭ ﷲ އަށް ބިރުވެތިވޭ. ބޭކާރު ހަރަފު ނުކުރޭ ތީހަމަ އަލިފާން. ލިބުނަސް ތިޔާގޮތަށް ބޭކާރު ހަރަދުނުކުރޭ. މާދަމާއަށްވިސްނާ
ކޮބާ ހީ ވޭ ކަ މެއްހެން , އިއްޔެ ވޭވް ސާކަލެއް މާލޭގެ މަަތީގައި ދުއްވި އާދައިގެ އާއިލާއަކަށަ ނިސްބަތް ވާ ސޮ ރަކު ކުއްލިއަކަށް ދުނިޔޭގެ ބިލިއަ ރ ނަ ރުން ނަށް ގޮންޖަހާލީމާ އަޖައިބުވެ އަންތަ ރީސް ވެއްޖެ? މި އޮތް މީނާގެ ބޮޑާކަމާއި , ކިބު ރު ވެ ރިކަމެއް ދޯއެވެ.
ޔާމީންގެ ވެރިކަމުގަ ނިހާނު އަގު ބޮޑު ގަޑިއެއް އެޅީމަތޯ މައްސަލަ އަކަށްވީ
މިއީ އޯގާތެރިސަރުކާރޯ މިނިސްޓަރުންނާ މަތިފަޑީތިބިމީހުން ލާރިމަތީއުދުހެނީ ރައްޔިތުން ހަނާވަނީ!!
ގައުމުހިތަކަށްލިބިގެންއުޅުން ބަޔަކު އުފަންދުވަހުގެ ހަދިޔާއަށް ބީއެމްޑަބުލިޔު ކާރުވެސްދީފައެބަހުރި ރޮލެކްސް ގަޑިތަކާ އެނޫންވެސް ކިތަންމެއެއްޗެއް ކޮންމެމީހަކު ޖީބުގަ އެންމެފަހުގެ އައިފޯނުވެސް އޮވޭ އެހެންވީމަ ތީއަދި ހައިރާންވާވަރުކަމެއްނޫން
ލާރި ކިތަންމެވަރަކަށް ލިބުނަސް ތިހާ އަގުބޮޑު ގަމީހެއް ނުލާނަން. ލިބޭ ލާރި ހޭދަ ކުރަން ވާނީ ހެޔޮގޮތުގައި. ދަތިކޮށް އުޅޭ އެތައް ބަޔަކުވޭ. ޒަރޫރީ ބޭނުން ނުފުއްދޭ މީހަކަށް ކަމެއް ކޮށްދީގެން އެ ލާރިން ކުރާނެ ފައިދާ މާ ބޮޑު
ޜައްޔިތުންގެ ލާ ރިން ހަހަރަދު ކު ރަންޏާ ތިޔައްވު ރެ ވެސް އަގު ބޮޑު ހެދުން ލެވިދާނެ
އަހަރެން ދަރިފުޅުގެ 1 މަހުގެ މުސާރަ ގެ އަދަދު ތި ކިޔަނީ
މުސާރައިގެ ފަރަގު
ކިޔަވައިގެން ތިބި ޒުވާން ކުދިން ދަހިކުރުވަން ނޫޅޭ
އާނ މިސޮރު ނޫނީ އަގުބޮޑު ގަހަނާއާ އަގުބޮޑު އަންނައުނު ލިބޭ މީހަކުނެތް ވީމާ ރައްޔިތުންދެރަކުރަން އިސްތިހާރު ޖަހަނީ
ވަގުތު އެމްވީގެ ރާގު މަޑުން މަޑުން ބަދަލުވެނީއެވެ. އެމްޑީޕީ ކުދިންކޮޅެއް ވަނީ ތޯއްޗެ.
މިހާރުމު އިނގެނީ ޕީޕީއާރސީ ފައިސާ ހަމަ ރަނގަޅައް ލިބުނުކަން ބޭބެއްޔާ ކޮއްކޮއްޔާ ފިހާރައިގެ މުދާގަންނަން ޓުރާންސް ޕޯޓްކުރީ އެކައުންޓައް ކަން ވެދުމާއީ ސަލާމް
ތިޔަ ގަމީހުގެ އެއްވެސް އަގެއްނެތް. އެގަމީސް ލައިގެން ނަމާދުކުރުންވެސް ހުއްދަނުވާނެވިއްޔަ.
މުއްސަނދި ކަމުގައި އަބަދަކު ނުއުޅޭވެނޭ! މިހާ އަގުބޮޑު އެއްޗެހި ލައިގެން މަޖާކުރަން އުޅެވިދާނެ! ތިކަންތަށް ގެނދިއުމުގެ ބާރު ވަނީ ވަކީ ފަރާތެއްގެ އަތްމަތީ!!!
މިސަރުކާރު ބަޖެޓު ހަދާފަ އޮތީ ތިޔަހަރަދުތައް ފޫބެއްދޭގޮތައް.
ވެދާނެ އެއްނު ޗައިނާ އެއްޗެއް ކަމަށް..
ކިތަންމެ އަގުބޮޑަކަސް އެގަމީހުގެ އެހެރަ ފެންނަ މަންޒަރު ވަރަށް ހަޑި، ހިލޭދިނަސް މަނުލާނަން ހުވާ
އަދާއިގެ ސިވިލް ސާރވަންޓެއްގެ 4 މަހުގެ މުސާރަ. މިހާވަރަށް މީހުން ކޮމެންޓްކުރާއިރު މަހޭއަށް ނުފެންނާނެބާ.
މަހްލޫފް ޕްލީޒް ގިވް މީ ސަމް މަނީ، އައި އެމް ވެރީ ޕުއާ 🙁 🙁
ޔޫތް މިނސްޓަރެވެ. މިޤައުމުގައި ސަރުކާރުގެ އިދާރީ ވަޒީފާތަކުގައި ތިބި މީހުންނަށް ބަނޑުފުރާނަ މުއްތިވާވަރުގެ މުސާރަކޮޅެއް ނުދެވި އުޅޭއިރު މަނިކުފާނު 13000ރ ގަމީސްކޮޅު ތުރުކުރައްވައިގެން އުޅުއްވާކަށް ލަދުފުޅެއް ނުގަނޭދޯއެވެ. ލިބޭ 6000 ރ އިން ދެކޮޅު ނިޖެހި ބިލްތައް ނުދެއްކި ދަރިންނަށް ޒަރޫރީ އެއްޗެހި ނުހޯދި ތިބީ ކިތައް މުވައްޒަފުންތީ ޔޫތުން ދިރާސާކޮށްބަލާށެވެ. މުސާރައް ރަގަޅުކޮށްދޭނެކަމަށް ވަޢުދުވި ސަރުކާރުން އަދިވެސް އެކަމެއް ނުކުރެއެވެ. ހައްތާވެސް ސިޔާސީ މަޤާމުތަކަށް މުސާރަ ބޮޑުކުރާ ވާހަކައެވެ. ރ. ޔާމީން މުވައްޒަފުންނަށް ބޮޑުކޮށްލީ ޕޮކެޓްމަނީއެއްވަރުގެ ކުޑަ އެލަވަންސެކެވެ. ތަކެއްޗާައި ޚިދުމަތުގެ އަގުތައް އަތްނުފޯރާ ހިސާބުގައި އުޅޭއިރު އެންމެ 5000 ، 6000ރ އިން މިޒަމާނުގައި އަނބިދަރިން ގޮވައިގެން ގެދޮރު އަޅައިގެން އުޅޭނީ ކިހިނަކުންހެއްޔެވެ.
އާދައިގެ ރައްޔިތެއްގެ މަހު މުސާރަ 4000 ރުފިޔާ ސަރުކާރުގެ އެންމެ ދަށް ސިޔާސީ މީހެއްގެ މުސާރަވެސް 20000 ރުފިޔާގަ.. މަހްލޫފު މެންނަށް ލައްކައިން ލައްކައިން... އެއީ ހައްގު މިންވަރު
ނަމާދުކުރަން ނުލެވޭ ގަމީސް ލައިގެން މަގުމައްޗަށް ނުކުމެވޭތަ؟
ހެދުން އަޅައިގެން ތިބުމަށްވުރެ ރަނގަޅުވާނެ ހެދުން ނާޅާ ހުއްޓަސް،
ރައްޔިތުމީހާ އަށް ހަމައަށް މުސާރަވެސް ނުލިބޭނެ 12،000 މި ބޭބޭފުޅުން މިއުޅުއްވަނީ ފެންވަރުގަ
ވަޓް އެވަރ. ލޮލް
މިސްކިތަށް ނާރާ މީހުންނަށް ތިގަމީސް ރަގަޅުވާނެ، މަށަކަށް ކަމަކުނުދޭ.
މުސްލިމުން ނަމާދު ނުކުރެވޭ ވަރުގެ އެއްޗެތިލުމަކީ ކޮށްގެންވާނެކަމެއް ނޫން މުސްލިމުންނެއް އެކަހަލައެއްޗިއްސެއް ނުލާނެ
ތި ގަމީސް އެއް ފަޅިން ބަލާއިރު ވަރ ސަޅި... ކުރިމަތިން ބަލާ އިރު އެއް ގޮތަކައް ވެސް ރީޗެއް ނޫން.. އަހަރެން ލާ 500ރފ ދޭގަމީސް ވެސް ތިއައް ވުރެ ރީތި...
ބުނަން މިއުޅެނީ ކައްވަޅައް ދެވޭނެތަ ތިގަމީސް ލާގެން... ވެރިކަން ބަދަލު ވާއިރައް އައްމަތި ތަނަވަސް ވީދޯ.. ދެން ބުނާނެ ރައްޓެސަކު ދިން ހަދިޔާ އެކޭ.. ވެރިން ނޭ ކިޔާފަ މިއުޅެނީ ހުސް މުނާފިގުން
އާދައިގެ ރައްޔިތު މީހާއަށް 4000 ރުފިޔާ ނުޖެހޭ އިރު، ސަރުކާރުގެ އެންމެ ދަށް ސިޔާސީ މަޤާމުތަކަށް ވެސް 20000 ވިހި ހާސް ރުފިޔާ ދިނުމަކީ، އެއީ ހައްޤު މިންވަރު.. އަދި ތިޔަ މަހްލޫފު މެންނަށް ލައްކައިން ފައިސާ ދޭ..