މިއަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ބައިވެރިވި މީހުން ރާވާފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަވަރަށް ދޭން ކަަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފެބްރުއަރީ އެކެއްގެ އަމުރަށް ފަހު ރައީސް ޔާމީން ހަވަރަށް ދޭން ރާވާފައިވާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވިއިރު މިއީ މީގެ ކުރިން އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައިވާ މައުލޫމާތެއް ނޫނެވެ.

މިނިސްޓަރު ވިދާޅުވީ އެދުވަހު ރާވާފައި އޮތީ ސިފައިންނާއި ފުލުހުންގެ ތެރެއިން ހިނގާ ހަމަނުޖެހުމެއްގައި ރައީސް ޔާމީން އާއި ވަޒީރުން ހައްޔަރު ކުރުމަށް ފަހު ރައީސް ޔާމީން ހަވަރަށް ދޭން ކަމަށެވެ.

"އެދުވަހުވެސް ރާވާފައި އޮތީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މެދުގައި ހަމަނުޖެހުންތައް އުފައްދައިގެން މި ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް، ގާނޫނީ ހުކުމްތައް ކޮށްފައި ތިބި ކުށްވެރިން ދޫކޮށްލައިގެން މާލެ ތެރެ ހަލަބޮލިކޮށް ގޭންގްތައް ހަރަކާތްތެރި ކުރުވައިގެން އަޅުގަނޑުމެންގެ މުޅި މާލެ ތެރެ ގަޑުބަޑު ކުރުމަށް ފަހުގައި ސިފައިންނާއި ފުލުހުންގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއިން ރައީސުލްޖުމުހުރިއްޔާ ހައްޔަރު ކުރުމާއި ވަޒީރުން ހައްޔަރު ކުރުމާއި ދެންވެސް ހައްޔަރުކުރަން ޖެހޭ ފަރާތަތައް ހައްޔަރު ކުރުމަށް ފަހުގައި ރައީސް ޔާމީން ހަވަރަށް ދިނުމަށް،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަލި ރަސްގެފާނުގެ ޝަހީދުކޮށްލި ދުވަހުުވެސް ހިނގާދިޔަ ކަންކަމާއި މިއަދުވެސް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ އެތައް ކަމެއް ހިގަމުން މިދަނީ ވެރިކަމުގެ ދަހިވެތިކަމުގެ ތެރޭގައި ކަމަށެވެ.

"އެކެއް ފެބްރުއަރީގެ ހާދިސާއަކާ އަލި ރަސްގެފާނު ޝަހީދު ކޮށްލުމުގެ ހާދިސާ އަކާ މާބޮޑު ތަފާތެއް ނެތް، އެކެއް ފެބްރުއަރީ ރާވާފައި އޮތީ ހަތެއް ފެބްރުއަރީ މިސާލަކަށް ނަގައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިފަހަރުވެސް ފެނިގެން ދިޔައީ ނަސްރު ލިބޭނީ ހައްގަށްކަން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލް ގެއްލިގެން ދަނިކޮށް ރައީސް ޔާމީންގެ ހިކުމަތާއެކު މިފަހަރު ގައުމު ސަލާމަތް ކުރެއްވި މަންޒަރު ކަމަށާއި އެހުރިހާ ކަމެއް ހިނގި އިރުވެސް ދިފާއީ ބާރުގެ ތެރޭގައި އިންނެވައި ވަރަށް ސާބިތު ކަމާއެކު ގައުމުގެ ކަންކަން ރުކުރުވާލައި ހަމަ މަގަށް އެޅުވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަލި

    ސަލި

  2. އަލްޖިބްރާ

    މީހަކުދައްކައިގެނެއްނޫން ! އަދި އެފަދަކަމެއް ރާވާފަ އޮތީމައެއް ނޫން ! އަމިއްލައަށް ތިގޮވަނީ ކަލޭމެން ކަންތަށް ކުރާނެ ގޮތުގެ ވާހަކަ !

  3. 3ނިރު

    ހަވަރަށް ދޭންވީ ޓެރެރިސްޓް ނަސީދު

  4. ނަނަ

    ކަށިމާސާކިރް ދެއްވި ވާހަކަ އަށް ވިސްނާލިޔަސް ކެނަރީގޭ ނަސީދާ 9ވަނަހަސަން ރަސްގެފާނާ އެއްވެސް ތަފާތެއްނެއް ބޭނުންވަނީ މިތަނުގެ ވެރިކަން ދީނެއް މިއްލަތެެް ގައުމެއްނޫން ޔަހޫދީ ކާފަރުންކައިރިއަށް ގޮސް މިތާގަވެސް އެބަތިެްބޭ ތިދީނަށް އުޅެން ބޭނުންވާ މީހުން ދީނީ މިނިވަން ކަމެއް ނެތޭ ތިމަންނަޔަށް ވެރިކަން ހޯދަ ދޭށެ އޭރުން ބުދާ ފައްޅިޔާ ދީނީ މިނިވަން ކަން ހޯދަ ދޭނަމޭ އެއްވެސް ތަފާތެއްނެއް 16 އަހރުގެ އަޅުވެތިކަން ތަހައްމަލްކުރީ ދިވެހިން

  5. ސަލުމާ

    މާތްﷲ ، ރ ޔާމީނާ އާއިލާއަށް ސަލަމަތާ ރައްކާތެރިކަން މިންވަރު ކުރައްވާށި. ޢާމީން.

  6. މުހައްމަދު

    ތިޔަދުވަސް ފަހުންވެސް އަންނާނެ މިކޮމެންޓް ޑިލީޓް ނުކުރާނެކަމައް ހީކުރަން

  7. ބުއްޅަބޭ

    އިންޑިޔާ އަދި އިޒްރާއީލުގެ ނުނައި ރޭވުން މިފަހަރުވެސް ފއެިލް!

  8. ނުރަބޯ

    ވަރަށްބޮޑު ތެދެއް.

  9. ޣަފޫރުބޭ

    ﷲ ސުބުޙާނަހޫވަތަޢާލާގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާންގެކިބަފުޅަށް ޙަމްދުހުއްޓެވެ. ޢަދަވާތްތެރިންގެ ނުބައިރޭވުމުން އެކަލާންގެ އަޅުގަނޑުމެންގެ ވަލިއްޔުލްއަމްރު ރައްކާތެރިކުރައްވައިފިއެވެ.

  10. ރައްޔިތުމީހާ

    މިސަރުކާރަކީ ދުރުވިސްނޭ ސަރުކާރެއް. ޜާވަރާވައިތިބެން ޖެހޭނީ

  11. އައިއޭމް

    މާލެ އަކީ އެއީ ރާއްޖޭގެ ކެޕިޓަލް ސިޓީ އެވެ. އެއީ ދަ ގްރޭންޑް ކެޕިޓަލް އެވެ. މާލެ އަށް ނުކިޔާނެ އެއީ ދަރާއްޖެތެރޭ ރަށެކޭ. ކަން މިހެން ހުރުމުން މާލޭގައި ކަންކަން ކުރާ ގޮތް ތަފާތު ވާނެ ދަ ރާއްޖެތެރެއާއި. އެކަން ފުރަތަމަ ވެސް ދަނެގަންނަންވީ މާލޭގައި ތިބި ދަ ރާއްޖެތެރެއަންސް. ކޮންމެހެން ނުޖެހޭ އިންތިހާ އަށް ދަ ރާއްޖެތެރެއަންސް މާލޭގެ ސަރުކާރުގައި އާއި އަދި ޓެކްސީ ތަކުގައި އާއި އަދި ޕިކަޕްސް ތަކުގައި އުޅޭ އިރު އެމެންނަށް ފަސޭހަ ވާނެ އުސޫލުން މުޅި ރައްޔިތުންގެ ކަންކަން ގޯހުން ގޯހަށް ކުރަން. ސަރުކާރުން މުދާ އުފުލާ ގަޑި ރޭގަނޑަށް ބަދަލު ކުރުން އެއީ ރަނގަޅު ނަތީޖާ ނިކުންނަ ކަމެއް އެނުޖެހޭނެ ކޮންމެހެން މީހުން ކައިރިން އަހަން ލަފައަށް. އޯއް ޔޭއް. ދީސް އާރ ދަ ތިންގްސް ދެޓް އައި ކާންޓް އިގްނޯރ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި. އައި ރިއަލީ ލައިކް އިޓް. އޯއް އައި އޭމް ސޯ ސޮރީ އައިއޭމް...

  12. ޖައުފަރު

    އަންނި އިފުރީތު ލާދީނީ ކަލޭގެ ހަވަރަށް ދޭނީ މި ލޮބުވެތި ދިވެހި ރާއްޖެއަށް އަރައިފިއްޔާ

  13. ގޮނާސަކް

    އިދިކޮޅުން ނެރޭނީ ރައީސް ނަޝީދުތޭ އެހެން ކަމަށްވާނަމަ އޭނާގެ ނަމެއް ނޯންނާނެ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ލިސްޓްގައި އެއީ މަމެންނަށް ޔަގީން ކަމެކޭ. އޯއް ޔޭއް. އޭނާ އަކީ ބޮޑު ވެގެންވާ ބޮޑު ލާރޖް ކުށްވެރިއެކޭ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާ އެހެން ކަމުން ކުށްވެރިން ނަކީ އެއި ދިވެހި ގައުމު ގެ ރައީސް ކަން ކުރަން ޖެހޭނެ މީހުން ނޫނެވެ. މިސާލު އެފެންނަނީ ޒިންބާބްވޭ އިން. ޒިންބާބްވޭ ގެ ކުށްވެރިއެއް ކަމަށް ވާ ކުރީގެ ރައީސް ޖަލުން މިނިވަން ވެގެން އައިސް އެގައުމުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވޯޓް އޮޅުވާލައިގެން ވެރިކަމަށް ފާވުމުން އެގައުމުގެ އިގްތިސާދު ފުނޑުނީއޭ. ކެނެރީގެ ނަޝީދު ވެސް ރާއްޖޭގެ ވެރިކަމަށް ފާވެއްޖެނަމަ ވާނީ މިހެންނޭ މަމެންނަށް ބުނަން އިނގެނީ އޭނާގެ ވެރިކަމުގައި ޑޮލަރު އަގުބޮޑު ކުރުމުންނޭ. ކެނެރީގެ ނަޝީދު އިދިކޮޅު ކެންޑިޑޭޓަކަށް ލިސްޓެޑް ތޭ ޑޯންޓް މޭކް މީ ބްލަޝް އިޓްސް ގޮނާ ސަކް ދޯ.

  14. މަލަކުރި

    ރިފޯރމް ކުރުމުގައި ބަދަލުތަކެއް ފެންނާނެ ބައެއްމީހުންނަށް އެކަން ގަބޫލުކުރަން ދަތިވެދާނެ އެކަމަކު އިޚްލާޞްތެރިކަމާއެކު ލީޑަރޝިޕް ދައްކައިގެންނޫނީ ހެޔޮ ބަދަލެއްނާންނެ

  15. ފާތުމަ

    މިއީ ރައްޔިތުން ޔާމީނަށް ހަމްދަރުދީވޭތޯ ކުރާ މަސައްކަތް. ކިތަމެ އުސް އިމާރާތެއް، ބްރިޖެއް ތަރައްގީއެއް ގެނަޔަސް ވޯޓެއް ނެތް ދެވޭކަށް. އެމްއެމްޕީއާރުސީ އާ އެނޫންވެސް ދައުލަތުގެ ފައިސާއިން ދޫވެއްސަށް ވެއްދި ފައިސާ ދައުލަތަށް ދައްކާ!