ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރާއި ދެކޮޅަށް އެންމެ ގިނައިން ޓްވީޓްކުރި އެމްޑީޕީގެ އެކްޓިވިސްޓް ޠައްޔިބް ޝަހީމް ވެސް އެންމެފަހުން މިސަރުކާރަށް ފާޑުކިޔަން ފަށައިފިއެވެ.

ރައީސް ޞާލިހް ވެރިކަމަށް ގެނައުމުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވި ޠައްޔިބު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިޤްތިޞާދު ދަނީ ފަހަތައް ކަމަށާއި ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް ފުނޑިއްޖެ ކަމަށެވެ. ބޭރުގެ ފަރާތްތަކަށް ކުދި އަދި މެދުފަންތީގެ ވިޔަފާރި ޕްރޮޖެކްޓް ހިންގަން ފަހި ފުރުޞަތު ދެވުމުން ނިސްބަތުން އެނބުރޭ ފައިސާ ދައްވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ. "ދަތިވެއްޖެ، މީހުން ހާލުގައި ޖެހިއްޖެ، ކުދި އަދި މެދުފަންތި ވިޔަފާރިތައް ހީނަރުވެއްޖެ." ޠައްޔިބު ބުންޏެވެ.

ކުރީގެ ރައީސް ޔަމީންގެ ވެރިކަމުގައި ޠައްޔިބު ވަނީ ކަނޑައެޅިގެން ހަޤީޤަތާއި ހިލާފު، ދޮގު އެތައް ވާހަކައެއް މީސް މީޑިއާގައި ފަތުރައިގެން އާއްމުންގެ ސަމާލުކަން ހޯދާފައެވެ. އޭނާ ދޮގު މައުލޫމާތުތައް ފަތުރާ މައްސަލައެއްގެ ތަޙްޤީޤު ވެސް ފުލުހުން ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔައެވެ.

ޠައްޔިބަކީ އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓުންގެ ތެރެއިން މިހާތަނަށް ސަރުކާރުން ވަޒީފާއެއް ނުދީ ހުރި ހަމައެކަނި މީހާއެވެ.

މީހުން ހާލުގައި ޖެހިއްޖެ ކަމަށް ބުނެ ޠައްޔިބުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރިއިރު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެސް ރާއްޖޭގެ އިޤުތިޞާދު ވަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ރާއްޖެ އަށް އިމްޕޯޓް ކުރާ މުދާ ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ މިއަހަރު ސަރުކާރުގެ މަޝްރޫޢުތައް ހިނގައިގަންނަން ފެށުމުން އިޤުތިޞާދު ރަނގަޅު ވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އއ

    ރަނގަޅުވާހަކައެއް. ކުދިވިޔަފާރިތައް ހަމަ ރަގަޅައްވެސް ފުޑިއްޖެ، އެސް. އެމް. އީ ލޯނުވެސް ލިބނެނީ ޕާޓީ ކުދިންނައްއެކަނި.

    76
    1
  2. ދަރަނި ދަންތުރަ

    ތޮއްޔިބަށް ސާބަސް ދެން އަލިފާންކާން ވީނު ތިޔަކަހަލަ ގައްދާރުންނާހެދި މިގައުމު ހަލާކުވަނީ 100 ތެދު ހެދެންއޮތަސް ހަދާނީ ދޮގު ﷲ ކަލެއަށް ލައުނަތް ލައްވާ ނެތިކުރައްވާށި....

    58
    15
    • ދޮންމީހަ

      ސުބުހާނަﷲ. ތިފަދައިން ބަސްނުބުނުމަށް އިލްތިމާސް ކުރަން.

      18
      1
  3. ދަންނަ މީހާ

    ތޮއްޔިބަކީ ވަޒީފާ އެއް އަދާ ނުކޮށް ހިހޫތަނުން ކައިގެން އުޅޭ ވަރަށް މައްކާރު މީހެއް އަހަރެން ދަންނަ މީހެއްގެ އަތުން ފަހުން ފައިސާ ދޭން ގެންދިޔަ ކެމެރާއެއްގެ ފައިސާ ވެސް ނުދީ ފިލައިގެން އުޅޭތާ 10 އަހަރު ވެއްޖެ .. މަގުމަތިން ދިމާވެގެން އަހާލިއަސް ވަރަށް ފަސޭހައިން ބުނާނެ އަންނަ މަހު ދޭނަމޭ އެމަހެއް ނާދޭ ..... މިހާރު އެއުޅޭނީ ކޮންމެވެސް ބިޑެއް ކާމިޔާބު ނުކުރެވިގެން ބިޑްތަކަށް އަގު ހުށަހަޅައިގެން ސަރުކާރު ތެރެއިން ގަވާއިދާ ޚިލާފަށް ކަންކަން ދަނީ ކުރަމުން ފައިސާ ކޮޅެއް ލިބޭ އިރަށް އަނގަ ބަންދު ވާނެ

    54
  4. މޮޔަބެ

    ތައްޔިބުއަކީ ރިފޯމުސްޓެއް، ގޯސްވެއްޖެ، ތައްޔިބު ނުކުމެ ރައްޔިތުންނާއި ގުޅިގެން މިސަރުކާރު ސައިޒްކުރޭ....
    މަހުޖަންގެ އަނބިމީހާ ބޭނުންވީމާ 11 ސިވިލް މުވައްޒަފުންކަނޑާލީމާ އޯކޭ އެއްނޫން، އެއީ އަނިޔާ

    61
    4
  5. ފާޑު

    ފާޑުނުކިޔޭ ވަރެއްތަ އަދި އިބޫވެސް ފާޑުކިޔާނެ!!!

    10
  6. ފިދުންތެރިވެފަ

    އަދިވެސް މާލޭ ފިހާރަ ތަކުގައި ހުރިއްޔާހުރި ރީނދޫ ފޮތިފޭލިތައް ދަމާ މަލޭގެމަގުއައް ފުރާލާ ރިނދޫ ކުލައިގެ ބުރުގާ އަޅައި ގެން ފިރިހިހެންވެރިން ކުރިމަށްޗާ ފުރަގަސް ފަރާތުގައި ދިދަޖަހައި ގެން ސައިކަލްގައި ބުރުޖަހަން ދާންވާނެ އޭރުން ތިބުނާހުރިހާ ކަމެއްއޮންނާނީ ފުރިހަ މަވެފަދެންބާރަށްއަތްޖަހާ

    12
  7. ވޯޓައަްސަމާލުވޭ

    ކައުންސީލް ވޯޓް ލާދުވަސް ކައިވާވަރަކަށް ރީނދޫ ފިކުރުގެ މީހުނަށް އަނެއްކާ މިވަނީކީއބާ ޠައްޔިބު މިއުޅެނީ ކޮންފަދަ ގުބޯލެއް އުފަށް ދާންބާ ކުރިޔަށް ކުޅޭ 6 ކުޅި

  8. ތުން އިބްރާހިމް

    ތޮއްޔިބަކީ މޮޔައެއް. ސިކުނޑި ހަމަނުޖެހޭ މީހެއް. ތިމޮޔަ ގޮވަނީ ކާން ދީފަ ހުރި ބޭސްހުސްވެގެންކަމަށް ވާނީ. ބޭސް ގަންނަން ފަނޑުފޮށި ހުޅުވަންވީ!

    7
    2
  9. ހައްލުކުރޭ

    ރަށްޔަޖުން ނަކަށް މަހުޖަނުގެ އަންހެނުން ސައިޒެއްނުކު ރެވޭނެތަ ކޮންމެކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް އާޅާނުލައި ރަށްޔަތުން ބަލަން ތިބޭ ތީއޭ އެހީމުން ބޭނުންހާގޮ ތެއްއެހަދަނީ ކިތަމެވަރަކަށް ތިހެން ކިޔަސް ތިކަންތައް ހައްލުކުރާނެ މީހަކު މިސަރުކާރަކު ނެތޭ އެކަކު އަނެކަކަށް ތިހެން ކިޔާލަޔިޔާލާ ތިބީމަ ތިހުރިހާކަމެއް ހައްލުވޭތަ!!!

  10. ބެއްޔާ

    "ދަތިވެއްޖެ، މީހުން ހާލުގައި ޖެހިއްޖެ، ކުދި އަދި މެދުފަންތި ވިޔަފާރިތައް ހީނަރުވެއްޖެ." ޠައްޔިބު ބުންޏެވެ. މީނާ ނުބުންޏަސް އެކަން އިނގޭ. މައްސަލައަކީ ތާއީދުކުރާ މީހުންނާއި ޕާޓީގެ ވެރިންނާއި ނުހައްގު ވަޒީފާ ދީފައިތިބޭ މީހުން އެކަން ގަބޫލުނުކުރާތީއެވެވ

    11
  11. ބޮޑުބެ

    އަޅެފަހެ ކަނބޯ ޞާލިޙް ވެސް އެ ތަރައްޕަނަށް ބައު ނަމަވެސް ވަޒީފާ ގަނޑެއް ދިންނަމަ އެގޮވިލިފައްޗެއް ނުގޮވީހެއްނު

  12. ޙަލީމަ ހުޅު

    ތައްޔިބު ތިވިދާޅުވީ ވަރައް ބޮޑު ތެދެއް ކުދި އަދި މެދު ފަންތީގެ ހަމަ ގައުމުވެސް މާލޭގެ އަދި ރާއްޖެ ތެރޭގެ ހުރި ރަނގަޅައް ހިނގާ ހުރިހާ ކަންމަތީ ގިނަ ވިޔާފާރިތައް އޭރު މީރާއިން ވަނީ ފުޑާލާފަ މިކަން ކުރީ ރއަީސް ޔާމީން ވެރިކަމުގަ

    3
    8
  13. ހަޤީގަތް

    މީނާއަކީ މީނާ ދެކޭގޮތް ހާމަކުރާމީހެއް ނޫން. މީ މީނަގެ ވިސްނުމަށްނުވާނެ ކޮންމެވެސް މީހަކު ލާރި ދިނީމަ ޓްވީޓް ކޮށްލަދިން އެއްޗަކަށްވާނީ. އަނެއްކޮޅުނަ މީނަގެ ޓްވީޓް ތަކުގެ 99.99% އަކީ ސީދާ ހަގީގަތާ ހިލާފް ކަނޑައެޅިގެން ދޮގުވވާހަކަތަށް. ލާރިދިނީމަ ޓްވީޓްކުރާ މީހެއްގެ ޓްވީޓަކީ އަދި މީނަ ސަރުކާރާ ދެކޮޅުވުމޭ ނުބުނެވޭނެ. ލާރިއަށް ތިމާގެ ވިސްނުމާ ފިކުރާ ނަފްސު ވިއްކާ މީހަކު ކޮންމެ ފަދަ ޓްވީޓެއްވެސް ކޮށްފާނެ މީއޭގެ މީހެއް. މިފަދަ ސިކު ގޮލައިން ގިނަވެގެން މުޖުތަމައުތަށް ފަސާދަވެ ހަލާކުވަނީ. ލަންކާ އެންބަސީން ޖޮބް ނުލިބިގެން މިހާރު މިކަލޭގެ މިއުޅެނީ. މީ މޮޔަކުއްޖެއް ބޮލެއް އުޑެއް ބުޑެއް ނޭނގޭ.

    10
    1
  14. މާލޭ މީހާ

    މީ ދޮގު ބުހުތާނު ވާހަކަ ފަތުރައިގެން ލާރި ހޯދާ ބޮޑު ދޮގުވެރިއެއް މީނަ ނުދައްކާނެ ރަނގަޅުވާހަކައެއް. މީ ހަމަ ފައްކާ ދޮގުވެރި މަކަރުވެރިއެއް. މީނާއަށް ދުނިޔެމަތީ މީނާގެ ކުށުގެ އަދަބު ލިބުމަށް އެދެން.

  15. މާސްޓަޕްލޭން

    ނަޝީދަށް ފުރުޞަޠު ދިނުމުގެ އަމަލީ މަސައްކަތްތަކުގެ ތެރެއިން ހިނގާ ކަންތައްތައް.

  16. ސުވާލު

    ތައްޔިބައްވެސް ރައްޔިތުންގެ ޓެކްސްލާރިން ސިޔާސީ މަގާމެއް ދީބަލަ. އޭރުން އޭނަގެ އަނގަ މަޑުވާނެ!

  17. ތިންސިކުނޑި

    ކަލޯ ތައްޔިބާ ކާންއުޅުނު ރާކަނިމަސް ކެއްވިއްޖެއްނު ދެންހުރޭ އަނގަހާކޮއްގެން

  18. Anonymous

    ލާދީނީ ސަރުކާރުގެ ސަބަބުން މިވަނީ ރަހްމަތް ކެނޑިފައި

  19. ހުސޭނުބޭ

    އަސްލުގައި ބޮޑުންނަށް މިލިއަނުން ބަދަލުދީ އެއްބަޔަކަށް އެމްޕީއާރުސީގެ ލާރިގަނޑު ލިބުނުއިރު ޠައްޔިބަށް އެއްޗެއް ނުލިބުމުން ހަމައިން ނެއްޓީ! އެތިކޮޅެއް ދެނިކޮށް ހަމައަކަށް އެޅިދާނެ! ޚުދު އޭނައަށްއަށްވެސް އެގޭނެ އޭނަގެ އައުވާނުނނަށް ކަމެއްކުރަން ނޭގޭނެކަން!

  20. ޙަސަނާ

    ކުރިންވެސް ދޮގު މައުލޫމާތު ލިއުނުމީހަކު މިހާރުވެސް ނުލިއާނެ ތެދުމައުލޫމާތެއް ތީވަޒީފާނުލިބިގެން ލިއާއެއްޗިހި ރައްޔިތުން މިހާރު ތިސޮރު ބަލައެއްނުގަންނާނެ ކަލޯ ދެންހުރޭމުނާފިގު ކަމުގެ ޓެގު އެޅުވިގެން...