މާލެއިން ޅ. ހިންނަވަރަށް ދިއުމަށް ފުރި ބޯޓަކަށް އަރުވައިގެން 10 ފުޅި ބަނގުރާ އެތެރެކުރަން އުޅެފިއެވެ.
ފު؛ުހުން ވިދާޅުވީ، މިފަދަ ހާދިސާއެއް ހިނގައިފާއިވާ ކަމަށާއި، އަދި ބޯޓުން އެތެރެ ނުކުރެވެނީސް ފުލުހުން އެތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މިތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ހިންނަވަރަށް ދަތުރުކުރަމުންދާ ބޯޓަކުން ބަނގުރާ ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފަތިހު 05:13 ކަންހާއިރު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަނުގައި، ހިންނަވަރަށް އެ ބޯޓު އައުމުން ބަލައި ފާސްކުރިއިރު ބޯޓުގައިހުރި ފޮއްޓެއްގެ ތެރެއިން 10 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެއީ ކޮން ބޯޓެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ދިހަ ފުޅި ރާ ހޯދިފައިވީނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
ބޮޑުމީހާ ގޯއްޗަށް ފޮނުވި އެއްޗެތިބާ!
ގޯއްޗަށް ފޮނުވިނަމަ އަތުލައެއް ނުގަންނާނެ ދޯ، ކޮންމެ ރަށެއްގައިވެސް އުޅޭނެ "ސޯލިހު" މީހުންނާއި ނުބައި މީހުން
އެޖެންޑާ 19 ވަރަށްވެސް ތަފާތު
ތީ ތިރަށުގަ އަބަދުވެސް ހުންނަ އެއްޗެއް.
އަޅޭ މަގޯޓި ސޯލިހު މިކަމާ ހަމައެއްޗެއް ނުބުނަނީތަ. މިކަމަށް ކަސްޓަމަށް ފިޔަވަޅުއަޅަންވެއްޖެ. މި ބައިމީހުން ދުވާލާއި ރޭގަނޑު އެ ބެހުމުގައި ތެޅިބާލަނީ