ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަން ހިމެނުމަސް އދ ގެ ނިންމުމަކީ ދައުލަތުގެ މައްޗަށް އިއްވި ހުކުމެއް ކަމަށާއި ވޯޓް ކަރުދާނުގައި ނަޝީދުގެ ނަންފުޅު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އދ ނިންމުމަކީ ހަމަ އެކަނި ދިވެހި ސަރުކާރަށް އެންގި އެންގުމެއް ނޫން ކަމަށާއި އެއީ މުޅި ދައުލަތައް އެންގި އެންގުމެއް ކަމަށެވެ.

"ދައުލަތައް ކޮށްފައި އޮތް ހުކުމެއް މިއީ. އަޅުގަނޑުމެން ބައިވެރިވެފައިހުރި މުއާހަދާތަކެއްގެ ދަށުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރާ ކަންކަތައްތަކެއް ކުރުމަށް ދިވެހި ދައުލަތައް އަންގާފައި އޮތް އެންގުމެއް މިއީ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ނަޝީދަށް އިންތިޚާބުގައި ކުރިމަތި ލެވެން ޖެހޭނެ ކަމަށް އދ ހިއުމަން ރައިޓްސް ކޮމެޓީން ބުނި ބުނުމަށް އެހާއަވަހަށް ސަރުކާރުން އެއްޗެއް ބުނީ ނަޝީދު ކުރިމަތިލެއްވޭނެ ކަމަށް އދ އިން ނިންމަވާނެ ކަމަށް މާކުރިން އެނގޭތީ ކަމަށެވެ.

"އެނިންމުމަކީ ސަރުކާރުން ބޮލާލާ ޖެހޭނެ ނިންމުމެއް, ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުން އެނޫން ގޮތެއް ނޯންނާނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އިސްލާހީ މަސައްކަތުގައި އުޅޭ ހުރިހާ ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

މިހާރު މިފެންނަނީ ސަރުކާރުން ބޭނުން ނުވާ ބަހެއް ބުނާ ކޮންމެ ބައެއް ބޮލާލާ ޖަހާތަން ކަމަށާއި، ބަސް ބުނީ އެއީ ސުޕްރީމް ކޯޓުން ވިއަސް އަދި އދ އިން ވިޔަސް ސަރުކާރުން ކަންކުރާ ގޮތް ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެސް އޮތީ މިވާހަކަތައް ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުން އެއަމުރު ނެރުނީމާވެސް އެކަން ނުކޮށް ފަނޑިޔާރުން ހައްޔަރުކުރީ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިފެންނަނީ ބޭނުން ނުވާ ކަންކަން ނުކުރަން އުޅޭތަން ކަމަށާއި އެކަމަކު އެއީކީ ވާނެ ކަމެއް ނޫންކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަކި ޤައުމުތަކަކުން ބުނާގޮތައް ހަދާ ގޮނޑިކޮއްކޮއަކަށް ވެފައިވާ ކަމަށާއި މިއީކީ ކުރާވަރުގެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ކާކު؟

    މަށަކީ ޤާނޫނީ ޢިލްމު ހުރިމީހެއްނޫން، އެކަމަކު މަށަށްވެސް އެނގޭ ހުކުމް އިއްވާނީ ކޯޓަކުން ކަން، މި ބްރާންތިން ނަށް ނޭނގޭ ޔޫ އެން އޭއީ ކޯޓެއް ނޫންކަމެއްވެސް، ދެން ކޮން ހުކުމެކޭ މިކިޔަނީ،

  2. މަނިކު

    ބޯބުރާންތިއާ އދ ކުން މިގައުމަށް ހުކުމެއް ނު އިއްވޭނެ، އަދި ތިކަމަށް އަމަލް ނުކުރުމަކުން ކުރެވޭނެ ވަކި ކަމެއްވެސް ނޯންނާނެ

  3. ޗަކްނޮރިސް

    ތިތިބީ ހަތަރެސްފައި އޮޅިފަ. ދިވެހިރާއްޖޭގެ ގާނޫން އަސާސީ އާއި ގާނޫންތައްހަދަނީ އަދި ބަދަލުގެންނަނީ އދ އަކުންނޫނޭ . ބޫތުކާފަ ތިބޭ !!

  4. ރުޒާނާ ޗޮއްޕަޓު

    ކީކޭ ޭ ޭ ޭ ޖީވަންޓޭ؟

  5. ޣަފޫރުބޭ

    އދ ން ކަމެއް ފަސްކުރާނީ ސަލާމަތީ މަޖްލިސްގެ އިއްތިފާގުން! އެ މަޖްލިސްގެ ބައްދަލުވުމެއްބާއްވާ ވޯޓު ނެގިތަ؟ ހިތުބޭރުން އަންނިއަށް ހެޔޮއެދުނަސް ކަލޭވެސް ބޭނުންވަނީ އެހެންކަމެއް! އޮޅުވާލަން ނޫޅޭ ބުރާންޗާ!

  6. ޖެޓް

    ޤާޒީ ޝިއުނާއަށް އަންގަންވީ ޝާހިދުގެ މައްޗަށް ހުކުމެއް އިއްވަން

  7. މުހައްމާ

    ޝާހިދު މެން ދިވެހިންނަށް ނާންގާ އދ އަށް ޤައުމު ވިއްކާލީ ކޮން އިރަކު ހެއްޔެވެ. އެހެން ވެޖެއްޔާ ތިޔައީވެސް ޣައްދާރެކެވެ.

  8. ހޫނ...

    ގުނބޯ ހެދިގެން އުޅޭ މަދު ކުއްޖަކަށް ނޫނީ އެނގެޔޭ ތި އދ. އަދި ކަލޭމެންގެ މަގުޞަދު.
    ޤައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ..! (ޝާހިދެއްކަމަކު)، .... ތާރީޚް ބަލާ އެނގިތިބެ ގައްދާރު ނުވައްޗޭ!

  9. މިގޭ

    ކަލޯ ހާދަ ގޮތެއް ފޮތެއް ނެތޭދ؟

  10. އަޒޫ

    ހުކުމަކީ ކޯއްޗެއްކަން ނޭނގޭއިރުވެސް އަނގަތަޅާތި! ތިހެންވިއްޔާ މަށަށް ވެސް ކަލޭގެ މައްޗަށް ޙުކުމްކުރެވޭނެ!

  11. ބޮލި މުލައް

    އާނ މީނާއަކީ ޤުރުއާނަށްވުރެ އދ މަޖްލިސްގެ ނިމމުންތައް މަތިކޮށްގެން އުޅޭ މީހެއް

  12. ޅަހުއްތު

    ވޯޓު ކަރުދާހުގައި ޕްރީޕެއިޑް ޝިއުނާއާއި ޕެއިޑް ޝާހިދުގެ ނަން ކޮންމެހެން ވެސް އޮންނަން ޖެހޭނެ

  13. ޢިސްރާއީލް މީހާ

    ޔަހޫދީކަލޭގެ ވެރިކަމަށް ގެންނަން ހެޔޮނުވާނެ!!؟؟

  14. ޢިސްރާއީލް މީހާ

    ޔަހޫދީކަލޭގެ ވެރިކަމަށްގެންނަން ހެޔޮނުވާނެ ކަލޭނޭ؟؟!!!!

  15. ހުސޭނުބޭ

    އެ އަމުރުގައި ނެތްތަ އަގުދަށް ޕްރިޕެޑް ކުށްޔަށްދޭކަން. އޭރުން ކަލެއަށް އަދި މާ ފައިދާވާނެ.

  16. ހުސޭނުބެ

    މީ އަޅެ ބުރާންތިވެފަ ހުރި މީހެއްތަ؟ ބުރާންޗާ ނިކަން ހަމަޖެހޭ ވާހަކަ ދައްކަބަލަ!!

  17. ނޫމާރާ

    ޕުރީޕެއިޑްވެސް އިއްވީ ހުކުމެއް .... ގައިމު އަމުރާހިލާފު ވާކައް ނުކެރުނު ދޯ

  18. މުޙައްމަދު

    ކަލޭ ............. ޔަށް އިއްވި ހުކުމެއް އެއީ ދޮޅު ރޯނާ

  19. ޑާކު

    ކޮންފޮންޏެއްކަނޑާކަށް އދ. އިން ނިންމާ ކަންކަން ނިންމާނީ ސެކިއުޓީ ކައުންސިލުން، ތިއީ އެތަނުގެ ވަކި ބޮޑީއަކުން ވަކިމީހަކު ވަކި މީހަކަށްޓަކައި ނިންމި ނިންމުމެއް. ތިއަކަށް އަމަލުކުރާކަށް ނުޖެހޭނެ.

  20. އަލީ

    އަބުދުﷲ . އެހެން ހުކުން އިއްވޭތަ ؟ ކޮބާ އަހަރެމެންގެ މިނިވަންކަން. އެމީހުން ބޭނުން ވާ މީހަކު ވެރިކަމުގަ ނެތުމަކީ އަހަރެމެންގެ މިނިވަންކަމަށް އެރޭނެ ސަބަބެއްތަ ؟ ކީއްކުރަން އެވަރު އެއްޗެއްގަ އަބުދުﷲ ސޮއި ކުރީ.

  21. ފަލަކް

    ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މިޖިލިސް އަށް އދ

    ޢަށް ނިސްބަތްވާ މީހުން އައްޔަން ކުރަންފެނޭ

  22. ބުއްޅަބޭ

    ވެރިކަމަށް އަންނަންހުރިމީހާ މިދައްކަނީ މިގައުމު އަޅުވެތިކުރަންޖެހޭވާހަކަ ޖަމާއަތަކުން! ކިހާރީތި! އިންޑިޔާ ޓީވީ ޔަށް އަރާ މިބުނަނީ ސިފައިންފިނުވާނޭ މިގައުމު ހިފާށޭ.

  23. މަލަކުރި

    ރާއްޖޭގައި ހެދިފައި ހުންނަ އަދި ސަރުކާރުން ބަދަލު ގެންނަމުންދާ ގޮތުން އެ އަންނަ ބަދަލުތަކާއި އެކު އަމަލުކުރާނެ ގޮތް ނިންމާނީވެސް ސަރުކާރުން

  24. ރަބީޢު

    މޮޔަނޮގޮވާ މަޑުން ހުރޭ ހުކުމާއި އަމުރާއި އަހުމެންނަށްވެސް އެނގި ޔަގީންވެގެންވޭ ﷲ ގެ އިރާދަ ފުޅާއެކު އަމަ ލާހިކެއްނޫން ކުރިމަތި ލާކަށް

  25. ނުރަބޯ

    އދ އެއީ އިންސާފު ހޯދައި ދިނުމުގައި ފޭލިވެފައިވާ ބަޔަކު ނޫންނަމަ ފަލަސްތީނު ރައްޔިތުން ޔަހޫދީންގެ އަޅުވެތިކަމުގައި ތިބޭތާ ބައި ގަރުނަށްވުރެ ގިނަދުވަސް ވާންވީ ކީއްވެ؟

  26. ޙަބޭސް

    ރާއްޖެ އަކީ މިނިވަން ގައުމެެއް ތަންފީޒުކުރަނީ އދ ގެ ގާނޫނެހްނޫން ރާހްޖޭގެ ގާނޫނުގައި އޮންނާނެ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނެގޮތް އެނޫން ގޮތަކަށް އެކަމެއް ނުވާނެ ދެން ލަލަލާ

  27. މމ

    ދެން ބުނޭ އ.ދ ގެ ނިމްމުމައް ތަބާ ވުމަކީ ވާޖިބެކޭ.. ބޯ ހަލާކު ހުވާ