ރާއްޖޭގައި މިތިބީ އަސްކަރީ ފުލުހުން ތަކެއް ކަމަށާއި މިފެންނަނީ ފުލުހުން، އަސްކަރީ ބާރެއްގެ ގޮތުގައި މަސައްކަތް ކުރާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ފުލުހުންގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުން ފުލުހުންގެ އިދާރާ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ފުލުހުންގެ ގާނޫނުގައިވާ ގޮތުން ފުލުހުންގެ މުއައްސަސާއަކީ މަދަނީ މުއައްސަސާއެއް ކަމަށެވެ.

"ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި ބައެއް, ނަމަވެސް މިއަދު ފުލުހުންގެ މުއައްސަސާ ފެންނަނީ އަސްކަރީ އަމުރުތަކެއް ތަންފީޒު ކުރަން ހަރަކާތްތެރިވާ އަސްކަރީ ބާރެއްގެ ގޮތުގައި" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތަކަށް އެއްވެސް ބަލާލުމެއް ނެތި ބައެއް ފުލުހުން އަމަލުކުރަމުންދާކަމަށާއި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

" ޣައިރު ގާނޫނީ އަމުރެއް ކަމަށްވިޔަސް އަދި އެހެން ގޮތަކުން އަންނަ އަމުރެއް ކަމަށް ވިޔަސް ހަމައެއްވެސް ގޮތަކަށް ބަލާލުމެއްނެތި އެގޮތަށް އަމަލުކުރާތަން މިފެންނަނީ. އެހެން ނަމަވެސް އެނގެންވީ ކަމަކީ ފުލުހުންނަކީ މަދަނީ މުއައްސަސާއެއްކަން" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަންދެން ގުޅިފައިވާ ޕާޓީތަކުން އިސްލާހަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި، މިއަމުރު ތަންފީޒުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. 3ނިރު

    ކަލޭގެކޮޅަށް ޖެހުނީމަ ނުބުނާނެ ތިގޮތަކަށް އަލީ ހުސޭނަކީ ބޮޑު މުސީބާތެއް

  2. ޣަފޫރުބޭ

    މިރާއްޖޭގެ ކެންދޫދައިރާއަށް ޕީޕީއެމް މެމްބަރުން ނަގާދީފަ މިހުރީ ފުއްލާއެއް!

  3. ޝަރފު

    މި ދިވެހި ބިން ފަސާދައާ ފިތުނަވެރިކަން ޢާންމު ކުރުމަށް ރައްޔިތުންގެ މަންދޫބުންގެ ނަމުގައި ހިންގާ ޖަރީމާތަށް ކުށްވެރިކުރަން. ޢެމްޕީންގެ ފަރާތުން ފެންނަނީ އެދުންވެރިކަމާ، ކަރަޕްޝަނާ ފަސާދަ. ހިތްދަތިކަމާ ނުތަނަވަސް ކަމުގެ ތެރެއިން ގައުމު ބަދުނާމު ކުރުން. ގައުމީ ލޯބި ނެތިކޮށް އިޖުތިމާޢީ ފޭރާން ވީދާ ކުދި ކުރާތަން. އެމްޕީންގެ އިއްޒަތާ ޝަރަފު ވެއްޔާ މޮޑެލާތަން. ގައުމުގެ ހަމަޖެހުން ނަގާލާ އަމިއްލަ އެދުން އިސްކުރާތަން. މިވަރު ބަޔަކަށް އަނެކާއަށް ނިސްބަތްކޮށް މި ފަދަ އެއްޗެހި ކިޔަނީ މި މީހުންގެ ލަފުހަޔާތް ކުޑަކަމުން.

  4. ހެހޮބަސް

    ފުލުހުންނަކީ ރައްޔިތުންނާ ، ޤައުމުގެ ސަލާމަތަށް ތިއްބަވާބައެއް ވީމާ އަސްކަރީ ފުލުހުންނަށްވުމަކީ މައްސަލައެއްނޫން އެއީ ސިޔާސިކުރަންވީކަމެއްނޫން އެއީ
    ޤައުމާ،ރައްޔިތުން ފަޚުރުވެރިވާންވީކަމެއްސިޔާސީބޭފުޅުންކަމަށްްބައެއްފަރާތްތަކުން ބައްލަވަނީ
    ބައެއްފަހަރު ބޭނުންވާގޮތަށް ކަންކަންނުވުމުންކަމަށްދެކެން ދަންނަވާލަން އެއީ އެގޮތަށް
    ތިއްބަވާބޭފުޅުންނެތްނޫން އެގިނުލައްވަންޏާ ދަސްފުޅުކުރައްވާ

  5. ކުޑަބެ

    ރާއްޖޭގައި ބައިތިއްބަންވީ މަސްވެރި ފުލުހުން ތަ؟

  6. ހުސޭނުބޭ

    ކަލޯ އައްޔާ! އަޅެ ނިކަން އިގިރޭސިވިލާތުގެ ލަންޑަންުގައި ތިގޮތަށް ޖެއްސުންކޮށްބަލަ. ހަނދާންކޮށްދިނުމުގެގޮތުން ނަސޭހަތްވެސް ދޭނީ މުގުރުބުރިން. ނަސީބެއްނު އަލީމެން ކަންފަތްމަތީ ނުޖަހާކަން.

  7. ސަނާ

    ކަލޭ ބުނެގެން ސަރުކާރު ވައްޓާލަން މަސައްކަތް ނުކޮށްދިނީމަ ފުލުހުން މި ގޯސްވީ.... ކަލެއަށް ރަނގަޅުވަނީ ބަޣާވަތް ކޮއްގެން ސަރުކާރު ވައްޓާލުން ދޯ... މާދަން ދާންވީ ވެމްކޯ މީހުނާއި އެއްކޮށް ކުނި އުކާ ފޮޓޮއެއް ނަގާލަން - ދެން ފޮޓޯ ޓްވީޓްކޮއްގެން ޕަބްލިސިޓީ ސްޓަންޓެއްޖައްސަން.... މިދެން ކާކު

  8. ހުސޭނުބެ

    އަލީ ހުސައިން ކަލޭ ދޭބަލަ މަސްކަނޑަން މަސް މާރުކޭޓަށް!! ކުރާނެ ކަމެއް ނެތިގެން ދައްކާނެ ވާހަކައެއްނެތިގެން އުޅޭ މީހުނަށް އެތަން ރަގަނޅު ތަނަކަށްވާނެ!!

  9. މުޙައްމަދު

    ކަލޭގެ ފެންވަރަކީ މަސްކެންޑުން ދޭބަލަ އެކަންކުރަން