މިހާރު ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އާ ބެހޭ މައުލުމާތުތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ހެލްތް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައިސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ފޮނުވި ސިޓީގައި ވަނީ، ދުނިޔޭގެ ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް އެޅިފައި ހުރި ފިޔަވަޅުތަކާއި، ކުރުމަށް ރާވާފައި ހުރި މަސައްކަތްތަކާއި ގުޅޭގޮތުންނާއި، ވައިރަސް އާ ބެހޭ އެހެނިހެން މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ މެންބަރުންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެެދެމެެވެ".އެ ސިޓީގައި ވެއެވެ.

ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 6000 އަށް ވުރެ މައްޗަށް ގޮސްފައި ވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 132 އަކަށް އަރާފައެވެ.

ރާއްޖޭގެ ކަމާއި ބެހޭ ވުޒާރާތަކުން ބުނަނީ ރާއްޖެ އޮތީ މި ބަލި ފެތުރިދާނެ ކަމަށްޓަކައި ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަގު

    އެއީ މާމޮޅުބައެއްތަ

  2. މަސީހު

    ރަނގަޅު ތިތާތިތިބީ ހުސްރޯނުއެދުރުން ދެންތިބަލީގެ ވެކްސިން ތިޔަމީހުން މަޖުލިސްތެރޭން ހޯދާނެ.

  3. ޟަން

    މެންބަރުން ވެކްސިނެއް އުފައްދަނީބާ؟

  4. ބިސްބޮންގޮންގް

    ތަނެއް ދޮރެއް ވަކިނުވާ، މަހަކު ލައްކައިން މުސާރަ ނަގާ ރޮނގާލިފައްޗަށް ކޯޗެއް ފަހުމްވާނެ ކަމަށްތަ؟ މަޖްލީހުގެ މެމްބަރުންނަށް ކޮރޯނާ ވައިރަސް ޕާރުސަލްކޮށްފަ ހަދިޔާ ކުރަގަ!!!

  5. ކެޔޮޅު

    ތީބަޔަކީ މިހާރު ކަރާވެލެއްގަ މާހަރުނުލިޔަސް ހުށައަޅަންޖޭހޭނީމަޖިލީހައް މިއީކޮންނިޒާމެއް؟ ގޮއްމުށުގެނިޒާމުދޯ؟