ރ.އަތޮޅު ފައިނުން މިރޭ ކަރަންޓް ކެނޑުނުތާ ދެގަޑިއެއްހާއިރު ފަހުން އެރަށަށް ކަރަންޓް ދީފިއެވެ.

ފައިނުން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި އެރަށުން ކަރަންޓް ދިޔައީ މިރޭ 22:00 ހާއިރުއެވެ. ކަރަންޓް ލިބުނީ 12 ޖެހި ކަންހާއިރުއެވެ.

"ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް މިހާރު ބޭނުންކުރާ ހަމައެކަނި ޖަނަރޭޓަރަށް މައްސަލައެއް ދިމާވެގެން. އެމައްސަލަ ހައްލު ކުރުމަށް ފެނަކަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން. ނަމަވެސް އަވަހަށް މައްސަލަ ހައްލުވެދާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް މައުލޫމާތު ލިބިފައި ވަނީ." އޭނާ ބުންޏެވެ.

އޭނާ ބުނީ ފައިނަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ދުވާލުގެ ވަގުތުތަކުގައި ވެސް އެރަށުން ކަރަންޓް ކެނޑުން ފަހަކަށް އައިސް ވަނީ އާއްމު ކަމަކަށް ވެފައެވެ.