މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

00:24

މާސްކް ވިއްކުން ބޭސްފިހާރަތަކުން ކޮންޓްރޯލް ކޮށްފި. އޭޑީކޭ ހޮސްޕިޓަލްގެ ބޭސްފިހާރައިން ކޮންމެ މީހަކަށް ވިއްކަނީ އެއް މާސްކް. ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައިން ކޮންމެ މީހަކަށް ވިއްކަނީ ތިން މާސްކް ކަމަށް މައުލޫމާތު ލިބޭ.

00:08

23:45

ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.

23:45

23:40

މިނިސްޓަރ އަމީން: ޓެސްޓްގެ ނަތީޖާ ލިބޭނެ ވަގުތު މާދަމާ ހާމަކުރާނަން.

23:40

އޭނާ ރާއްޖެ އައިސް ބޭރަށް ނިކުމެފައެއް ނުވޭ، އޭނާ ހުރީ ކޮޓަރީގައި.

23:39

މިނިސްޓަރ އަމީން: އާއިލާ އަށް ދޭން ޖެހޭ މައުލޫމާތުތައްދީ މުއާމަލާތް ކުރެވެމުން ދަނީ.

23:39

މިނިސްޓަރ އަމީން: އޭނާ ރާއްޖެ އައީ ރޭގެ ވަގުތެއްގައި. އޭނާގެ އާއިލާ އާއި ބެހޭ މައުލޫމާތު ހާމައެއް ނުކުރެވޭނެ. ހުރިހާ މައުލޫމާތެއް ސާފުކުރުމަށްފަހު ކޮންމެ ދުވަހަކު ހާމަކުރާނަން. ރައްޔިތުން އަޅުގަނޑުމެންގެ އިރުޝާދާއި އެކު އަމަލުތައް ކުރެއްވީމަ ރަނގަޅުވާނެ.

23:37

މިނިސްޓަރ އަމީން: އޭނާ ދިޔަ ޕްރޮވިންސުން މިހާތަނަށް 161 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވޭ.

23:32

23:31

ހެލްތު މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

23:26

23:16

ހެލްތު މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުން ފަށާނެ ކަމަށް ލަފާކުރެވެނީ 23:30 ގައި.

22:55

ޗައިނާ އަށް ދަތުރުކޮށްފައި ނުވާ އެމެރިކާ މީހަކަށް ކޮރޯނާވައިރަސް ޖެހިއްޖެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ އިލިނޮއިސް އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހާ އާއި ކައިރީގައި އުޅުނު މީހެއް.

22:52

22:07

ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލުންގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން 23:30 ގައި. ޖެނީވާގައި ބާއްވާ ބައްދަލުވުމުގައި ދުނިޔޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ.

21:27

އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ރައީސް ޞާލިހްގެ ސަރުކާރު ނުކުޅެދިއްޖެ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ "އެމްނެސްޓީ އިންޓަނޭޝަނަލް" އިން ބުނެފިއެވެ.

21:07

ޗައިނާގެ ވުހާން ސިޓީ އާއި އިންވެގެން އޮންނަ ހުއަންގަންގް ސިޓީގެ ހެލްތު ޑިޕާޓްމެންޓުގެ ޗީފް މަގާމުން ވަކިކޮށްފި. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ވައިރަސް އާއި ބެހޭގޮތުން ނޫސްވެރިން ކުރި އާދައިގެ ސުވާލުތަކަކަށް ޖަވާބު ދޭން ނޭނގުމުން. އެގޮތުން ވައިރަސް އަށް ކިތައް މީހުން ޕޮސިޓިވް ވެފައިވޭތޯ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ "ނޭނގޭ" ކަމަށް.

21:05

ކޮރޯނާވައިރަސް އަށް ހާއްސަކޮށްގެން ޗައިނާ އިން ހަދަމުން އަންނަ 1600 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދޭ.

20:49

ޖަޕާނުގައި ކޮރޯނާވައިރަސް އާއި ގުޅިގެން ފެންނަ އަލާމާތްތައް ނުފެނިވެސް އެ ގައުމުން މި ވައިރަސް މީހުންގެ ގަޔަށް އަރަމުން އަންނަ ކަމަށް ޖަޕާނުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ.

20:48

ޖަޕާނުން މިހައިތަނަށް ޖުމްލަ 11 މީހަކު މި ވައިރަސް އަށް ޕޮސިޓިވް ވެފައިވޭ.

20:47

މިއާއިއެކު ޗައިނާ އަށް ނުދާ މީހުންގެ ތެރެއިން ޖަޕާނުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 2ށް އަރާފައި.

20:46

މި 3 މީހުންގެ ތެރެއިން އެކަކު އެއީ ޗައިނާ އަށް ދަތުރުކޮށްފައިވާ މީހެއްވެސް ނޫން.

20:45

ޖަޕާނުން އިތުރު 3 މީހަކު ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވެއްޖެ.

20:41

އިޓަލީގެ ކްރޫޒްޝިޕުގައި ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު ޗައިނާގެ ފަތުރުވެރިންނަށް ވައިރަސް ނުޖެހޭ ކަމަށް ފުރަތަމަ ނަތީޖާތަކުން ދައްކައިފި.

19:41

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފި.

18:57

18:52

ޗައިނާގެ ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެ ގައުމުން ބޭލުމަށް އިނގިރޭސިވިލާތުން ފޮނުވާ ފްލައިޓު މާދަމާ ފުރާނެ ކަމަށް އެ ގައުމުގެ ހާޖިރީ ވުޒާރާ އިން ހާމަކޮށްފި.

18:51

މިސްރުގެ އިޖިޕްޓް އެއާ އިން ޗައިނާ އާއި މިސްރާއި ދޭތެރޭ ކުރާ ފްލައިޓުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި.

17:32

ޓެސްޓު ހަދާތާ 30 މިނިޓް ތެރޭގައި ކޮރޯނާ ވައިރަސްގެ ނަތީއްޖާ ލިބޭ ކިޓެއް ޗައިނާއިން އުފައްދައިފި.

17:31

ކޮރޯނާއަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިގެން އިޓަލީގެ ކްރޫސް ޝިޕެއް ކަރަންޓީންކޮށްފި.

16:26

ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި.

16:06

ވިއެޓްނަމް އިން ކޮރޯނާ ވައިސްއަށް އިތުރު ތިން މީހަކު ޕޮޒިޓިވްވެއްޖެ. މިހާތަނަށް އެ ގައުމުން ފަސް މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި،

16:01

15:23

މީހުން ސްކްރީން ކުރުމަށް ބޭނުން ކުރާ ކެމެރާ އިތުރު ކުރުމަށް ސަރުކާރުން ނިންމައިފި

15:18

ވޫހާންގައި ތިބި ދިވެހިން ރާއްޖެ ގެންނާނީ އެހެން ގައުމެއްގައި ކަރަންޓީން ފުރިހަމަ ކުރުމަށްފަހު

15:14

ރާއްޖޭގެ 69 މީހަކު ޗައިނާގެ އެކި ސިޓީތަކުގައި ތިބި ކަމަށް އެމްބަސީގައި ރަޖިސްޓްރީ ކޮށްފައިވޭ އޭގެ ތެރެއިން ވައިރަސް ފެތުރުނު ވުހާންގައި 9 ދިވެހިން. އޭގެ މި ތެެެެެެރެއިިިންް މިހާާާތަނަށް ރާއްޖެއަންނަން ނޯޓް ކޮށްފައިވަނީ 7 މީހަކު.

15:13

ދިވެހިން ދަތުރު ކުރާއިރު ޓްރެވެލް އެޑްވައިޒަރީ އެއް ނެރެނީ.

15:12

ރާއްޖެ އަންނަން ބުކިންގ ހެއްދި 5556 މީހަކު ބުކިންގ ކެންސަލްކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފި.

15:09

ޗައިނާއިން ރާއްޖެ ސީދާ ދަތުރުކުރާ ފްލައިޓްތައް މެދު ކަނޑާލަން ސަރުކާރުން ނިންމައިފި

14:45

ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ ރަޝިއާ-ޗައިނާ ބޯޑަރު ބަންދު ކޮށްފި

14:41

ކޮރޯނާ ވައިރަސް އިން ސަލާމަތް ވުމަށް ކެމްބޯޑިއާ ރައްޔިތުން މާސްކް އަޅާތީ ސަރުކާރުން ރުޅިގަދަވެ އިންޒާރު ދީފި.

https://twitter.com/VaguthuOnline/status/1222816987291607041?s=19

13:59

ކޮރޯނާ ވައިރަސް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ދެކެނު ކޮރެއާއިން 5 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ޗައިނާއަށް ފޮނުވަން ނިންމާފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ

13:59

ކޮރޯނާ ވައިރަސްއާ ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔުމަށް އަންގައިފި

13:44

ފިލިޕީންސްއިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިިޓިވް ވެއްޖެ.

13:32

އިންޑިއާއިން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވްވެއްޖެެ

12:42

12:34

މާސްކް އެޅުމަކީ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް މާބޮޑު އެހީއެއް ލިބޭ ކަމެއް ނޫންކަމަށާއި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ރަނގަޅަށް އަތް ދޮވުން ކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒިސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ބުނެފި.

11:57

11:43

ފަލަސްތީންގެ ބިންތައް އިސްރާއީލަށް ހިބަކޮށްދިނުމަށް އެމެރިކާ އިން އިއުލާން ކުރި އެއްބަސްވުމަށް ކުވައިތުން މަރުހަބާ ކިޔައިފި. މި އެއްބަސްވުމަށް ކުވައިތުން ތާއިދު ކުރިއިރު ކުވައިތު އަކީ އެމެރިކާ ސިފައިން އެގައުމުގައި ގާއިމްވެ ތިބުމުގެ ހުއްދަ ވެސް ދީފައި އޮންނަ ގައުމެއް. ކުވައިތުގައި އެމެރިކާގެ އަސްކަރީ ބޭސްއެއް އޮވޭ.

11:25

11:11

ފެބްރުއަރީ މަހުގެ 03 ވަނަ ދުވަހުން ފެށިގެން ޗައިނާ އިން ދުވާލަކު 180 މިލިއަން މާސްކް އުފައްދާނެ ކަމަށް ބުނެފި.

11:09

ލަންކާގައި އަގުބޮޑުކޮށް މާސްކް ވިއްކުން މަނާކޮށްފި. ލަންކާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ ޑިސްޕޮސިބަލް ފޭސް މާސްކެއް ވަކިން ވިއްކާނަމަ އެންމެ އަގުބޮޑުކޮށް މާސްކެއް ވިއްކޭނީ 15 ރުޕީސް އަށް ކަމަށާއި އެން95 ގެ މާސްކެއް އެންމެ އަގުބޮޑުކޮށް ވިއްކޭނީ 150 ރުޕީސް އަށް ކަމަށް.

11:05

ގަސްދުގައި އެހެން މީހުންނަށް ބަލި ޖައްސަން އުޅޭ މީހުންނާއި، ސްކްރީން ކުރަން ދެކޮޅު ހަދާ މީހުންނާއި ކަރަންޓީން ވާން ދެކޮޅު ހަދާމީހުންނާއި ފަރުވާ ހޯދަން ދެކޮޅު ހަދާމީހުންގެ މައްޗަށް ޖިނާޢީ ދައުވާ އުފުލުމާއި މެދު ވިސްނަމުންދާ ކަމަށް ވުހާން ސިޓީ ހިމެނޭ ހުބާއީ ޕްރޮވިންސްގެ ޕަބްލިކް ސޭފްޓީ ޑިޕާޓްމަންޓް އިން ބުނެފި.

11:02

ކޮރޯނާވައިރަސް އާއި ގުޅިގެން އެމެރިކާ އިން ޓާސްކްފޯސް އެއް އެކުލަވާލައިފި.

10:56

10:53

މެލޭޝިއާ އިން އަށްވަނަ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ.

10:33

10:18

09:23

ޗައިނާމީހާ ވިއްކާ ޑޮރަލަރު ކޮޅަށްވުރެ، އޭނާގެފަރާތުން ކޮށްފާނެ ނުރައްކާ ބޮޑުވެދާނެ ކަމަށާއި އެހެންކަމުން ޗައިނާ ފަތުރުވެރިންނަށް "ރާއްޖޭގެ ދޮރު ބަންދުކުރަން ނުވޭތޯ؟" ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ސުވާލު ކުރައްވައިފިއެވެ.

08:51

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވެސް ވިދާޅުވެއްޖެއެވެ.

08:32

ފަލަސްތީންގެ ރައީސް މަހްމޫދްގެ އަތްޕުޅުން ލިޔުއްވާފައިވާ ހާއްސަ ސިޓީއެއް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފޮނުވައިފިއެވެ.

08:19

08:14

ވުހާންގައި ތިއްބާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ޖަޕާންގެ ތިން މީހަކު އެގައުމަށް ގެންގޮސްފި. މިހާރު ޖަޕާންގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައި 11 މީހުން އެބަތިބި. އޭގެ ތެރެއިން ދެމީހުންނަކީ ޗައިނާ އަށް ދަތުރު ނުކުރާ މީހުން.

08:04

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 170 އަށް އަރައިފި. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 1700 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި، ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 7711 އަށް ވަނީ އަރާފައި.

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 170 އަށް އަރައިފި

07:02

ކޮރޯނާވައިރަސް އާއި ގުޅޭ ދޮގު މައުލޫމާތު ފަތުރަމުން ގެންދިޔަ މީހަކު މެލޭޝިއާ އިން އަނެއްކާވެސް ހައްޔަރުކޮށްފި. މިހާތަނަށް މެލޭޝިއާ އިން ވަނީ ކޮރޯނާވައިރަސް އާއި ގުޅޭ ދޮގު މައުލޫމާތު ފަތުރަމުން ގެންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފައި.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު މިއަދުވެސް އެންމެ ފާހަގަ ކޮށްލެވެނީ ކޮރޯނާވައިރަސް އާއި ގުޅިގެން ލިބިފައި ހުރި ޚަބަރުތަކެވެ. ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަކަށް އަރާފައި ވާއިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6000 ފަހަނައަޅާފައެވެ.

ފަލަސްތީންގެ މަސްރަހަކަށް ބަލާއިރު ފަލަސްތީންގެ ގިނަ ސަރަހައްދުތަކުގައި މިއަދު ވަރުގަދަ މުޒާހަރާތަކެއް ފެށިގެން ކުރިއަށް އެބަދެއެވެ.

ކޮރޯނާވައިރަސް އާއި ފަލަސްތީންގެ މަސްރަހާއި އަދިވެސް ފާހަގަ ކުރެވޭ އެހެން ޚަބަރުތަކުގެ މައުލޫމާތު އިއްޔެގެ ބްލޮގް އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު