ހއ. އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހާއްސަ މަހާސިންތާއެއް މޯލްޑިވްސް ކަސްޓަމްސް ސާވިސެސްގައި ބާއްވައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި މިހާސިންތާގެ މަގުސަދަކީ އެރަށަށް ބަނދަރުކުރާ ޔޮޓްފަހަރު މަދުވެފައިވާ ސަބަބުތައް ދެނެގަތުމާއި އެކަންކަން ހައްލު ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް މަގުފަހިކުރުން ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް މި މަހާސިންތާ ކުރިއަށް ދިޔައީ މިއަދު ކަސްޓަމްސްގެ އިމާރާތުގައެވެ. މި މަހާސިންތާގައި މިކަމާއި ގުޅޭ ތަފާތު 15 އިދާރާ އަކުން 45 މަންދޫބުން ބައިވެރިވެއެވެ. މި ހުރިހާ މުއައްސަސާ ތަކަކުންވެސް މި މައްސަލައަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ މި މަހާސިންތާގައި ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކުންނާއި އަދި ކަމާއި ގުޅޭ ޖަމިއްޔާތަކުން، މި މައްސަލައާއި ގުޅޭގޮތުން ފާހަގަކުރެވޭ ކަންތައްތަކާއި އެކަންކަން ހައްލުކުރުމަށް ހުށަހަޅާ ކަންކަމުގެ މައްޗަށް ބިނާކޮށް ޕްރެސެންޓޭޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މަހާސިންތާ ނިމިގެންދާއިރު އުލިގަމަށް ޔޮޓް ފަހަރު އައުން މަދުވެފައިވަނީ ކޮން ސަބަބުތަކާއި ހުރެ ކަން އެނގިގެން ދިޔުމުގެ އިތުރަށް އެ މައްސަލަތަކަށް މުއައްސަސާތަކުން ހުށަހަޅާ ހައްލުތައް ފާހަގަވެގެންދާނެ ކަމަށެވެ. އަދި މިގޮތަށް ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް ރިޕޯޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.ތޮުރި

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭބެ

    ކޮންމެކަމަކަށް މަހާ ކާއްޓާ ބޭއްވީމަ ހުންނާނީ ރާކަނިމަސް ކެވިފައި! ލަދުން.......

  2. ލުޓޭރުންގެ ސަރުކާރު

    މަހާސިންތާއެއް ނުބޭއްވީމަތަ ޔޮޓުތައް ނާންނަނީ..ޑޮލަރުގަހެއް ފަޅާތޯބަލަން މަހާސިންތާއެއް ބާއްވަދީބަލަ.. ރަގަޅަށް ވެރިކަންކުރަން ދަސްވޭތޯބަލަން މަހާސިންތާއެއްބާއްވަބަލަ...ރައްޔިތުން ފާފަވެރިކުރަންއުޅޭބައެއް މިސަރުކާރުގަތިބީ...އަސާސީތައުލީ މުވެސްނެތް...

  3. ބްރޯ

    މީހުނަށް ވާނުވަާ އޮޅުވާލަން މަހަސިންތާ ބޭއްވުމަކުން އަންނާނެ ބަދަލެއް އެބައޮތްބާ؟ ބަޖެޓުން ތިޔަކުރީވެސް ބޭނުމެއްނެތް ހަރަދުތަކެއް.ތިޔ މަހަސިންތާ ބޭއްވިޔަސް އިތުރެއްނުވާނެ . މިހާރު މިއުޅެނި ވިޔަފާރި ކުރާފިހާރަތަކުގެ ސޭލްސްވެސް ދަށްވެގެން . މަހާސިންތައަކުން ސޭލްސް މަތިވާނެތަ؟