ކުރިއަށް އޮށް ކައުންސިލް އިންތިހާބާއި ދިމާކޮށް އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު މިއަދު ގެނެސްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ސަރުކާރުން ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އައްޑޫ ސިޓީގެ މަގުހެދުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ބޭނުންވާ ސާމާނު އައްޑޫ އަށް ގެނެސްފައިވާ ކަމަށެވެ.

އައްޑޫގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އިތުރުން ގުޅިފައިވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ.

ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ކުރެވުނު އެއްބަސްވުމާއެކު މަޝްރޫއު ފެށުމަށް ބޭނުންވާ ކަންކަން ފެށިގެން ކުރިއަށް ގޮސްފައިވާ އެ މަސައްކަތް ހަލުވި ކަމާއި އެކީ ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާފައެވެ.

134 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފަަަަައިވާ މި މަޝްރޫއުގައި 13 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީއަކީ ސަރުކާރުން އިސްކަމެއް ދީގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ސިޓީއެކެވެ. އެހެންނަމަވެސް ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އައްޑޫގައި އެކަށީގެންވާ މިންވަރަކަށް ތަރައްޤީގެ މަޝްރޫޢުތައް ނުހިންގޭތީ ކޮންމެ އިންތިހާބަކާއި ދިމާކޮށް މަގުހެދުމުގެ ވާހަކަ ދައްކަމުން އަންނާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔައިންގެ ސިޓީ

    މިގައުމުގާ ތިބި އެންމެ ފަސޭހައިންބގުބޯ ހެއްދޭ މީހުން ތިބޭނީ އަށްޑޫގަ އެމްޑީޕީ ޖަހާ ކޮންމެ ބެރަކަށް ނަށާ ބޯބުރާންތިން ތަކެއް އެންމެ މުއްސަދިންގިނަ ތަންދޮރު ނުފިލާ އަށްޑުއަށް އެންޑީޕީގެ ވެރިކަމެއްގަ ވީކަމެއް ހަރާން ހަަމަ އެމްޑީޕީ ވަރެއް ނެތިގެން އުޅޭ ބޯހަމަރުން ތިބި އަތޮޅުމީ މަވެސް މީ އަށްޑޫ މީހެއް މަސަލާން އެމްޑީޕީއަށް ވީކަމެއް އަނެއްކާ ބުބޯހައްދަނީ

  2. އ

    ދެންހުވަފެން ދައްކާފާ އިންތިޙާބުނިމުނީމާ އެހިސާބުން ހުއްޓާލާނެ.

    12
    1
    • ބޯހަލާކު

      އިންތިހާބް ނިމުނީމަ ޑޮލަރުގެ އަގު މަތިވާނެކަމަށް ހަބަރުލިބޭ.؟ ހުދު އެމްޑީޕީ މީހުންވެސް ދައްކަން ފަށައިފި..؟!
      ދެން ކާބޯތަކެތީގެއަގު މައްޗައްދާނީ...މުނާފިގު ނަސީދު ވެރިކަމުގަ ބިހެއްގެއަގު 1.5 ރުފިޔާއަށް އުފުލުނީ 75 ލާރިއަށް ހުރެފަ..ވިސްނާދިވެހިން..

  3. ޙަސަނާ

    ކޮންކަމެއްބާ އައްޑޫއައް ނުވެގެންއުޅެނީ ޔާމިނުވެސް އައްޑޫ އައްކޮއްދިން ކަންކަން އޭރު ސިޓީކައުންސިލުން ކުރަމުންދިޔަ ޖެއްސުންތަކާއެކުވެސް ކަންކައް ކޮއްދިން ރިޔާސީ އިންތިހާބުގަ ޗޮކުންދުއްވާލި ތިތާގިނަވާނީ ނަސީދައް މަރުދޭ މީހުން އޭނަ އައްޑޫމީހުންގުބޯހައްދަނީ އޭނަޔަކީ މާލެ މާލޭ ރައްވެހި ރަސްކޮއިލުން އައިއްސަހުރި މީހެއްވީމަ ހޮތްތިރިކަން ދައްކާފަ އަޑިނުބައިވާނެ..