ފުލުހުންނާއި ސިފައިންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ހިތުގައިވާ ލޯބި ހާމަކޮށް، ތައުރީފުގެ ބަސްތައް އަރިސްކޮށްފިއެވެ.

ޤާސިމް ސިފައިންނާއި ފުލުހުންނަށް ތައުރީފްކޮށް ވާހަކަދައްކަވާފައި ވަނީ މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރެހާއި ގުޅިގެންނެވެ. ގާސިމް ކުރެއްވި ތައުރީފުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ، ގައުމަށް ނުރައްކަލެއް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކޮށް، ވާޖިބު އަދާކުރުމަށް އެންމެ ފުރަތަމަ ނިކުންނަނީ ދިވެހި ސިފައިންނާއި، ފުލުހުން ކަމަށެވެ.

"އަޅުގަނޑުގެ ހިތުގެ ލޯތްބާއި، އިހުތިރާމާއި، ޝުކުރު އަބަދުވެސް ވާނީ ސަލާމަތީ ބާރުތަކާއި އެކު" މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް އަދި ފުލުހުން ޓެގް ކުރައްވައި ގާސިމް ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރެހަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުމާއި ގުޅިގެން އޭނާ ކަރަންޓީނު ކުރުމަށް ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސިފައިންނަށް ތައުރީފް ކުރަމުންނެވެ.

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އުމުރުން 20 އަހަރުގެ ދިވެހި ޒުވާނާ ކަރަންޓީން ކޮށްފައި ވަނީ މާލެ ކައިރީ އޮންނަ އެސްޓީއޯގެ ތެޔޮ ރައްކާކުރާ ރަށް، ފުނަދޫގައެވެ. އޭނާގެ ޓެސްޓްތައް ހަދަން މިހާރު ވަނީ ލޭގެ ސާމްޕަލް ރާއްޖެ އިން ބޭރަށް ފޮނުވާފައެވެ. ބެލެވޭ ގޮތުގައި ޓެސްޓްގެ ނަތީޖާ ލިބޭނީ މާދަމާގެ ވަގުތެއްގައެވެ.

އޭނާ ކަރަންޓީނު ކުރުމަށް އެހީތެރިވި ސިފައިންނަށް ވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުރުން، ޗީފް އޮޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ޝުކުރު އަދާކުރައްވާފައެވެ.

މި ބަލި އެންމެ ގިނައިން އަދި ހަލުވި ސްޕީޑުގައި ފެތުރެމުން އަންނަނީ ޗައިނާގައެވެ. ހެލްތު މިނިސްޓްރީ އިން ވިދާޅުވެފައިވާ ގޮތުގައި މި ބައްޔަށް ޝައްކުވެގެން ކަރަންޓީނުކޮށްފައި ވަނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މީޓް މާކެޓަކަށް ޒިޔާރަތްކުރި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނދިރި އަނިދިރިން

    ބުޅާ މަސްގަޑުދެ ކެވާލޯބި ގާސިމު ރައްޔިތުންދެކެވާނެ..

    16
    4
  2. ފިރުއައުން

    ލާދީނީ ރި ޕޯޓް ދެކެ މސ ހަމީދު ލޯބިވާ ވަރަށް ގާސިމްލޯބިވާނެ ލާދީނީ ރިޕޯޓް އުފެއްދި ބައިގަނޑު ހިމާޔަތް ކޮށްދޭ ފުލުހުން ނާއި ރީނދޫ ލާދީނީ ސަރުކާރު ދެކެވެސް!

    12
    4
  3. Anonymous

    ގާސިމް ނަހަދާނެ ދޮގެއް

    3
    2
  4. ނަރުހުންގެ މާމަ

    ޢެއްމ ބޮޑު ޝުކުރެއް އަދާކުރަންޖެހޭނީ ކޮރޯނާ ވައިރަސް ސޕ ނަށް ފަރުވާދިނުމަށް ޢަމަލީގޮތުން ހަރަކާތެރިވާ ޑރ ނާއި ނަރުހުންނަށް، އެބައިމީހުން ޢާއިލާތަށް ޤުރުބާންކޮށް އަމިއްލަ ފުރާނަށް ވިސްނުމަކާ ނުލާ ގައުމަަށާއި އިންސާނިއްޔަތަށް އެކޮށްދެއްވާނީ އަގުހުރި ބޮޑު ގުރުބާނީ އެއް.