ކޮރޯނާ ވައިރެސް ފެތުރެމުން ދިއުމާއި ގުޅިގެން ދިވެހި ވިޔަފާރިވެރިން މާސްކާއި ސެނިޓައިޒާ އަގުބޮޑު ކުރުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.

ޒައިދު އެކަމާއި ފާޑު ވިދާޅުވެފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ޝެއިހް ޒައިދުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ މިއަދު ލާރިކޮޅަކަށްޓަކާ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން މާސްކާއި ސެނިޓައިޒާގެ އަގު ބޮޑުކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަދި މި ދުވަސްވަރު މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި ހިލޭ ބެހުމުން އެކަމުން ލިބޭ ފައިސާ އަށްވުރެ ބޮޑަށް އެމީހަކަށް ސަވާލު ލިބޭނެ ކަމަށާއި، މިކަމަށް ހުރިހާ ވިޔަފާރިވެރިން ވިސްނުން މުހިންމު ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ފާހަަގަ ކުރައްވާފައެވެ.

ޝެއިހް ޒައިދު މިހެން ވިދާޅުވެފައި ވަނީ މީގެ ކުރިން ހެޔޮ އަގުގައި އަތް ފޯރާފަށުގައި ލިބެންހުރި މާސްކާއި ސެނިޓެއިޒާ މިދުވަސްކޮޅު އިންތިހާ އަށް އަގު އުފުލުމާއި ގުޅިގެންނެވެ. މީގެ ކުރިން އެންމެ ތިން ރުފިޔާ އަށް ލިބެން ހުރި މާސްކުގެ އަގު މިހާރު ވަނީ ދެގުނައަށް އުފުލިފައެވެ. އަދި އެންމެ 20 ރުފިޔާ އަށް ބާޒާރުގައި ލިބެންހުރި ސެނިޓައިޒާގެ އަގު މިހާރު ހުރީ 35 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދުެ އަގުތަކެއްގައެވެ.

ބައެއް ވިޔަފާރިވެރިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހާމަކޮށްފައިވާ ގޮތުގައި މިތަކެތީގެ އަގުތައް ކުއްލިއަކަށް މިހާބޮޑަށް އުފުލިގެން ގޮސްފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިތަކެއްޗަށް އިންތިހާއަށް ބޭނުން ޖެހި މާކެޓުތަކުން ހުސްވެގެން ދާން ފެށުމުގެ ސަބަބުންނެވެ. އަދި މިހާރު ރާއްޖެއަށް ފާސް މާސްކާއި ހޭންޑް ސެނިޓައިޒާ ލިބުންވެސް ކުރިއަށްވުރެ ދަތިވެފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ އަގު އުފުލިގެން ގޮސްދާނެ ކަމަށް އެފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

ޗައިނާގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ކަރަންޓީނު ކޮށްފައި ރާއްޖޭގައިވެސް އެބަހުއްޓެވެ. އޭނާ ކަރަންޓީނު ކޮށްފައި ވަނީ ފުނަދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމީ

    ބަލަ ސަރުކާރުގަ ބުނަން ލަދު ގަތީތަ؟ހަދާން ނެތުނީ ތޯ މާލޭގަ ފެނުގެ މައްސަލަ ޖެހިގެން ހިލޭ ސަރުކާރުން ފެން ބެހިކަން ..

    18
    2
    • .......

      ހިލޭޔޭ...ސަރުކާރު ހިންގަނީީ އަހަރެމެންގެ ފައިސާއިންދޯ....އެ ފައިސާއިންދޯ ފެނަގަނެފަ ދިނީ...އެހެންވީމަ އެ ހިލޭވީކީ ނޫންދޯ....ސަރުކާރަކުން ރައްޔިތުން އަތުން ބަދަލެއް ނުނަގާ ކަމެއް ކޮށްދިނަސް އެ ހިލޭ ކަމަކަށް ނުވާނެ....އެއީީ ދޯ ގައުމުގެ ރައުސުލް މާލް ހަވާލުކުރާ މަގުސަދަކީ....ސަރުކާރުން ރައްޔިތުން އަތުން ހިދުމަތަށް ނަގާ ނަމަ އެއީ މައްސަލަ އެއް ހަގީގަތުގައި...ދެން ބުނޭ އެކަން ކަމެއް ނުހިންގޭނެޔޭ ނުނަގާ....ތާރީހުން ފެންނަން އެބައޮތް ހިންގޭނެކަން....

  2. Anonymous

    މިފަދަ ޟަރޫރީ ޙާލަތުގަ މާސްކް ދޭން ޖެހެނީ ސަރުކާރުން.

    8
    1
  3. ދެފުށްކެހެރި

    އެއްވެސް ކުށެއް ނެތް ނިކަމެތި އިންސާނަކު ބޮލުގައި ވަގުންތަކެއް ކުރި ބޮޑުވައްކަމެއް އަޅުވާފައި ނުހައްގު ޖަލަށް ލާންހެޔޮވާނެތޯ؟

    7
    3
  4. ނާސިރު

    ކޮންމެ މުސީބާތެއް ވެސް ޖައްސަވަނީ އިންސާނުންގެ އަމަލް ތައްފާސިދު ވުމުން. ދުނިޔެ އާއިމެދުޣާފިލްވެ އުޚްރަވީ ހަޔާތް
    ބަރުބާދުކޮށްލަނީ ދުނިޔޭގެ ދަހިވެތިކަމުގަ. އެކަމަަކު ވަގުތީ މިދުނިޔެއަށްޓަކާ މިއަދު އަޅުގަނޑުމެންގެ މިކުޑަމުޖްތަމައުގަ ކޮށްފަނުކުރަނީ ކޮންކަމެއްތޯ؟ ކުދިފާފަތަކާއި ބޮޑެތިފާފަ ތަކަށް އަރައިގަންނަނީ އެއްވެސްޖެހިލުމެއްނެތި. މިފަދަނުބައިފާސިދް ފާޖިރު ކޮންމެފަދަ ނުބައިކަމެއްވެސް އިސްވެ އެްމެފުރަތަމަ ހިންގަނީ ގައުމުގެ ހިންގުމާހަވާލުވެތިބޭ ވެރިން. ކޮންމެކަމެއްގާމެ އިސްލާމީ ރީތިމާތްސިފަތަކުން ނަމޫނާ ދައްކާދޭންތިބި މީހުންގެ ނުބައިނުލަފާ އަމަލްގެ ސަބަބުން ގައުމުހަލާކުގެތެރެއަށް ވެއްޓެމުންދާއިރު ރައްޔިތުންނައް ވެގެންދާނީ ކިހިނެއްކަމާމެދު ވިސްނާ ފިކުރު ހިންގާނެ އަވައްޖެއްނުވެ އުޅުމުގެ ނަތީޖާ ހިތިވާނެ. ﷲއަށް ބިރުވެތިވާކަށް ނުވޭތޯ؟ ޔާﷲ އަޅަމެންގެ މިކުޑަގައުމުގެ ރައްޔިތުންގެ ހިތްތަކަށް އިނބައިލާހު ނޫރުންއަލިކަން ދެއްވަވާ ބަލާމުސީބާތް ތަކުން އަޅަމެން ރައްކައުތެރިކުރައްވާށި. ޢާމީން

    9
    1
  5. ކަކުނި

    ކަލޭމެން މާސްކް ބެހިއްޔާ ސަވާބެއް ނުލިބޭނެތަ؟ ކަލޭމެންނަށް ޚަރަދު ކުރެވެނީ ޖިހާދަށް ފޮނުވަން ވީމަ ދޯ؟

    1
    6
    • ނަގު

      ކަލޭ ނޫސް ނުކިޔާ ދޭބަލަ ޑޮކްޓަރަށް ދައްކަން.
      ކަލޭ ބުއްދި ހަމަނުޖެހޭ.

  6. އަޒްރާ

    މާސްކު ނުބަހާ ކިޔާނެ ދުއާއެއް ބެހިއްޔާ މާ ރަނގަޅެއްނޫން. އަހަރެން އަޑުއެހިން މާސްކްތައް އުފައްދަނީ އިޒްރޭލުންނޭ ވެސް.

    3
    2