ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރައްވައިފިއެވެ.

އުމްރާގެ އަޅުކަން އަދާ ކުރެއްވުމަށް ފަހުގައި ޖާބިރު ދާދި ދެންމެއަކު ޓްވިޓާގައި އެބޭފުޅާގެ ފޮޓޯއެއް ހިއްސާ ކުރެއްވުމަށް ފަހުގައި ވަނީ "ٱلْحَمْدُ لِلّٰهِ" އޭ ވިދާޅުވެފައެވެ.

ޖާބިރު އުމްރާ އަށް ފުރައިވަޑައިގަތީ މީގެ 4 ދުވަސް ކުރިންނެވެ. އެބޭފުޅާ އުމްރާ އަށް ފުރާވަޑައި ގަންނަވާކަން ހާމަ ކުރައްވާފައި ވަނީ އަނބިކަނބަލުން ދިޔާނާ ސައީދުއެވެ. ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާބިރުގެ އުމްރާއަކީ ﷲ ގެ ހަޟުރަތުގައި ގަބޫލު ކުރެއްވިގެންވާ އުމްރާއަކަށް ވުމަށް އެދި ދުޢާ ކުރައްވާ ކަމަށެވެ. އަދި ޖާބިރުގެ ދުޢާ އިޖާބަކުރައްވާ، ފާހަގަތިކަމާއި އުފާވެރިކަން ޖާބިރަށް މިންވަރު ކުރެއްވުން އެދި ދިޔާނާ ދުޢާ ކުރައްވާފައި ވެއެވެ.

ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނޭ މެންބަރުންގެ ތެރެއިން އެންމެ މަގުބޫލް އެއް މެންބަރެވެ. އެންމެ ގިނަ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާ، އެންމެ ގިނައިން ބަހުސް ކުރައްވާފައިވާ މެންބަރަކީ ވެސް ޖާބިރެވެ. ޖާބިރު މަޖިލީހުގައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ސަބަބުން އާއްމުންގެ މެދުގައި އޭނާ އަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ގޮއްޔެ

    ޢަލުކަމެއް ކުރިޔަސް އިސްތިހާރު ކުރާތި. ނަމާދެއް ކުރިޔަސް ފޮޓޮއެއް ދައްކާލަންވާނެ!

    40
    1
    • މާކުންބެ

      ތިހެން އަހަރެން ކުރީދުވަހު ލިޔުނީމަ ވަގުތުކުދިން ކޮމެންޓްނުޖެހި ޖާބިރު ޓިސްޓިސް ނުދީފާނެތީ....ﷲއަށް ހިތްނިޔަތް ޙަލާސްކޮށް ކުރާއަޅުކަމެ ފޮޓޯޝޫޓްކޮށް ވީޑިޔޯކޮށް ޕޯޓްރައިޓުކުރަންޖެހޭތަ...ﷲއަށް އަޅުކަންކޮއްފަ އެކަން އަންގަންނުޖެހޭ ބަރާބަރަށް ނޯޓްކުރަން ހަވާލުވެފަތިބި ދެމަލާއިކަތުންވާނެ ކޮއްމެ މީހެއްގެގާތުގަ..

      29
      1
  2. ާަާަަައަސްލު

    ﷲހަޒުރަތުން މަންފާކުރާނީ ދެއްކުންތެރިކަމުން ދުރުވީމަ...ސެލްފީން ތިޔަފެންނަނީ ދެއްކުންތެރިކަން..ސުބުހާނަﷲ..

    38
    2
  3. ނިރު

    ކާކަށް ދައްކަންބާ އުމްރާކުރިކަން ސެލްފީނަގާފަ މި ޓްވީޓް ކުރަނީ. ﷲ ދެއްކުންތެރިކަމުގަ ކުރާ އެއްވެސް އަޅުކަމެއް ބައްލަވާ ވޮޑިގެނެއްނުވާ ..... ތިއީ އިސްތިއުފާދިން ނަޝީދު ކޮންއުޅޭ ކަހަލަ ކަންތައްތައް

    29
  4. ހަނު

    ރަށްޔަތުންނޭ ބަލާ ބަ މަމިހުރީ ހަނު

    16
  5. ނަޝީދު ބޭ

    މި ބޭފުޅާ ދެން ސަރުބަތު ޖޫހާއި ދުރައްދާނެ ކަމަށް އުއްމީދު ކުރަން

    27
    1
  6. ޤާ ސިމް

    މީހަކު ބުނީތަ ނިމުނީއޭ

    11
  7. ސުފުރާ

    އުމުރާގެ އަޅުޖަން ﷲ ތައާލާ ގަބޫލުކުރެއްވިކަން އިނގޭނީ މިސޮރު ރަށަށް އައުމުން. ޔަގީނުންވެސް މީހާގެ ދެފުށަށް ބަދަލެއް އައިސްފަ ހުންނަންޖެހޭނީ. ގަބޫލްކުރަން މަށަށް ދަތި އެހެނެއްކަމަކު އަޒީޒްވަންތަ ރަސްކަލާނގެ އިންސާނާގެ ހިތް އެފުށް މިފުށަށް ޖައްސަވާ ތެދުމަގު ދައްކަވާ. ޖާެއަށްވެސް ތެދުމަގުދައްކަވާށި

    19
  8. ޗާލު

    ކިތައް ރިސޯޓް މުވައްޒަފުންގެ ހައްގަށް އަރާގަނެވިފަވާނެބާ. އަނެއްކާ ހައްގު އަދާކުރިބާ. މިބުނީ ސާރވިސްޗާޖުގެ ވާހަކަ.

    14
  9. ކުޑަ

    ކަލޭމެން މީހުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރުން ހުއްޓާލާނީ ކޮން އިރަކުން. އެކަމަކު މީހަކަށް އޮޅުމަކުން އެއްޗެއް ބުނެވުނަސް މިވެނި ކަލޭގެފާނަކަށް ފުރައްސާރަކޮށްފިޔޭ ކިޔާ ރޮއި ހޭރި ފުމެ ހަދާތަން އެބަފެނޭ. ފުރައްސާރަ ނުކުރަން ޖެހެނީ ވަކިބަޔަކުތަ؟

    10
    1
  10. ޞސ؛ސ

    ޖާ ޔައް ހެޔޮ ވިސްނުން ދެއްވާށި

  11. މުބާ

    ކޮރޯނާ އައް ޓެސްޓް ކޮއްލަންވާނެ،

  12. ފޮނި ހަސަން

    އެހެންވީމާ އަވަހަށް މި ކޮޅަށް އާދޭ ކޭބަލް ދުއްވަން

  13. ދަވާލި19

    ޖާބެ ހިމުގަ ނެއްތަ ފުޅިއެއްޖަހާފަ މަހަމަ ށައްކު އެހެނަސް ތެދުމަގު ދައްކަވަން ހުރިމީހަކަށް ތެދުމަގު ﷲ ދައްކާވާނެ އެކަމައް ހުރަސްއެޅޭނެ މީހަކު ނުހުންނާނެ