މާލޭގައި ހިނގި މާރާމާރީ އަކާއި ގުޅިގެން 6 ބިދޭސީ އަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިނގައިގެން ރިޕޯޓް ކޮށްފައިވަނީ ރޭ 20:53 އެހާކަންހާއިރު ކަމަށެވެ.

މި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ބިދޭސީ 5 ފިރިހެނަކާއި ބިދޭސީ އަންހެނަކު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ނޭޕާލް ބައެއްގެ މެދުގައެވެ. އެމީހުންގެ މެދުގައި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެއެވެ.

މާރާމާރީ ހިންގި ސަރަހައްދުގައި ދިރިއުޅޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ވަރަށް އަޑުގަދަވެ، އެކަކުގެ އަނެކަކުގެ ގަޔަށް އަތްލާ، މަންޒަރު ފެނުމުން އެމީހުން ދުރުކުރީ އެސަރަހައްދުގައި ދިރިއުޅޭ ދިވެހިން ކަމަށެވެ.