ދިވެހިރާއްޖެ އިން ބޭރަށް ދިއުމަކީ މައްސަލައެއް ކަން އެނގިފައި ނުވާކަމަށް ސީރިއަށް ދިޔަ ތިން ދިވެހިން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ރާއްޖެއިން ބޭރުގައި ކުރަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ނ.މަނަދޫ އޮޕެރާ މުހައްމަދު މުބީން އާއި އެރަށު ނަފާ އާދަމް ފަރުހާން އާއި އެރަށު ބާދުޝަބާ އަހްމަދު އަފްސަލް ކްރިމިނަލް ކޯޓުގައި ބުނީ ދައުވާ ސާފުނުވާ ކަމަށާއި ރާއްޖެއިން ބޭރަށް ދިއުމަކީ ކުށެއް ކަމަށް އެނގިފައި ނުވާ ކަމަށެވެ.

ދައުލަތުން މިތިން މީހުންގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ދައުވާ ކޮށްފައި ވަނީ ސީރިއާ ގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި ތުރުކީ މަގުން ސީރިއާ އަށް އެތެރެވުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު މިތިން މީހުން ރާއްޖެ ދޫކޮށް ތުރުކީ އަށް ގޮސްފައިވާ މައްސަލައިގައެވެ.

މިއަދު ބޭއްވީ މިމައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ކަމަށް ވުމުން ދައުލަތުން ކުރާ ދައުވާ، ދައުވާ ލިބޭ ތިން މީހުންނަށް ސާފުކޮށް ދިނުމަށް ދައުލަތައް އަންގާފައެވެ. އަދި ޖިނާޢީ އިޖުރާޢަތުގެ ދަށުން ދައުވާ ލިބޭ ފަރާތްތަކަށް ލިބިދޭ ޙައްޤުތައް ކިޔައިދިނުމަށް ފަހު މައްސަލައައިގެން ކުރިއަށް ދާން ބޭނުންވާ ގޮތާއި ބެހޭ ގޮތުން ތިން މީހުންނާއި ގާޒީ ވަނީ ސުވާލުކޮށްފައެވެ.

މިމައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ދިފާޢި ވަކީލަކާއި އެކު ކަމަށާއި ވަކީލަކު ހަމަޖައްސަން ފަސް ދުވަސް ދިނުމަށް މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ނަބީހް އާއި އާދަމް ފަރުހާން އެދުނެވެ. އަހްމަދު އަފްސަލް ބުނީ ވަކީލަކު ހަމަޖައްސާފައިވާ ކަމަށެވެ.

މުހައްމަދު ނަބީހާއި އާދަމް ފަރުހާނަށް ވަނީ ވަކީލަކު އައްޔަން ކުރަން 10 ދުވަސް މިއަދު ވަނީ ދީފައެވެ.

މިމައްސަލަ ތިން މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

މިތިން މީހުންގެ އިތުރުން ސީރިއާ އަށް ހަނގުރާމައަށް ދިޔަ ބައެއް އިތުރު މީހުންގެ މައްސަލަތައް ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ފުތާބެއްޔާ

    ރާއްޖޭން ބޭރަށް ހަނގުރާމަޔަށް ދިޔުންތޯ ކުށަކީީ ނޫނީީ މީހުންނާ މށން ދިޔުންތޯ؟

    3
    1
  2. ހަހަހަހަހަ

    ދީނީ މީހުންވެސް އޮޅުވާލަން މޮޅެންނު.

    4
    3
    • ކެކެކެ

      ތަނެއް ދޮރެއް ނުބަލާ މޯލޭ ނުކިޔަބަލަ

    • އަބްދުﷲ

      ދީނީ މީހުންނަކީ ކޮބާ؟

      • ފާތުން

        ދީނީ މީހުން ނަކީ ބޮނޮކުވާ ފެން ފުޅިއެއް ހިފާގެން ގަންނާނެ ގަނޑެ ގަނެފައި ދެރަކުވަތް ނަމާދުކޮށް ނިމާފައި މަށެއް ނޫނެ ބުނަމީހުން

        5
        6
    • އަނބު

      ތިދެން ދީނީ މީހެއް ނޫންތަ؟ ކިޔާނެ އެއްޗެއް ނޭނގިގެން ކޮސްގޮވަނީ. ޕިސް ޕިސް.

      9
      1
    • ހަހަހަހަ އަށް

      ތީ ލާދީނީ މީހެއްތަ؟

  3. ނަވާޒް

    ދީނަށް ލޯބިކުރާ މީހުންނަމަ ދުނިޔޭގަ ލިބިދާނެ އަދަބަކަށް ބަލާފައި އެގޭކަންތައް ނޭގޭކަމަށްހަދައި ދޮގުހަދައިގެން ސަލާމަތްވާ މަސައްކަތެއް ނުކުރާނެ. ހަގުރާމައަށް ދިޔަކަމުގަ ވަންޏާ ފަޚުރުވެރިކަމާއެކު، އެެހެން ބުނަން ކެރެންވާނެ.

    11
    1
    • ނޭންގެ

      ފަހުރުވެރި ވުމަކީ ނިފާގު ކަން، ﷲ ތިބާ އައްށާ އަޅުގަނޑައް އިލްމު ދެއްވާށި

      9
      1
  4. ރުންމަގު

    ދީނީ ޢިލުމެއްނޫން އެހެން ޢިލުމެއް ނަމަވެސް ބޮޑަށް ލިބުނުނަމަ އަދި ކިހާ ވަރެއް އަރުވާލިސްބާ. ކިރިޔާ އަސާސީ ފެންވަރަށް މަނަދޫން ކިޔަވާފަތިބި ތިންގޮލާތީ. ލަދުން ބޯހަލާކު.

    3
    3
  5. ތިމާގެ މީހެއް

    މުބީން އެއް ނެތް ތިތާކު

  6. ބޭބެ

    މީހުން މެރުމަކީ އެންމެ ބޮޑު އެއްފާފަ. މިކަމާ ބޭރު ގަުމުތަކަށް ގޮސް މީހުންނާ މށމާ އެްވަރެއް ނުކުރެވޭނެ. ބައެއްގެ ފުރާނަ ދުއްވާލުމާއި ތިބުނިކަމާ އެއްވަރު ކުރާނީ އެއްވެސް އީމާންތެރިކަމެއް ނެތް ޖާހިލި މައްލޫނެއް.

    1
    1
  7. ޝާއިޙް ޝަހާމް

    މޮށުމަކުންނެއް އޭނާ އެކުރާ ނުބައި ކަންކަމުގެ ޖަޒާ ދުނިޔެ މަތީގައާއި މާލީގޮތުންނާއި، އާހިރަތް ދުވަހުންވެސް ލިބޭނީ ހުދު އޭނާއަށް. އެކަމަކު އިސްލާމުންނާ އިސްލާމުންނާ ބޭރު ގައުމެއްގައި ހިނގާ ހަނގުރާމައެއްގައި އެހެންގައުމަކުން މީހުން ގޮސް ބައިވެރި ވުމުން، އެތަކެއް ނިކަމެތިންނާއި ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާ ހިނދު އެކަމުގެ ޒިންމާ ހުދު ތިބާވެސް ނަގަންޖެހޭނެއެވެ. އެހެންކަމުން، މޮށުން ދިއުމަކީ ޕަރސަނަލް ކަމެއް ކަމަށް ވާއިރު، އަދި ސާބިތު ކުރަން އުނދަގޫ ކަމަކަށް ވާއިރު ޖިހާދަށް މިގޮތައް ދިއުމަކީ ކަނޑައެޅިގެން ފާފައިގެ މައްޗަށް އެޅޭ އިތުރު ފާފަ ގޯންޏަކަން ނުވާނޭ ހަމަ އެއްގޮތެއްވެސް ނެތެވެ. ޝެއިޙް

    6
    2
    • ފުތާބެއްޔާ

      ކޮންމިންގަޑަކުން ބަލާފަބާީ އިސްލާމުންނާ އިސްލާމުންގެ ހަނގުރާމައެކޭ ތިކިޔަނީީ. ޝިޔައީން ނަކީީ ކޮންބަޔެއްކަން އެނގިލައްވާތޯ. އެމީހުން ރަސޫލާޔަށްށާ ޖިބްރީލްގެފާނަށް ނިސްބަތްކޮއް ދޮގުބަސްބުނެ އެއީީ އެމީހުންގެ އީންމާން ކަމުގެ މިންގަޑުކަމުގަ ހަދާކަން އިނގިލައްވާތޯ. ފުރަތަމަ ތިމާމީހުން އިސްލާމްދީން ދަސްކުރަންދާން ފެނޭ. އަދި ޔަހޫދީީ ޕްރޮޕެގެންޑާ މީޑިޔާތަކުން ފަތުރާ ހަބަރުތައް އަޑު އެހުމުގެ ބަދަލުގަ އަމިއްލަޔަށް ތެދުމައުލޫމާތު ހޯދާ ދިރާސާކިރަންވީީ. އޭރުން އިނގޭނެ މީީ ހައްގާ ބާތިލްގެ މަގުގަ ހިނގާ ހަނގުރާމައެއްކަން. އަދި މި ހަނގުރާމަޔަށް ދާ ދިވެހިންގުޅެނީީ ހައްގުގެ މަގުގަތިބި މުޖާހިދުންނާކަން. ދިވެހިންގެ ގިނަކުދިން ގުޅެނީކީީ އައިއެސް އަކާވެސްނޫން. އައިއެސް އަކީީ ސީދާ މިދެންނެވި ހައްގުގެ މަގުގަތިބި މުޖާހިދުންގެ ނަންހަޑިކޮއް އެމީހުންގެ މޯޓިވް ގެއްލުވާލަން ޔަހޫދީންނާ އެމީހުންގެ ބައިވެރިން އުފެއްދި ބައިގަނޑެއް. މީީ ހަގީގަތަކީީ. ދެން ޒިނޭކުރަން ދިޔުމާ ﷲގެ މަގުގަ ހަނގުރާމަ ކުރުމާ އެއްފަދަވާނީީ ކިހިނެތް

      9
      1
      • ޞައުކަލޯ

        ފުތާބެއްޔާ. ކަލެޔަށް ތިއޮތީ ޝިޔައީން އެނގިފަ. ކަލޭ ސީރިޔާއަށްގޮސް ތިއައިއެސްއާ ބައިވެރިވެ ސީރިޔާގެ ޅަދަރިމައިން މަރާއިރު އެއީ ޖިހާދުތަ؟ ތިކަހަލަ ބޯގަމާރު ރޯނުއެދުރުން ގިނަވެގެން މިދުނިޔެ ހަކާކުވަނީ.

        6
        3
      • ކައްޕިތާނު

        މާއެނގެނީނުން ތިޔަ،އައި އެސް އެއް
        ކަލޭތިއުޅޭ ގޮތުން ހީވަނީ ޖާހިލުން ނާ ކުޅިޖަހާ ކުޅި ހަމަ ކުރަން އުޅޭހެން

        1
        1
  8. ވަކަރޭ

    މީހުނާ އިންނަން ސީރިޔާއައް ދިއުމަކީ ވެސް ކުށެއްނުން

    3
    3
  9. ޖައުފަރު

    ލަންކާގެ ކެސީނޯ އަށް ގޮސް އުޅުނަސް ވަރިހަމަ ތޯ !

    4
    2
  10. އަބޫ ގޫފާލި

    މޮޅު ސްޓޯރީއެއް ފަޅާލަން ތިތިންމީހުން ތިއުޅެނީ. މާ ދެން މަތިވެރި ބައެކޯމީ. ކޮންމެ މީހަކަށް "ނަމަވެސް" ކިޔާފަ 20 އަހަރު ޖަހާލީމަ ތިބޭނެ އަނގަ ގުޔެއްހެން ހަދައިގެން.

    4
    1
  11. ބެހޭ

    އެބައެއްގެ އީމާންތެރިކަން ފޯރާހިސާބަށް އެބައެއްގެ ަމަލުތަށް ދާނެ.އެއީ ބަޔަކާ ބެހޭކަމެއްނޫން. ރާބޮއިގެން ޒިނޭކުރަން ބޭރުގައުމު ތަކަށް ދާދިވެހިން މަދެއަނޫން

    3
    2
  12. ސަބާހު

    ނަމުގަ ދަނީ ޖިހާދަށް.
    ސީރިޔާ އަށް ދިޔުމުގެ 1 ރޭ ކުރިން ޕާރޓީ ވެސްް ކޮއްފަ.

    ރާއްޖެ އަންނަން އެންމެ ފަހު ރެ ވެސް ޕާރޓި ކޮއްފަ. އެކަމަކު ވެސް ހަމަ ޖިހާދަށް

    3
    1
  13. ހަހަ

    ކޮންމެ ބަޔަކު ކޮންމެތަނަކަށް ދިޔަޔަސް ބަޔަކަށް ކޮންކަމެއް. އަސަރެއް ކުރާނީ. ޕަކާސް.

    3
    4
  14. ކރމ

    މިހާރު ﷲއަށް ޓަކައި ނަމުގައި ދޮގުވެސް ހަދަންފެށީ

    4
    2
  15. ލޮލް

    މިކަހަލަ ކުފުރު ބިމެއްގައި އުޅުމަށްވުރެން ރަގަޅު ހިޖުރަކުރިޔަސް.
    ދީނީ މީހުންނޭ ކިޔާްއިރު މިވެރިން މީމިތާތިބި ލާދީނީ ބައިގަނޑު ދޯ.

    .

    8
    2
  16. ޖިހާދު

    ޔަހޫދީންނާ ހަނގުރާމަކުރަން ފަލަސްތީނަށް ދިޔަނަމަ ރަނގަޅު. ވަރަށް ތާއީދު ކުރީމުސް.

    13
  17. ބަހުލޫލް

    އުމުރުން 30 އަހަރު ހަމަނުވާ، މިވީހާދުވަހު މިސްތުވާ ތަކެތި ބޮއެ ވއްކަން އުޅެފަ ކުއްލި އަކައް މާމޮޅައް ދީން އެގި ފަތުވާ މިދެނީ މީއީ ކިހިނަކުންވާ ކަމެއް؟ ސޫރިޔާ އަށް އަށް ގޮސް ތި ކޮންމެ ބަޔަކާ ގުޅެން ވިއަސް ތިއީ މަގުފުރެދިފަ ތިބި ބައިގަޑެއް. ތިޔަ މީހުންނަކީ ރަސޫލު ﷲ (صلى الله عليه واله وسلم)
    ފަހުޒަމާނުގަ އަންނާނެ ކަމަށް ހަދީޘް ކުރެއްވި ނުބައި ނުލަފާ ޚަވާރިޖް ޝައިތޯނުން ތަކެއް.

    3
    2
  18. އިކުރާމު.

    ރައްޖޭގަ މައިންބަފައިން ތިއްބާ އަޅަނުލާގޮސް މަރުވީމަ އެއީ ދަރިންނާ މައިން ބަފައިންނައް ވެވޭ އިހުމާލެއްކަން ސާފުވޭބާ މީހުން މެރުމަކީ ފާފަޔެއްކަން ސާފުވޭބާ މިމީހުންނައް މަރުގެ އަދަބު އަވަސްކުރޭ މީދޫކޮއްލައިގެން ވާނެބައެއްނޫން